Showing posts with label ޚަބަރު. Show all posts
Showing posts with label ޚަބަރު. Show all posts

Monday, July 28, 2014

ވަފާ ޕްރީސްކޫލުގެ 2 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި.

މުބާރާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަނީ
މިމަހު 26 އިން 27 އަށް ވަފާ ޕްރީސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެސްކޫލުގެ ފަރާތުން ޤުރްއާން މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ 3 ކުލާހުގެ މައްޗަށް ބަހާލައިގެންނެވެ. އެއީ ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ (ބަލައިގެން ކިޔެވުމުގެ ގޮފި)، ޔޫކޭޖީ (ނުބަލައި ކިޔެވުމުގެ ގޮފި) އެވެ. މި މުބާރާތުގައި ކުދިންނަށް ކިޔަވަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށް ކޮށްފައި ވީނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މި މިންވަރު އެހެނިހެން ޕްރީ ސްކޫލްތަކުގެ މުޤައްރަރުތަކާއި އެއްވަރުކުރާނެ ކަމުގައިވެސް އެ ސްކޫލުން ވަނީ މަޢުލޫމަތު ދީފައެވެ.

Tuesday, July 22, 2014

ހުމުގެ ރޯގާއަށް ސަމާލުވުމަށް މަރުކަޒުން އިލްތިމާސްކޮށްފި.

އިހަވަންދޫ ސިއްޙީ މަރުކަޒު
މިދުވަސްވަރު ހުންއައުމާއި، ހޮޑުލުމާ، ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާ ފެތުރެމުންދާކަން ފާހަގަ ކުރެވިފައިވާތީ އާއި އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޑެންގޫ ހުމުގެ ރޯގާވެސް އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާތީ އާންމު ރައްޔިތުން މިކަންކަމަށް ސަމާލުވުމަށް އިހަަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

Tuesday, June 24, 2014

އިހަވަންދޫ ސިއްޙީ މަރުކަޒުން ޢާއިލީ ޑޮކްޓަރަށް ރަޖިސްޓްރީކުރަން ފަށައިފި.

ޢާއިލީ ޑޮކްޓަރަށް ރަޖިސްޓްރީކުރުން އިހަވަންދޫ ސިއްޙީ މަރުކަޒުގައި ކުރިއަށް ދަނީ
ފެމެލީ ޑޮކްޓަރުގެ ޚިދުމަތް އިހަވަންދޫ ޞިއްޙީ މަރުކަޒުގައި ފެށުމަށްޓަކައި، ފެމެލީ ޑޮކްޓަރަށް މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، 23 ޖޫން 2014 ވީ ހޯމަދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް އެ މަރުކަޒުގައި ކުރިއަށް ގެންދާކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

Wednesday, April 30, 2014

ކޮލަންބޯ އޮޕްޓިކަލްސްގެ އައިކޭމްޕެއް އިހަވަންދޫގައި

ކޮލަންބޯ އޮޕްޓިކަލްސްގެ ފަރާތުން އިހަވަންދޫ ގެ ރައްޔިތުންނަށް ޚާއްސަކޮށްގެ އިހަވަންދޫ ސިއްޙީ މަރުކަޒުގައި މެއި 01 ން 02 އަށް އައިކޭމްޕެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގެ އެ އޮޕްޓިކަލްސް އިން ހާމަކޮށްފިއެވެ.

Tuesday, April 29, 2014

ފާނަބަސަންދު (ޗިކަންޕޮކްސް) ފެތުރެމުންދާތީ ސަމާލުވުމަށް


މިދުވަސްވަރު އިހަވަންދޫގައި ގިނައަދަދަކަށް ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. މިގޮތުން މި މަސްތެރޭގައިވެސް 10 އަށް ވުރެ ގިނަ ފާނަބަސަންދު ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެމަރުކަޒުން ހާމަކުރައްވައެވެ.

Wednesday, January 29, 2014

ހުމާއި އަރިދަފުސް ރޯގާއެއް ފެތުރެމުން ދާތީ އާންމުން ސަމާލުވުމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފި.

މިދުވަސްވަރު އިހަވަންދޫގައި ހުމާއި އަރިދަފުސް ރޯގާއެއް ވަރަށް ބޮޑަށް ފެތުރެމުން ދާތީ ސަމާލު ވުމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

Tuesday, January 21, 2014

އާ ދައުރަކަށް ހޮވުނު ކައުންސިލަރުންނަށް މަރުހަބާ!

ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ގުރުނެގުމުގެ ތެރެއިން / ފޮޓޯ: އިހަވަންދޫ ޑޮޓްކޮމް
ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހއ. އަތޮޅު ކައުންސިލަށާއި ހއ. އަތޮޅު ކައުންސިލް (އިހަވަންދޫ ދާއިރާ) އަށް ހޮވިފައިވާ ކައުންސިލަރުންނަށް މި ބުލޮގު ''ދިޔަވަރު'' ގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

Tuesday, December 31, 2013

ހަކުރުބައްޔަށް ސްކްރީންކުރުމާއި މަޢުލޫމާތު ދިނުމުގެ ޕްރޮގަރާމެއް ބާއްވަނީ

ޑައެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހއ. އިހަވަންދޫގައި ހަކުރުބައްޔަށް ސްކްރީންކުރުމާއި މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް 2014 ޖަނަވަރީ 02 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 4:001 އިން 6:001 އަށް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާ ކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

Thursday, December 12, 2013

އިހަވަންދޫ ރަށުކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރުތައް

އަންނަ ޖެނުއަރީ މަހު 18 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް ހަމަޖައްސައިފިއެވެ. މިއަދު 10 ޖެހީއިރު އިހަވަންދޫ މަދަރުސާގައި އޮތް ކެންޑިޑޭޓް ނަންބަރުދިނުމުގެ ހަފުލާގައި ކެންޑިޑޭޓް ނަންބަރު ދީފައިވަނީ ގުރުލައިގެންނެވެ.

Thursday, October 10, 2013

އަޟްހާ ޢީދު ބަންދުގައި އިހަވަންދޫ ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

13 އޮކްޓޯބަރު 2013 އިން 19 އޮކްޓޯބަރު 2013 ގެ ނިޔަލަށް 07 ދުވަސް އެއީ 1434 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ވާތީ، އިހަވަންދޫ ސިއްޙީ މަރުކަޒުން ދެމުންގެންދާ ބައެއް ޚިދުމަތްތައް ދޭން ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް އެމަރުކަޒުން ވަނީ އާންމުކޮށްފައެވެ.

Monday, September 30, 2013

ގެވަޅު ދޫކުރުން ލަސްވެގެންދަނީ އެއް އަތޮޅުން ލިބެންޖެހޭ މަޢުލޫމާތުތައް ނުލިބިގެން.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު
އިހަވަންދޫން ގޯތި ދޫކުރުން ލަސްވެގެންދަނީ އެއް އަތޮޅުން ލިބެންޖެހޭ މަޢުލޫމާތުތައް ނުލިބިގެންކަމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވެއްޖެއެވެ. އަތޮޅު ތަކުން ބަލާ މަޢުލޫމާތަކީ ގެވަޅަށް އެދި ފޯމު ލާފައިވާ ފަރާތްތަކުން އެއްވެސް ރަށެއްގައި، ގެއެއް އަދި ގެއަކުން ބައެއް ނަމަވެސް ރަޖިސްޓްރީ ވެފައިވޭތޯ ބެލުން ކަމަށެވެ. ސަމީރު މިހެން ވިދާޅުވީ ގެވަޅު ދޫކުރުމުގެ އެންމެހާ ކަންތައްތައް ކުރަމުންގެންދާ ގޮތާއި އަދި މިހާރު އެކަންތައް ގޮސް ހުރި ހިސާބެއް، ގެވަޅަށް އެދި އިހަވަންދޫ ކައުންސިލް އިދާރާއަށް ފޯމު ލާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

Sunday, September 08, 2013

ރިޔާސީ އިންތިޚާބު 2013 ގެ ވަގުތީ ނަތީޖާ - ހއ. އިހަވަންދޫ


ހއ. އިހަވަންދޫ 1 ނަމްބަރ ވޯޓު ފޮށި:
ޤާސިމް: 196
ވަޙީދު: 5
ޔާމީން: 250
ނަޝީދު: 289

Monday, July 08, 2013

ރަމަޟާންމަހު އިހަވަންދޫ ސިއްޙީ މަރުކަޒުގައި ޚިދުމަތްދޭނެ ގަޑިތައް އިޢްލާންކޮށްފި

1434 ވަނަ އަހަރުގެ ރަމަޟާންމަހު އިހަވަންދޫ ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްތައް ދޭންހަމަޖެހިފައިވާ ގަޑިތައް އެމަރުކަޒުން ހާމަކުރައްވާފައިއެވެ.

Thursday, July 04, 2013

ތައާވުން މިސްކިތް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކްލަބް ޕޯލްސްޓަރ އިން އެހީތެރިވަމުން އެބަދޭ

މަރާމާތަށް ބަންދު ކުރުމަށްފަހު ރަމަޟާން މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ މިރަށު މަސްޖިދުއް ތަޢާވުން ހުޅުވުމަށް ކުރަންޖެހޭ އެއްމެ ފަހުގެ މަސައްކަތްތައް ކުރުމުގައި ކްލަބް ޕޯލްސްޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އެބަގެންދެއެވެ. މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި މިސްކިތުގެ ބޭރުގައި ކުލައާއި ދަވާދު އާކުރުމުގެ މަސައްކަތުގެ އިތުރުން ކައުންސިލް އިދާރާއިން ތަކެތީގެ އަގުދެއްވުމުން ހިލޭސާބަހަށް ތަނުގެ ވައިރިން ބަދަލުކޮށް ފަންކާތައް އައުކުރުމުގެ އިތުރުން މިސްކިތް އަލުން ބޭނުންކުރަން ފެށުމުގެކުރިން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ކައުންސިލް ޢިދާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެކުލަބްގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެކުލަބްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

Wednesday, July 03, 2013

މިދުވަސްވަރު ހުން އައުމާއި، ކެއްސުމާ، ހޮޑުލުމާއި އަދިއަރިދަފުސް ރޯގާ ދަނީ ފެތުރެމުން

މިދުވަސްވަރު މިރަށުގައި ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވެފައިވާކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ހާމަކުރައްވާފިއެވެ.
މިކަމާ ގުޅިގެން އެ މަރުކަޒުން ކޮށްފައިވާ އިޢްލާންގައިވާ ގޮތުން މިދުވަސްވަރު ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަންދެއްވުމާއިއެކު ބަލިން ރައްކާތެރިވުމަށްޓަކައި، ރޯގާ ޖެހިފައިވާ ފަރާތްތަކުން އިޖުތިމާޢީ މުޢާމަލާތުތައް މުހިއްމު ބޭނުމަކާއި ނުލާ އިތުރުނުކުރުމާއި، ފިނި އަށިތަކާ ކެމްޕެއިން ހަރުގެ ތަކާއި ކުޅިވަރުގެ މާޙައުލުތަކާއި ރޯގާ ޖެހިފައިވާ ފަރާތްތަކުން ރޯގާ ރަނގަޅު ވަންދެން އެކަހެރިކޮށް އުޅުއްވުމާއި ކެއްސާ ކިބިހި އަޅާއިރު އަނގަޔާ ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ އެފަދަ އެއްޗެއް އެޅުއްވުމަކީ ރޯގާ ފެތުރުން ހުއްޓުވިދާނެ ކަންތައްތައް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

Saturday, June 08, 2013

އިހަވަންދޫ ސިއްޙީ މަރުކަޒަށް އެހީ ހޯދުމަށް މަސައްކަތު ދުވަހެއް ބާއްވައިފި


 08 ޖޫން 2013 (މިއަދު) ހެލްތް ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށްޓަކައި އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާ އަދި ކޮމެޓީތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތު ދުވަހެއް ބާއްވާފިއެވެ.

Thursday, May 30, 2013

ސިއްޙީ ޚިދުމަތުގެ ޓްރަސްޓް ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތު އިހަވަންދޫ ސިއްޙީ މަރުކަޒުގައި ބާއްވައިފި

އަޙްމަދު ރަޝީދު ފަންޑު ފޮއްޓަށް ފައިސާގެ އެހީތެރިކަމެއް ވެދެއްވަނީ
ހެލްތް ޓްރަސްޓް ފަންޑް ފޮށި ހުޅުވުމުގެ ރަސްމިއްޔާތު އިހަވަންދޫ ސިއްޙީ މަރުކަޒުގައި މިއަދު ބާއްވައިފިއެވެ. މި ފަންޑު ފޮށި ހުޅުވައިދެއްވީ އިހަވަންދޫ މަދަރުސާގެ ކޮލިފައިޑް ލީޑީންޓީޗަރ އަލްފާޟިލް އަޙްމަދު ރަޝީދު އެވެ.

Monday, May 27, 2013

މަދިރި މަދުކުރުމާގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިހަވަންދޫ ސިއްޙީ މަރުކަޒުން ކުރިއަށް އެބަގެންދޭ

ފައިލް: އިހަވަންދޫ ސިއްޙީ މަރުކަޒު
މަދިރި މަދުކުރުމަށްޓަކައި ސެންޓަރފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިސީސް ކޮންޓްރޯލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'މަދިރި ރުޅިރުޅި 2013' ކެމްޕެއިންގެދަށުން އިހަވަންދޫގައި ހުރި މީހުންދިރިއުޅޭ ގެތަށް ޗެކުކުރުމުގެ މަސައްކަތް 18މެއި 2013 ވަނަދުވަހުން ފެށިހެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކުރައްވާފިއެވެ.

Monday, May 20, 2013

އިހަވަންދޫ ސިއްހީމަރުކަޒުގެ ޑޮކްޓަރުންގެ ޑިޔުޓީއަށް ބަދަލުއައުން

ޑރ އާޒިބް އަދި ޑޮރ ޝާޒިޔާ
އިހަވަންދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވަމުން ގެންދެވި ދެ ޑޮކްޓަރުން ކަމުގައިވާ ޑރ. އާޒިބް ބަޝީރު ވާނީ އަދި ޑރ. ޝާޒިޔާ އަޝްރަފް ޝާޙް، އަހަރީޗުއްޓީއަށް ވަޑައިގެންފައިވާތީ، އެބޭފުޅުންގެ ޗުއްޓީ ނިންމެވުމަށްފަހު އަލުން ވަޒީފާއަށް ނުކުންނަވަންދެން އެމަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ އެންމެ ޑޮކްޓަރެއްކަމުގައި އެމަރުކަޒުން ހާމަކުރައްވާފިއެވެ.

Monday, May 13, 2013

ފިރިހެން ނަރުހުންވެސް މަސައްކަތްކުރާނެ މަންޒަރު ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެއް (މުޙައްމަދު އިބްރާހީމް)


ނަރުހުންގެ ދުވަސް ފާހަގަކުރުން
މި އިހަވަންދޫގެ ނަރުހުންގެ ދާއިރާއިން މިހާރު މިފެންނަނީ ހަމައެކަނި އަންހެން ނަރުހުން ކަމަށާއި ވަރަށް އަވަސް މުސްތަޤްބަލެއްގައި ފިރިހެން ނަރުހުންވެސް މަސައްކަތްކުރާނެ މަންޒަރު ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެއްކަމުގައި އިހަވަންދޫ ކައުންސިލް އިދަރާގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.