Sunday, August 26, 2012

ޑެންގޫ ހުން (ފުރަތަމަ ބައި)


ޑެންގޫ ހުން އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ހޫނު ގައުމު ތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ޖައްސާ ފްލޭވި ވައިރަސްގެ ގުރޫޕްގެ ވައިރަހެއްގެ ސަބަބުންނެވެ. މިވައިރަހުގެ ތަފާތު 4 ވައްތަރެއް ވެއެވެ.
މިބަލި ފެތުރިގެންދަނީ އީޑްޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢަންމުގެތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލު ގައި ވެސް ހަފައެވެ.
ޑެންގީ ހުމަކީ ފްލޭވި ވައިރަސް ގުރޫޕަށް ނިސްބަތްވާ ޑެންގީ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސް އުފުލާ ނުވަތަ ވައިރަސް ފަތުރާ މަދިރިއަށް ކިޔަނީ އީޑީސްއެވެ. ޑެންގީ ހުން ޖައްސާ ވައިރަސްގެ ތަފާތު 4 ބާވަތެއް ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޢާންމު ގޮތެއްގައި ހޫނު ހިސާބު ތަކުގައި ފެތުރޭ މިބަލި އޮސްޓްރޭލިޔާ، އެފްރިކާ، އަދި އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފެންނަކަން ފާހަގަ ކުރެވެއެވެ.
ޑެންގީ ހުން އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.
ޑެންގީ ހުމާއި ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން އަކީ ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ އަދި ހުޅަގު ޕެސިފިކް ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހޭ ރޯގާ އެކެވެ. ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޑެންގޫ ހުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް މިހުން ޖެހިފައި ވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން ދެއެވެ. ނަމަވެސް ޒަމާނީގެ ފަރުވާގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުކުރެވިފައެވެ.
ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ދެނެގަންނާނޭ ގޮތާއި، ދޭންވީ ފަރުވާ ފުރަތަމަ ތަޢާރަފްކުރީ ތައިލޭންޑްގައި ހުންނަ ޑަބްލިޔޫ އެޗްއޯގެ ކޮލެބޮރޭޓިންގ ސެންޓަރެއް ކަމަށްވާ ކްއީން ސިރިކިޓް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޗައިލްޑް ހެލްތުގެ އިސް ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ސްޗިތުރާ ނިމަނިޓްޔަ އެވެ.
ޑެންގީ ހުމަކީ ދުނިޔޭގެ ހޫނު ގައުމުތަކުގައި އުޅޭ ބައްޔެކެވެ. މިބަލި ފަތުރާ މަދިރިވެސް އުޅެނީ އެފަދަ ހޫނު ހިސާބުތަކުގައެވެ. ކޮންމެ އަހަރަކު އެތައް މިލިޔަން ބަޔަކަށް މިހުން ޖެހޭކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ބައެއް ފަހަރު އެތައް ހާސް ބަޔަކު މަރުވެދެއެވެ. ޑެންގީ ހުން މިހާރު ވެފައިވަނީ މަދިރީގެ ޒަރީޢާއިން ފެތުރޭ އެންމެ ނުރައްކާތެރި އެއްބަލި ކަމުގައެވެ. ޑެންގީ ހުން ޖެހޭ މިންވަރު، މީހާގެ ޢާންމު ޞިއްޙަތު ހުންނަ މިންވަރާއި، އަދި އުމުރާ ގުޅެއެވެ. އަދި ބަލީގެ ޢަލާމާތްތައް ފެންނަ މިންވަރު ބިނާވެފައި އޮންނަނީ އެމީހެއްގެ ޞިއްޙަތާ ޢުމުރުގެ މައްޗަށެވެ. މިބަލީގެ ޢަލާމާތްތައް ފެންނަނީ މިދެކަންތަކާ ގުޅިގެންނެވެ.
ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިހުން ޖެހުމާއެކު ހިމަބިހި ކަހަލަ ބިހިތަކެއް ގައިން ނަގާފާނެއެވެ. މިއީ ހިމަބިހި ނޫންކަމެއް، ރޯގާހުން ނޫންކަމެއް، ނުވަތަ މެލޭރިޔާ ނޫންކަމެއް ވެސް ޔަގީންކުރުން ދަތިވެއެވެ. އަދި މިއީ ގައިން ގަޔަށް އަރާ ޒާތުގެ ފުރަމޭ ދުޅަވުން ކަން ނުވަތަ ހުމާއެކު ޖެހޭ އެފަދަ އެހެން ބައްޔެއްކަން ދެނެގަތުން އުދަގޫވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހުމުން ދާދި އެއްވައްތަރުގެ ޢަލާމާތްތަކެއް ފެންނަށް ފަށައެވެ. މިގޮތުން އާދައިގެ އަލާމާތްތަކުން ފެށޭ މިބަލި ނުރައްކާތެރި ބައްޔަކަށް ވެސް ބަދަލުވެދާނެ އެވެ.

1 comment:

  1. ދެަދެ8:40 PM

    މަޢުލޫމާތު ފުރިހަމަ

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ