3 ނޮވެމްބަރުގެ ޢުދުވާނީ
ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި
އެންމެ ބިރުވެރި ހާދިސާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން
ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ
ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މާތްﷲ އެ މަރުޙޫމުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.











