ބޭނުން ވާނެ
ތަކެތި
1 ފުލް ކުރީމް މިލްކް
ޕެކެޓް ( ބޮޑު)
1 ޗޮކުލެޓު (ހުސް
ޗޮކެލެޓު) ގާނާފައި
2 ސައި ސަމުސާ ބަޓަރު
2 މޭޒު މަތީ ސަމުސާ
ކޯންފުލޯ
1 ޕެކެޓު މާރީ
ބިސްކޯދު
1 ދަޅު ގެރިކިރު
2 ބިސް
ހައްދަވާނެ ގޮތް
ފުރަތަމަ ގެރިކިރު ދަޅާއި
ބިހާއި ބަޓަރު އަދި ކޯންފުލޯ މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް
އެއްކޮށްލާށެވެ. އެއަށްފަހު ރޯކިރު ޕެކެޓު ތެއްޔަކަށް އަޅާލުމަށް ފަހު އުދުން
މައްޗަށް އުދާށެވެ. ކިރަށް ހޫނުވާން ފެށުމުން ކުރިން މިކުސް ކުރިބައި މަދުމަދުން
ތެއްޔަށް އަޅަމުން މަޑު ގިނީގައި ކައްކަމުން ގެންދާށެވެ. ބޭނުން ވާވަރަށް
ތަތްވުމުން އުދުން މަތިން ބާލާށެވެ. އެއައްފަހު ކެއްކި އެއްޗެތިން އެއްބައި ޓްރޭ
އަކަށް އަޅާށެވެ. އެއައްފަހު މާރީ ބިސްކޯދު އެއިގެ މަތީގައި ފަތުރާށެވެ. ދެން
ތެލީގައި ބާކީ ހުރިބައި އެއިގެ މައްޗަށް ރީތިކޮށް އަޅާލާށެވެ. ދެން ގާނާފައި ހުރި
ޗޮކުލެޓް މައްޗަށް އަޅާލާށެވެ. ރަނގަޅަށް ހިހޫވުމުން އައިސް އަލަމާރިއަށްލާ
ރަނގަޅަށް ފިނިކޮށްލާށެވެ.
މިއީ މެންދުރު ނުވަތަ
ރޭގަނޑުގެ ކެއުމަށްފަހު ފޮނިކާއެއްޗެއްގެ ގޮތުގައި ބޭނުންކުރައްވަން ވަރަށް މީރު
އެއްޗެކެވެ. އެއްފަހަރު ނަމަވެސް ތަޖުރިބާކޮށްލެއްވުން ވަރަށް ރަނގަޅުވާނެއެވެ.
ވަރަށް މީރު ކާއެއްޗެއް ތީ! ނެތްތަ އެހެން ކަހަލަ މީރު އެއްޗެއް!
ReplyDeleteވަރަށް މީރު ތިޔަ ޑިޝް
ReplyDelete