ޤައުމީ
އަންހެނުންގެ ވޮލީ މުބާރާތުގައި ބައިވެރިވި ދުވަހުންފެށިގެން ޓީމުތަކުގެ ވަމުންދިޔަ
ތައްޔާރީތަކަށް ނިމުން އަންނަ ދުވަހަކީ މިއަދެވެ. ދެޓީމު ފިޔަވައި ހުރިހާ
ޓީމުތަކެއް މުބާރާތުން ކަޓައިގެންގޮސް މުބާރާތުގެ ނަތީޖާނެރޭ ދުވަހެވެ. ފޯރިގަދަ
މެޗުތަކާއި ފޯރިއެއް ނެތް މެޗުތައްވެސް ކުޅެމުން އައިސް ސެމީފައިނަލްތައްވެސްނިމި
މުބާރާތުގެ ފައިލް މެޗް އޮންނަ ދުވަހެވެ.
މިހާރު
ހއ. އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ
ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ކުޅުނު
ސެމީފައިނަލް ފުރަތަމަ މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ވާދަކޮށް 3-1
ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
އަދި
ހަމައެއާއެކު 2012 ޑިސެމްބަރު 12 ވަނަ ދުވަހު މި މުބާރާތުގައި ފައިނަލްގެ ދެވަނަ ޖާގަ
އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމުން ކަށަވަރުކޮށްފައިވަނީ ޕޯލްސްޓަރ އާއި
ބައްދަލިކޮށްގެންނެވެ. ފަހަތުން އަރާ 3 ސެޓު ހޯދާގެން 3 ސެޓް 2 ސެޓުން މެޗު
ކާމިޔާބުކޮށް އިމަގުޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރިއެވެ.
މުބާރާތުގެ
ފައިނަލަށް ޕޮލިސް ކުލަބު ގޮސްފައިވަނީ މުބާރާތުގެ ހުރިހާ މެޗަކުން
މޮޅުވެގެންނެވެ. އަދި އިމަގު ޓީމު މި މުބާރާތުގައި އިމަގު ބަލިވެފައިވަނީ
މުބާރާތުގެ 1 މެޗުންނެވެ.
މި
މުބާރާތުގެ އެންމެ ފޯރިގަދަ އެއް މެޗަކީ ޑިސެމްބަރު 12 ވަނަ ދުވަހު ކުޅެވުނު 3
ވަނަ ސެމީ ފައިނަލެވެ. ކުލަބު ޕޯލްސްޓަރ އާއި އިމަގު ކުޅުނު މެޗު ބަލާލުމަށާއި
ސަޕޯޓްކުރުމަށް ވަރަށް ގިނަ އަދަދެއްގެ މީހުންނާއި ޢާއިލާތަކުން ކުޅޭތަނަށް
ޖަމާވެފައިތިއްބެވެ. އަޑު އިވުނު ގޮތުން ޕޯލްސްޓަރ ބަލިވުމުގައި ރެފްރީންގެ ބޮޑެތި
ގޯސްތަކެއް މެޗްގެ ތެރެއިން ފެނިގެން ގޮސްފައިވެއެވެ. އަދި ޓީމުގެ ބައެއް
ކުޅުންތެރިންނަށް ނުކުޅެވުމުގެ ސަބަބުން ބަލިވީކަމުގައިވެސް ޤަބޫލުކުރާމީހުން
އުޅެއެވެ. މިހެން ދިމާވުމުން ޕޯލްސްޓާރ ގެ ޓީމު އޮތީ ދެރަވެ ހިތުގަ ޖެހިފައެވެ.
މުބާރާތް ހިންގާ ފަރާތްވީމާކަމަށްވެސް ވެދާނެއެވެ. މިކަމުގެ އަސަރުގައި، ހިތުގައި
ޖެހުނު ބަޔަކު ރޭގައި ކޯޓު ރޫޅަން ގޮސްފައިވާކަމަށްވެސް ޚަބަރުތައް
އާންމުވެފައިވެއެވެ.
ކުލަބު
ޕޯލްސްޓަރ ފައިނަލަށް ނުދިޔަ ނަމަވެސް މުބާރާތް ހިންގާ 3 ވަނަ ސެމީގައި ވަރަށް
ވަރުގަދަ ކުޅުމެއް ދެއްކިކަން ގިނަބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން ބޭރުކުޅުންތެރިޔާގެ
ޑިފެންސިވްކުޅުން ވަރަށް ގިނަ ބަޔަކު ބަލައިގަނެއެވެ. ކޮންމެއަކަސް ޕޯލްސްޓަރ
މުބާރާތުން ކަޓާފައިވަނީ ވަރަށް ހިތްދަތިކޮށްކަން އެއީ ހަޤީޤަތެކެވެ.
ހަމަ
ޔަޤީނުންވެސް ޕޮލިހާއި އިމަގު މިއަދު ދާނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މިދެޓީމު މި މުބާރާތުގައި ދެފަހަރެއްގެމަތިން ބައްދަލުކޮށްފައިވާއިރު، ކޮންމެފަހަރަކުވެސް
ޕޮލިސްޓީމުވަނީ ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
އެހެންކަމުން
މިއަދުގެ މެޗުވެސް ބުރަވަނީ ޕޮލިސް ޓީމަށެވެ. ނަމަވެސް ވޮލީއަކީ ފާޑެއްގެ
ކުޅިވަރެކެވެ. ނިމޭނެ ކޮޅެއް އެނގޭނީ ހަމަ ނިމުނީމައެވެ. ޕޮލިސް ނުކުމެ އެ އޮތީ
މުބާރާތުގެ ތަށި މިލްކު ކުރާށެވެ. އިމަގު އެ އޮތީ އެ ތަށި އިހަވަންދޫގައި
ބަހައްޓާށެވެ. ކަން މިހެން އޮތުމާއެކު ޓީމުތަކުގެ ހިތްވަރާއެކު ސަޕޯޓަރުންވެސް
ތައްޔާރީތައް ވަމުންދާކަމުގެ މަޢުލޫމާތު ލިބެއެވެ.
ދެޓީމުންވެސް
ލެޔަށް ކުޅޭނެކަމަށް ޤަބޫލުކުރާ މި ފައިނަލަކީ ސަޕޯޓަރުންގެ އަޑު ގުގުމާގެން ދާނެ
ދުވަހެކެވެ. އެއްކޮޅުން ޕޮލިހުގެ ސަޕޯޓަރުން މަދުވާނެކަމަށް ބެލެވޭއިރު
އިހަވަންދޫއަށް ނިސްބަތްވާ ސަޕޯޓަރުންގެ އަދަދާއި އަޑު ގަދަވާނެކަމަށް ވަރަށް
ބޮޑަށް ބެލެވެއެވެ.
ކޮންމެއަކަސް
ބަލި ޤަބޫލުކުރަން ޖެހޭނެއެވެ. ހަމަނުޖެހުން އުފެއްދުމާއި ދެކޮޅުވެރިވެ
ހަސަދަވެރިވުމަކީ މުބާރާތުގެ މަޤުސަދަކަށް ހަދައިގެން ނުވާނެއެވެ. މުބާރާތްތައް
ހިންގުމުގެ މަޤްސަދަކީވެސް އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙާއެކު ގުޅުން
ބަދަހިކުރުމެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ