މިއީ ވަރަށް ތާރީޚީ
ދުވަހެކެވެ. ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ މަޤާމު ހަވާލުކުރާނެ ފަރާތެއް
ރައްޔިތުންގެ އަޤްލަބިއްޔަތުން ހޮވާދުވަހެވެ. އެތައް ރައްޔިތުންގެ
އުންމީދުތަކުގައި ކުލަޖެހި އެމީހުންގެ އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނޭ
ދުވަހެވެ. އަނެއް ބަޔަކު ދެރަވެ ހިތާމަކޮށް ޤައުމަށް ވާނެގޮތެއް ނޭނގިގެން
ހަދާނެގޮތް ބޮޑުވެގެން އުޅޭނެދުވަހެވެ. ދިވެހިރާއްޖޭގައި ފެހި ޤާނޫނު އަސާސީގެ
ދަށުން ދެވަނަ ދައުރަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް މީހަކު
އައްޔަންކުރުމަށް ބޭއްވޭ ރިޔާސީ އިންތިޚާބު ބޭއްވޭނޭ ދުވަހެވެ. އާދެ އެއީ އެންމެ
އިސް ވެރިންވެސް އާދައިގެ ނިކަމެތިންގެ ކިބައިން ސަލާންޖަހާ ދުވަހެވެ.















