Thursday, April 04, 2013

ދިވެހިރާއްޖޭގެ މޫސުން

ދިވެހިރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ހުޅަނގު މޫސުމްގައި އޮންނަނީ 18 ނަކަތެވެ. އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ނިމެނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ނިމެނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

މިއީ ވަރަށްގިނަ ފަރާތްތަކަށް ޚާއްސަކޮށް މިހާރުގެ ގިނަ ޒުވާނުންނަށް ނޭނގޭ ބަޔަކަށްވާތީ ހިމަނާލީމެވެ.
ހުޅަނގު މޫސުމްގެ ނަކަތްތައް
1- އައްސިދަ ( އޭޕްރީލް 8 އިން އޭޕްރީލް 21 އަށް )
2- ބުރުނު ( އޭޕްރީލް 22 އިން މެއި 5 އަށް )
3- ކެތި ( މެއި 6 އިން މެއި 19 އަށް )
4- ރޯނު ( މެއި 20 އިން ޖޫން 2 އަށް)
5- މިއަހެލި ( ޖޫން 3 އިން ޖޫން 16 އަށް )
6- އަދަ ( ޖޫން 17 އިން ޖޫން 30 އަށް)
7- ފުނޯސް ( ޖުލައި 1 އިން ޖުލައި 14 އަށް)
8- ފުސް ( ޖުލައި 15 އިން ޖުލައި 28 އަށް)
9- އަހުލިހަ ( ޖުލައި 29 އިން އޯގަސްޓް 10 އަށް)
10- މާ ( އޯގަސްޓް 11 އިން އޯގަސްޓް 23 އަށް)
11- ފުނަ ( އޯގަސްޓް 24 އިން ސެޕްޓެމްބަރ 6 އަށް )
12- އުތުރަ ( ސެޕްޓެމްބަރ 7 އިން ސެޕްޓެމްބަރ 20 އަށް)
13- އަތަ ( ސެޕްޓެމްބަރ 21 އިން އޮކްޓޯބަރ 3 އަށް)
14- ހިތަ ( އޮކްޓޯބަރ 4 އިން އޮކްޓޯބަރ 17 އަށް)
15- ހެއި ( އޮކްޓޯބަރ 18 އިން އޮކްޓޯބަރ 31 އަށް)
16- ވިހާ ( ނޮވެމްބަރ 1 އިން ނޮވެމްބަރ 13 އަށް)
17- ނޮރަ ( ނޮވެމްބަރ 14 އިން ނޮވެމްބަރ 26 އަށް)
18- ދޮށަ ( ނޮވެމްބަރ 27 އިން ޑިސެމްބަރ 9 އަށް )
އިރުވައި މޫސުމުގެ ނަކަތްތައް
1- މުލަ ( ޑިސެމްބަރ 10 އިން ޑިސެމްބަރ 22 އަށް)
2- ފުރަހަޅަ ( ޑިސެމްބަރ 23 އިން ޖެނުއަރީ 5 އަށް)
3- އުތުރުހަޅަ ( ޖެނުއަރީ 6 އިން ޖެނުއަރީ 18 އަށް)
4- ހުވަން ( ޖެނުއަރީ 19 އިން ޖެނުއަރީ 31 އަށް)
5- ދިނަށަ ( ފެބްރުއަރީ 1 އިން ފެބްރުއަރީ 13 އަށް)
6- ހިޔަވިހާ ( ފެބްރުއަރީ 14 އިން ފެބްރުއަރީ 26 އަށް)
7- ފުރަބަދުރުވަ ( ފެބްރުއަރީ 27 އިން މާޗް 11 އަށް)
8- ފަސްބަދުރުވަ ( މާޗް 12 އިން މާޗް 25 އަށް)
9- ރޭވަ (މާޗް 26 އިން އޭޕްރީލް 7 އަށް)

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ