Monday, May 20, 2013

އިހަވަންދޫ ސިއްހީމަރުކަޒުގެ ޑޮކްޓަރުންގެ ޑިޔުޓީއަށް ބަދަލުއައުން

ޑރ އާޒިބް އަދި ޑޮރ ޝާޒިޔާ
އިހަވަންދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވަމުން ގެންދެވި ދެ ޑޮކްޓަރުން ކަމުގައިވާ ޑރ. އާޒިބް ބަޝީރު ވާނީ އަދި ޑރ. ޝާޒިޔާ އަޝްރަފް ޝާޙް، އަހަރީޗުއްޓީއަށް ވަޑައިގެންފައިވާތީ، އެބޭފުޅުންގެ ޗުއްޓީ ނިންމެވުމަށްފަހު އަލުން ވަޒީފާއަށް ނުކުންނަވަންދެން އެމަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ އެންމެ ޑޮކްޓަރެއްކަމުގައި އެމަރުކަޒުން ހާމަކުރައްވާފިއެވެ.

 އެހެންކަމުން މިދުވަސްތަކުގައި ޑޮކްޓަރު ޑިއުޓީގައި އިންނަވާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.
ރަސްމީދުވަސްތައް ( ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ) :
ހެނދުނު: 8:00 ން ހަވީރު 4:00 އަށް (12:00 ން 13:00 ށް،ހުސްވަގުތުކޮޅު)
ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށް
ހުކުރު ދުވަސް:
ހެނދުނު: 8:00 ން 11:00 ށް
ރޭގަނޑު: 8:00 ން 11:00 ށް

އަދި މިގޮތަށް ޑޮކްޓަރުގެ ޑިއުޓީ ހަމަޖެހިފައި ވީނަމަވެސް، އެމަޖެންސީ ޙާލަތެއް މެދުވެރިވެއްޖެ ކޮންމެ ހިނދެއްގައި ވެސް ޑޮކްޓަރުގެ ޚިދުމަތް ލިބޭނެ ކަމަށާއި، އެހެން ނަމަވެސް މިދުވަސްވަރު އާދައިގެ ކަންކަމުގައި ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު ޑޮކްޓަރު ޑިއުޓީގައި އިންނެވިތޯ ބެއްލެވުމަށްފަހު މަރުކަޒަށްވަޑައި ގަތުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް އެމަރުކަޒުން އެދިލައްވާފައި ވެއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ