Showing posts with label ދީން. Show all posts
Showing posts with label ދީން. Show all posts
Saturday, May 17, 2014
Wednesday, March 12, 2014
މައްޔިތާއަށްޓަކައި ކުރުން ސުންނަތް ދުޢާތައް
1- މުސްލިމަކު މަރުވެއްޖެނަމަ އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވެ
އުޅުމަކީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްޤުތަކުގެ ތެރެއިން
އެއް ޙައްޤެވެ. އަދި އެމީހާގެ މައްޗަށް ނަމާދުކޮށް ދުޢާކުރުމީ އެދިވެގެންވާ
ކަމެކެވެ. އަދި މަރަށް ޙާޟިރުވެފައި އޮތް މީހަކަށް ޒިޔާރަތްކޮށްފިނަމަ
އޭނާއަށްޓަކާ ހެއުދުޢާކުރުމީ ވެސް ސުއްނަތެކެވެ. މާތްﷲ ރުއްސުންލެއްވި
އުއްމުލްމުއުމިނީނަ އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ
ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. ތިޔައިން
މީހަކު ބަލިމީހެއްގެ ގާތަށް އަތުވެއްޖެނަމަ އެމީހާއަށްޓަކާ ހެއުދުޢާ ކުރާށެވެ.
މިހެނީ ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރެއްވުން އެދި މަލާއިކަތުން އާމީން
ވިދާޅުވެއެވެ.
Thursday, October 10, 2013
ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން
ލިޔުއްވީ: އައްޝައިޚް
އާދަމް ނިޝާން ބިން ޢަލީ އާދަމް
އެންމެހައި ޙަމްދު
ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ގަދަ
ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ
ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން
އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ.
Sunday, April 28, 2013
ކޭތަ ނަމާދު ކުރާނެ ގޮތް
ލިޔުނީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
ރާއްޖެ އިސްލާމް
ކޭތަނަމާދަކީ؛ އިރުކޭތަ
ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاري އާއި مسلم ގައި
އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު
އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތު ވެއެވެ.
Friday, October 26, 2012
ޢީދު ނަމާދު ކުރާނެ ގޮތް
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما
بعـد:
ޢީދު ނަމާދު ކުރާނީ ޚުޠުބާގެ ކުރިންނެވެ. ޢީދު ނަމާދަކީ ދެރަކްޢަތް
ނަމާދެކެވެ. ފުރަތަމަ ރަކްޢަތުގައި ފުރަތަމަ ހަށަމާއި އެކު ހަތް ތަކްބީރު ކިޔަންވާނެއެވެ.
ކޮންމެ ދެތަކްބީރެއް ދެމެދުގައި ވަގުތު ކޮޅަކު މަޑުކޮށްލަން ވާނެއެވެ. ނަމަވެސް، މިދެމެދުގައި
ކިޔާނެ ވަކި ޛިކްރެއް ސުންނަތުން ވާރިދުވެފައެއް ނުވެއެވެ. ކޮންމެ ތަކްބީރަކާއި އެކު
ދެއަތް ކަންފަތުގެ ފޫޅާއި ހަމައަށް އުފުލާލަން ވާނެއެވެ. ހަތްވަނަ ތަކްބީރު ނިމުމުން
ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ.
Sunday, September 30, 2012
ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތް
ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި
ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި
މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ.
ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ.
ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ
މަތިވެރި އަޅުކަމެކެވެ. ކަނޑައެޅިގެން އެއާއިމެދު އިންކާރުކޮށް ދޮގުކޮށްފިމީހާ މިއްލަތުން
ބޭރުވެއެވެ. ކުޅަދާނަކަން ލިބިގެންވާމީހާ، ވީހާވެސް އަވަހަކަށް ޙައްޖުވުމަކީ މުސްތަޙައްބު
ކަމެކެވެ.
Wednesday, September 19, 2012
ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ހެދި ފިލްމުގެ ހަޤީޤީ ބޭނުމަކީ ކޮބާ
އަލްއަޚް އަޙްމަދު ޢަލީ / ރާއްޖެ އިސްލާމް
އިސްލާމްދީނަށާއި އަދި ކީރިތި ރަސޫލާ صلى
الله عليه وسلم އަށް ފުރައްސާރަކުރުމަކީ އިސްލާމްދީނުގެ ޢަދުއްވުން އަބަދުވެސް ކުރަމުންދާކަމެކެވެ.
އިސްލާމް ދީން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް
ކެޑިނޭޅި ކުރަމުންދާކަމެކެވެ. އެހެންކަމަށްވާނަމަ
އެއްވެސް ފެންވަރެއްނެތް ތާކުންތާކު ނުޖެހޭ މިފިލްމްގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހަމައެކަނި ބޭނުމަކީ
އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى
الله عليه وسلم އަށް ފުރައްސާރަކުރުންހެއްޔެވެ؟

















