Tuesday, December 31, 2013

ހަކުރުބައްޔަށް ސްކްރީންކުރުމާއި މަޢުލޫމާތު ދިނުމުގެ ޕްރޮގަރާމެއް ބާއްވަނީ

ޑައެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހއ. އިހަވަންދޫގައި ހަކުރުބައްޔަށް ސްކްރީންކުރުމާއި މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް 2014 ޖަނަވަރީ 02 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 4:001 އިން 6:001 އަށް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާ ކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

އަދި މި ޕްރޮގްރާމަކީ ޑައެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން މުޅި ހއ. އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އަދި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ސީދާ ޑައެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަންނީ ބޭފުޅުންގެ ޓީމަކުން ކަމުގައިވެސް އެ މަރުކަޒުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި އިހަވަންދޫ މަދަރުސާއަށް ދުރުވުމަށާއި، އަދި ހަމައެހެންމެ މި ޕްރޮގްރާމުގައި ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވުމަކީ ޑައެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި މި އިހަވަންދޫ ސިއްޙީ މަރުކަޒުގެ ވަރަށް ބޮޑު އެދުމެއްކަމުގައި އެފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ