Showing posts with label ސިއްޙަތު. Show all posts
Showing posts with label ސިއްޙަތު. Show all posts
Thursday, May 01, 2014
Tuesday, September 17, 2013
ހަކުރުބައްޔަކީ ނުރައްކާތެރި ބައްޔެއް
މީހެއްގެ ގައިގައި ހަކުރު ބަލި ހުރިކަމަށް ބެލެވޭނީ އޭނާގެ
ލޭގައި ހަކުރު (ގުލްކޯޒް) ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައިވާނަމައެވެ.
މިބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ކިޔާ ތާސީރެއް މަދުވުމުން
ނުވަތަ އެ މަސައްކަތް ނުކުރާ ގޮތްވުމުންނެވެ. އިންސިއުލިން އުފައްދަނީ ޕެންކްރިއާސް
ކިޔާ ގުނަވަނަކުންނެވެ. ހަކުރުބަލި ހުރި މީހެއްގެ
ހަށިގަނޑުން ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައިނުދޭނެއެވެ. އިންސިއުލިން ހަށިގަނޑުން
އުފައްދައި ނުދިނުމުގެ ސަބަބުން ލޭގައި ހުންނަންވީ ވަރަށް ހަކުރު ކޮންޓްރޯލް ކުރެވިފައި
ނުބެހެއްޓެއެވެ. އެހެންކަމުން މިފަދަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުންނެވެ.
Thursday, May 16, 2013
Sunday, September 02, 2012
ތިޔަ ބޮނީ ކޮންއެއްޗެއްކަން އެނގޭ ހެއްޔެވެ؟
ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންނަށް ލިބޭ ގެއްލުމުގެ
ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑުގެ
ވަކިވަކި ހުރިހާ ގުނަވަންތައް މުޅިންހެން ހަލާކުވެއެވެ. ޤައުމަށާއި ތިމާގެ
ޢާއިލާއަށް، އަނބި ދަރިންނަށް ޚިދުމަތެއް ކޮށްނުދެވި، ލިބޭހާ ފައިސާއެއް
މުޅިންހެން އެކަމަށް ޚަރަދުކުރަން ޖެހި، އެބައިމީހުން ބިކަވެ ހާލުގައި
ޖެހެއެވެ. މިއީ މި ވަބާގައި ދުނިޔޭން ނިމިގެންދާ މީހުންގެ ވާހަކަތައް
އަޑުއިވި، އެ ހިތިކަން ތަޖުރިބާކުރި މީހުންގެ ކައިރީ އެހީތެރިއަކަށް އުޅުނު
މީހުންނަށާއި އެނޫން މީހުންނަށް ވެސް އެނގޭނެ ތެދު ހަޤީޤީ ވާހަކައެކެވެ.
Saturday, September 01, 2012
ޑެންގޫ ހުން (ދެވަނަ ބައި)
ޑެންގީ ވައިރަސް
ޑެންގީ ވައިރަސް އަކީ ފްލެވިވިރިޑޭ
ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް
މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.
ޑެންގީ ހުން ޖައްސާ ވައިރަސްގެ 4
ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ
ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ.
ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް
ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން
ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ޕްރައިމަރީ ޑެންގީ އިންފެކްޝަން އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން
ކިޔަނީ ސެކަންޑަރީ ޑެންގީ އިންފެކްޝަން
އެވެ.
Tuesday, August 28, 2012
ބޭރަށް ހިންގުން
ބޭރަށް ހިންގުން ނިސްބަތް
ކުރެވެނީ ބޮޑުކަމުދެވޭ މިންވަރު އިތުރުވެ، ބޭރުވާ ނަޖިސް ދިޔާކޮށް ހުރުމަށެވެ. ބޭރަށް ހިންގުން އަށް ބަނޑުދިޔާވުން
ވެސް ކިޔައި އުޅެއެވެ. ބައެއް
މެޑިކަލް ރިފަރެންސް ތަކުގައި ބަނޑުދިޔާވުން ސިފަކޮށްފައިވަނީ 24 ގަޑިއިރުގެ ތެރޭގައި
300މލ އަށްވުރެ ގިނައިން ދިޔާ ނަޖިސް ބޭރުވުން މިހެންނެވެ.
















