އެއްދުވަސްވަރެއްގައި ދިރިއުޅުނު ފިރިހެންކުއްޖެކެވެ. މި
ކުއްޖާ ދިރިއުޅެމުން ގެންދިޔައީ މީނާގެ މަންމައާއި އެކުގައެވެ. އަދި
ޒުވާންނަކަށްވެ އުމުރުން 18 އަހަރުވުމުން މަންމަ ދޫކޮށް އަމިއްލަ ދިރިއުޅުމާއިގެން
ކުރިޔަށް ދިއުމަށް އެހެން ތަނަކަށް ދިޔައެވެ. އެއީ މި ގޮތަކީ ކާފަރުންގެ ތެރޭގައި
އޮންނަ އާދަ ކާދައަކަށްވެފައި، އެބައި މީހުން ޤަބޫލްކުރާ ގޮތުގައި ދަރިންގެ
އުމުރުން 18 އަހަރުވުމުން އެކުދިން އެތިބީ މައިންބައިންގެ ބެލުމުގެ ދަށުން
މިނިވަންވެފައެވެ. ހުރިހައި ކަމެއްވެސް އަމިއްލައަށް ނިންމުނުގެ އިޚްތިޔާރު ލިބި
ބޮޑުމީހަކަށް ވެފައެވެ.
މިގޮތުން މި ޒުވާނާ އެކިދުވަސްވަރު އެކި
ތަންތާގައި ދިރިއުޅުން ވެއަތިކުރަމުން ދިޔައެވެ. މިހެން އުޅުމުގެ ތެރޭގައި މި
ޒުވާނާއި މުސްލިމް ބަޔަކާއި ބައްދަލުވެ، އެ މީހުންނާއި ވަރަށް ގާތް
ރަޚްމަތްތެރިކަމެއް އުފެދުނެވެ. އަދި އެހެން ރަޚްމަތްތެރިންނާއި ހިލާފަށް މި ބައި
މީހުންގެ ފަރާތުން ފެންނަ އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ ސަބަބުން މި ޒުވާނާގެ
ހިތުގައި އިސްލާމްދީނަށް ލޯބި އުފުދިގެންދިޔައެވެ. މިގޮތުން އެބައި މީހުންގެ
ކައިރިން އިސްލާމްދީނުގެ އެކިއެކި ކަންތައް ދަސްކޮއް، މާގިނަ ދުވަސްތަކެއްނުވެ ﷲގެ
އިރާދަފުޅުން މި ޒުވާނާ އިސްލާމްވެއްޖެއެވެ. އަދި ވަރަށް ހިތްވަރާއި އެކު ދީނުގެ
އިލްމު އުގެނުމުގައި ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.
މިގޮތުން އެއްދުވަހަކު މި ޒުވާނާއަށް
އިސްލާމްދީނުގައި މަންމައަށް ދެވިފައިވާ މަތިވެރިކަމާއި ، މަންމައަށް ހެޔޮކޮށް
ހިތުމުން ﷲގެ ހަޟްރަތުން ލިބޭނެ ދަރުމަ އާއި ސަވާބު އެނގިގެންދިޔައެވެ. މިކަންތައް
އެނގުމާއި އެކު މަންމަ އާއި މެދު ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން އެ
ޒުވާނާއަށް ވިސްނުނެވެ. 9 މަހާއި 9 ދުވަސް ވަންދެން އުފުލި ބުރަ އާއި ، ކުޑައިރުން
ފެށިގެން ބޮޑު މީހަކަށް ވަންދެއް ބަލާ، ބޮޑުކުރުމުގައި ވެފައި ވާ ޤުރުބާނީ ތައް
ހިތަށް އަރާފައި ލޮލުން ކަރުނަ އައެވެ. މަންމަ ދޫކޮށް ދިޔަފަހުން މިއަދާ ހަމައަށް
މަންމަގެ ހާލު ބަލާ ނުލާ ހުރެވުނުކަމަށްޓަކައި ވަރަށް ހިތާމަކޮށް الله سبحانه وتعالى ހަޟްރަތުގައި
ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެވުނެވެ.
އަދި ޖެހިގެން އައި ދުވަހު މާ ބޮނޑިއަކާއި
މެވާކޮޅެއް ހިފައިގެން މަންމަ އާއި ބައްދަލުކުރުމަށް ދިޔައެވެ. އެމަންމަ މިއަދު
ވަނީ މުސްކުޅިވެ ގައި ބާރު ދެރަވެފައެވެ. ބޯ ނުރަވެ ދެލޯ ވަޅު ވަދެފައެވެ.
މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަ އާއި ބަލި ކަމުގެ އަސަރުތަކެވެ. އެ ޒުވާނާގެ
މަންމައަށް އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅު އެތަށް އަހަރު ތަކެއް ފަހު ފެނުމުން
އުފަލުން މޮޔަވާވަރުވިއެވެ. ހަމައެފަދައިން ޒުވާނާވެސް އޭނާގެ މަންމަ ފެނުމުން
ވަރަށް ބޮޑަށް އުފާވިއެވެ. އަދި މިހާ ގިނަ ދުވަސްތަކެއް މަންމަގެ ހާލު ބަލައި
ނުލައި އުޅެވުނުކަމައްޓަކައި މަންމަ ކައިރިން މަޢާފަށް އެދުނެވެ. އޭގެ ފަހުން
ކޮންމެ ދުވަހަކުވެސް އެ ޒުވާނާ އޭނާގެ މަންމަ އާއި ބައްދަލުކުރަން ދެއެވެ. މަންމަ
އާއި އެކު ވަގުތުތައް ހޭދަކުރެއެވެ. މަންމައަށް އަޅާލައި ބޭނުންވާނެ އެއްޗެހި
ހޯދައި ދީ އެހީތެރިވެދީ އުޅެންފެށިއެވެ. އަދި މިކަމަކީ މި ޒުވާނާ އެންމެ ކުރާ
ހިތްވާކަމަށް ވެއްޖެއެވެ. މި ގޮތަށް މަންމައަށް ޒިޔާރަތް ކުރާ ކޮންމެ ދުވަހަކުވެސް
މަންމަ ގެ ލޮބުވެތިކަން ފުރިގެން ވާ މޫނަށް ބަލަން އިނދެ ރޮއިހަދަ އެވެ.
ދަރިފުޅުގެ އުޅުމަށް މި ހެޔޮ ބަދަލު އައި ކަމަށްޓަކާ އުފާކުރި ނަމަވެސް، މިކަމާ
މަންމަ ވަރަށް ކަންތައް ބޮޑުވިއެވެ. އަދި ކޮންމެ ދުވަހަކު މަންމައަށް ޒިޔާރަތް
ކުރަނީ ކީއްވެތޯ އާއި ހިތާމަކުރަނީ ކޮންކަމަކާ ތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އެ
ޒުވާނާ އިސްލާމްވި ކަން މަންމަ އަށް ބަޔާން ކޮއްދިނެވެ. އަދި މާތް ވެގެންވާ
އިސްލާމްދީނުގައި މައިންނަށް ދެއްވާފައިވާ މަތިވެރި ދަރަޖަ އާއި އެމީހުންނަށް
ހެޔޮކޮށް ހިތުމުން ދަރިންނަށް ލިބޭނެ ދަރުމަ އާއި ސަވާބުގެ ވާހަކަވެސް
ކިޔައިދިނެވެ. މަންމަ އަށް ބެލުމުން ރޮވެނީ މަންމައަކީ މުސްލިމެއްކަމަށް ނުވާތީ
އާއި މިހާލަތުގައި މަންމަ މަރުވެއްޖެ ނަމަ އޭނާއަށް މަންމައަށް އެއްވެސް
އެހީތެރިކަމެއް ފޯރުވައި ނުދެވޭނެތީ ކަމުގައި ބުންޏެވެ. އަދި އެކަމާ އިންތިހާ
ދަރަޖައަށް ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.
އެ ޒުވާނާގެ މި ބަސްތައް އިވި އެ މަންމައަށް
ވެސް ފުން އަސަރު ކުރިއެވެ. އެވަގުތު الله سبحانه وتعالى ގެ ހެޔޮ ރަޚްމަތްފުޅުން އެމަންމަގެ ހިތުގައި
އީމާންތެރިކަމުގެ ނޫރު ލެވި ،އިސްލާމްދީނަކީ ހައްޤު ދީން ކަމުގައި ޤަބޫލުކޮށް
އިސްލާމްވިއެވެ. الحمد لله
އަސްލު ވާހަކަ: http://trueislamicstories.blogspot.com
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ