Showing posts with label ރިޕޯޓް. Show all posts
Showing posts with label ރިޕޯޓް. Show all posts

Sunday, January 13, 2013

ޤައުމީ ދުވަހާއި ޤައުމިއްޔަތު

 
އަބްދުއްލަތީފް
މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހެވެ. އެދުވަހަކަށްޓަކައި އަޅުގަނޑުމެން އުފާވެ ފަޚުރުވެރިވާ ޤައުމީ ދުވަހެވެ. ރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިން ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާނެއެވެ. އުފާވެރިކަމާ ފަޚުރުވެރިކަމާއެކުގައެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެން ނިޞްބަތް ކުރަނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނަށެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ނަސަބުގެގޮތުން ނަމަ ތިލަދުންމަތި އުތުރުބުރި އުތީމު ކަޅުއަލީތަކުރުފާނުގެ ޙުސައިން ޚަޠީބުތަކުރުފާނުގެ ދަރިކަލެކެވެ. މަންމާ ފުޅަކީ އާމިނަތު ދިޔޯ އެވެ.

Thursday, December 13, 2012

ޕޮލިސް ކުލަބާއި އިމަގު ފައިނަލަށްދިޔުމާއެކު ޕޯލްސްޓަރގެ އުންމީދުތައްފެނަށް

ޤައުމީ އަންހެނުންގެ ވޮލީ މުބާރާތުގައި ބައިވެރިވި ދުވަހުންފެށިގެން ޓީމުތަކުގެ ވަމުންދިޔަ ތައްޔާރީތަކަށް ނިމުން އަންނަ ދުވަހަކީ މިއަދެވެ. ދެޓީމު ފިޔަވައި ހުރިހާ ޓީމުތަކެއް މުބާރާތުން ކަޓައިގެންގޮސް މުބާރާތުގެ ނަތީޖާނެރޭ ދުވަހެވެ. ފޯރިގަދަ މެޗުތަކާއި ފޯރިއެއް ނެތް މެޗުތައްވެސް ކުޅެމުން އައިސް ސެމީފައިނަލްތައްވެސްނިމި މުބާރާތުގެ ފައިލް މެޗް އޮންނަ ދުވަހެވެ.
މިހާރު ހއ. އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

Monday, October 08, 2012

ރާއްޖޭގައި މަރަށް މަރު ހިފުން – އަރަތެއް؟

ރާއްޖޭގައި މަރަށް މަރު ހިފާތަން ފެނުމަކީ ގިނަ ބައެއްގެ ހުވަފެނެއްކަން ޔަގީނެވެ. ޑރ އަފްރާޝިމް އަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލުމަށްފަހު އަޅުގަނޑުމެންގެ ތެރޭގައި އަނެއްކާވެސް ވަނީ ‘މަރަށް މަރު’ ހިފުމުގެ ވާހަކަ ދައްކަން ފެށިފައެވެ. ލޯޔަރު ނަޖީބް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެދުވަހުވެސް ހަމަ މިގޮތަށް ‘މަރަށް މަރު’ގެ ވާހަކަ ދެކެވުނެވެ. ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ހާދިސާއަށްފަހުގައިވެސް ‘މަރަށް މަރު’ގެ ވާހަކަ ގުގުމައިގެން ދިޔައެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ‘މަރަށް މަރު’ގެ އަޑު މަޑުވަމުން ގޮސް ‘ނުދައްކާ ވާހަކަ’ އަކަށް ވެގެންދެއެވެ.

Monday, September 24, 2012

މަޖިލިސް ހުއްޓުވާނެ ގާނޫނީ ބަހަނާއެއް ނެތް!

ސަން.އެމްވީ
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުމަކަށް ދިޔަ ހިސާބުން ފެށިގެން ދައުލަތް ހިންގުމުފެ މެޝިނަށް ވަނީ ބޮޑެތި ލޮޅުން އަރައިފަ އެވެ. މެޝިނުގައި ތިން ބާރުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރީ އަބަދުވެސް އެންމެ ހަމަނުޖެހުމެއްގެ ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. ސިޔާސީ ބޮޑު ހަލަބޮލި ކަމާއެކު ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން މިއަހަރު ތެރޭގައި ބިނާ ކުރަނިވި އެއްވެސް މަސައްކަތްތަކެއް ކުރެވިފައި ވެއެކޭ ދެންނެވޭކަށް ނެތެވެ. ސްޓެބިލިޓީއެއް ނެތި ދިއުމުގެ ސަބަބުން މަޖިލީސް ކުރިޔަށް ދިއުމުގެ މާހައުލު "ހަކާލުކޮށްލުމަށްފަހު" މިހާރު ވެސް މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.