ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ގުރުނެގުމުގެ ތެރެއިން / ފޮޓޯ: އިހަވަންދޫ ޑޮޓްކޮމް |
ލޯކަލް
ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހއ. އަތޮޅު ކައުންސިލަށާއި ހއ.
އަތޮޅު ކައުންސިލް (އިހަވަންދޫ ދާއިރާ) އަށް ހޮވިފައިވާ ކައުންސިލަރުންނަށް މި
ބުލޮގު ''ދިޔަވަރު'' ގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
މިރަށަށާއި
މިދާއިރާއަށް ޚިދުމަތްކުރުމަށްޓަކައި އަމިއްލައަށް އިސްނަންގަވައި
ކުރިމަތިލެއްވިކަމީ ތިޔަ ކެންޑިޑޭޓުންގެ ހިތުގައި އިހަވަންދޫ ދެކެ ވާ ފުރިހަމަ
ލޯބި ހާމަވެގެން ދިޔަ ހެތްކެއްކަމުގައި ޤަބޫލުކުރަމެވެ.
އެހަންކަމުން
މި ދާއިރާގެ ހުރިހާ ރައްޔިތުން، ކައުންސިލަށް ހޮވުނު ހުރިހާ ކެންޑިޑޭޓުނާއި ހަވާލުކޮށްފައިވާ
ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަކީ ވަރަށް
މުހިންމުކަމެކެވެ.
ކައުންސިލަށް
ހޮވުނީ ވަކިބަޔަކު ވޯޓު ދީގެންކަމަށް ބަލައި ވަކިބަޔަކު ބުނާހާގޮތަކަށް ކައުންސިލް
ހިންގަންވެއްޖެނަމަ، އާޚިރުގައި ކަންވެގެންދާނީ އެންމެންގެ ނުރުހުމާއި
ރުޅިވެރިކަން ލިބޭނޭ ކައުންސިލަކަށެވެ. ސަރުކާރުގެ ކޯލިޝަންގެ ކައުންސިލަރުންވެސް
އަދި އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު
އެއިރަކު އޮންނަ ސަރުކާރަކަށް ފުރިހަމައަށް އެއްބާރުލުން ދީގެން، ޚިޔާލާއި
މަޝްވަރާގެ މަތިން މަސައްކަތްކުރަމުންދާނަމަ، އަންނަ ދައުރެއްގައި އެކަމުގެ ފޮނި
މޭވާ ލިބިގެން ދާނެކަމީ ޝައްކެއްނެތި ޤަބޫލުކުރެވޭނެ ކަމެކެވެ.
އެގޮތުން
އެންމެ މުހިންމު ކަމަކީ ރަށާއި އަތޮޅުގެ ތަރައްޤީއެވެ. އެކަމަށް ހުރައް އެޅޭ ފަދަ
އެއްވެސް ކަމެއް އެއްވެސް ކައުންސިލަރެއްގެ ފަރާތުން ފެނުމަކީ އެއްވެސް ރައްޔިތަކު
އެދޭނެކަމެއް ނޫނެވެ.
އަދި
ހަމައެއާއެކު އިންތިހާބުގެ ކުރިން ހައްދަވާފައިވާ މެނިފެސްޓޯތަކާއި އޭގެ އިތުރުން
ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކޮށްދިނުމަށް ކޮންމެ ރައްޔިތަކުވެސް
ބޭނުންވާނެއެވެ.
އެހެންމަކުން
އިހަވަންދޫ ކުރިއަރުވައި ތަރައްޤީކުރުމުގައި ތިޔަކައުންސިލަރުން
މަސައްކަތްކޮށްދޭނެކަމުގައި އުންމީދުކުރަމެވެ.
ހއ.
އިހަވަންދޫ ކައުންސިލް
ވަގުތީ ނަތީޖާ
ހއ. އަތޮޅު ކައުންސިލް (އިހަވަންދޫ ދާއިރާ)
ވަގުތީ ނަތީޖާ
ތިޔަ ކައުންސިލަރުންގެ ހުރިވަރެއް ވެސް އެނގިދާނެތާ
ReplyDelete