ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ
އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. ނެގޯރާ، މާދަމާ އިހަވަންދޫ ސިއްޙީ މަރުކަޒުގައި
ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހިފައިވާކަމުގައި އެމަރުކަޒުން
ހާމަކުރައްވާފިއެވެ.
އަދި މިގޮތަށް ޑޮކްޓަރަށް
ދުރުވާއިރު ސްކޭންކުރެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމުގައި ހއ. އަތޮޅު
ހޮސްޕިޓަލަށް ހަވާލާދީ އިހަވަންދޫ ސިއްޙީ މަރުކަޒުން ވަނީ ހާމަކުރައްވާފައެވެ.
މިގޮތަށް ހަމަޖެއްސެވީ ރަށުގައި ތިއްބަވައިގެން އަންހެނުންގެ ޚާއްސަ ޑޮކްޓަށް
ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށާއި އަދި ޑޮކްޓަރަށް ދެއްކުމަށްޓަކައި ރަށުން ބޭރަށް
ދިޔުމަށް ކުރަންޖެހޭ ޚަރަދު ވީހާވެސް ކުޑަކުރެއްވުމުގެ ބޭނުމުގައި ކަމަށްވެސް ވަނީ
ވިދާޅުވެފައެވެ.
މިގޮތުން މަރުކަޒުގައި ބަލިމީހުން
ބައްލަވަމުން ގެންދަވާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށް ކަމަށާއި
އަދި ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ އެންމެހާ
ފަރާތްތަކުން އެ މަރުކަޒަށް ދުރުވުމުން ޑޮކްޓަރަށް ދެއްކުމުގެ އެންމެހާ އިންތިޒާމްތައް
ހަމަޖެހިގެން ދާނެކަމުގައި ވެސް މަޢުލޫމާތު ދެއްވިއެވެ.
އެމަރުކަޒުގެ ފޯން ނަންބަރަކީ
6500501 އެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ