ތޮޅިމިރުހަކީ ޒަމާނުންސުރެން ރާއްޖޭގެ
ދަނޑުވެރިން ހައްދަމުން އަންނަބާވަތެކެވެ. އެވޭލާ ޒަމާނުގެ ދަނޑުވެރިން ގެ
ފަރާތުން މައުލޫތު ލިބިފައިވާ ގޮތުން އެދުވަސްވަރު ތޮޅިމިރުސް ހައްދައިގެން
ހިއްކާފައި ވެއެވެ. ނަމަވެސް މިޒަމާނުގެ ދަނޑުވެރިން މިވަރަށް
މިމަސައްކަތެއް ނުކުރެއެވެ.
މުޑުވަށް ކުރުން : ތޮޅިމިރުސް ހެއްދުމަށް މުޑުވަކެއް ހިޔާރުކުރާއިރު ބަލިތަށް ދުރު ގިނައިންއަޅާ މުޑުވަކެއް ހިޔާރުކުރުން ވަރަށް މުހިއްމެވެ.
މިގޮތުން ނޮންޔޫގެ ގޯލްޑަންހީޓް، ޗިއާޓައިގެ 713 މި ދެވައްތަރަކީ ރާއްޖެއާ ގުޅޭ ހައްދާލަށް
ފަސޭހަ ގިނައިން އަޅާ ދެވައްތަރުކަމަށް ފާހަގަ ކުރެވެއެވެ.
މުޑުވަށްފޮށިގަނޑު އުފުލާގެންގުޅެން ފަސޭވަރަށް 4އިންޗި ފުންކޮށް
ތައްޔާރުކުރާށެވެ. އަދި ފުލުގައި އެކަށިގެން
ވާވަރަށް ލޯވަޅު އަޅަންވާނެއެވެ. އެއަންފަހު ފޮށިގަނޑު ނުފުރި 1އިންޗި
ހުންނަވަރަށް ކާދު އެއްކުރިފަސްއަޅާށެވެ.