ސަން
މޯބައިލްފޯނާއި އިންޓަނެޓް ބޭންކިން ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު
އިތުރުވުމުގެ ސަބަބުން، ސްވިޑުން މީހުން ވެފައި ވަނީ ދުނިޔޭގައި އެންމެ
ގިނައިން އަދި އެންމެ ރަނގަޅަށް ޓެކްނިލޮޖީގެ ބޭނުންކުރާ މީހުން ކަމަށެވެ.
ޔޫރަޕްގައި އެންމެ ފުރަތަމަ ފައިސާ ނުވަތަ ނޫޓް ތައާރަފް ކުރި ގައުމަކީ ވެސް ސްވިޑުން އެވެ. އެގޮތުން މީލާދީން 1661 ވަނަ އަހަރު އެ ގައުމުގައި ނޫޓް ބޭނުންކުރަން ފެށި އެވެ. ނަމަވެސް އޭރު ތައާރަފް ކުރި ފައިސާގެ ކަރުދާސްތަކުން ސަލާމަތް ވުމުގެ މަގުގައި އެގައުމު މިހާރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

"ބޭންކްޓް ނޯޓް (ފައިސާގެ ނޫޓް) މިހާރު އެއްގޮތަކަށް ވެސް ބޭނުން ކުރަންވީ
ސަބަބެއް އަހަރެންނަކަށް ނުފެނޭ،" 1970 ގެ އަހަތަކުގައި މަޝްހޫރުވި ޕޮޕް
މިއުޒިކް ބޭންޑެއްގެ މެމްބަރެއް ކަމަށްވާ ޔުއާން އުލަވިއަސް ބުންޏެވެ.
ޔުއާން އެ ބުނާ ފަދަ، ކައުންޓަރުތަކަށް ކަރުދާސް ފައިސާ އާއި ފައިސާފޮތިތައް ހިފައިގެންދާ މީހެއް ނަމަ އެކަމާ ކަންބޮޑުވެ، ލަދުވެތިވާ ފަދަ މުޖުތަމައެއް ސުވިޑުންގައި މިހާރު އަންނަނީ ބައްޓަން ވަމުންނެވެ.
ސްވިޑުންގެ ގިނަ ޝަހަރުތަކުގައި ބަސްދަތުރުގެ ޓިކެޓްގެ އަގު މިހާރު ފައިސާ އިން ބަލައެއް ނުގައެވެ. އެފަދަ ޓިކެޓް ޖެހެނީ މޯބައިލް ފޯނުން ފޮނުވާލާ ޓެކްސްޓް މެސެޖެއް ނުވަތަ އެނޫން ވެސް ޑިޖިޓަލް ގޮތަކަށް ކުރިން ގަންނާށެވެ. ހަމައެކަނި ކާޑް ނޫނީ ބަލައި ނުގަންނަ ވިޔަފާރިތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ހަމަ އެކަނި އިލެކްޓްރޯނިކް ޓްރާންސެކްޝަންތައްް ހަދާ ބޭންކުތައް އުފެދި ފައިސާ ބަލައިގަތުން އެ ބޭންކްތަކުން ވަނީ ހުއްޓާލާފަ އެވެ.
"ބޭންކަކަށް ވަދެ ފައިސާ( ނޫޓް)ގެ ބޭނުން އެއްގޮތަކަށް ވެސް ނުކުރެވޭ ޓައުންތައް މިހާރު އެބަ ހުރި،"
ސްވިޑުންގެ ނެޝަނަލް ޕެންޝަނާސް އޯގަނައިޒޭޝަންގެ ޗެއާމަން ކާޓް ޕާރްސަން ޝަކުވާ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކާޑް ނުގެންގުޅޭ އަދި ގެންގުޅުން ނަމަވެސް އެކާޑް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރަން ނޭނގޭ ދުވަސްވީ މީހުންނަށް އެކަމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވެ އެވެ.
ނޫޓް ބޭނުންކުރާ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ސްވިޑުންގެ އަޅުކަންކުރާ ބައެއް ތަންތާނގައި ވެސް ހަމަޖައްސާފަ އެވެ. އެގޮތުން އެގައުމުގެ ދެކުނުގައިވާ ކާލް ގުސްތާފް ޗާޗްގައި މިހާރު ވަނީ އެއިންތިޒާމު ހަމަޖައްސާފަ އެވެ.
"އެތައް ފަހަރަކު މީހުން އައިސް ބުނޭ އަހަރެމެން އަތުގައި ނޫޓެއް ނެތޭ، އެކަމަކު އެހީދޭން ބޭނުމޭ،" ކާލް ގުސްތާފް ޗާޗްގެ އިސް ފާދިރީއެއް ކަމަށްވާ ވިކާރް ޖޯހަން ޓަޔަބާގް ވިދާޅުވި އެވެ.
ސްވިޑެންގެ އިގުތިސާދުގައި ނޫޓްގެ ގޮތުގައި މިހާރު ގެންގުޅެނީ ދައުރުވާ ފައިސާގެ އެންމެ ތިން ޕަސެންޓެވެ. ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކުގައި އެއަދަދު އުޅެނީ ނުވަ ޕަސެންޓްގަ އެވެ. އަދި އެމެރިކާގައި ހަތް ޕަސެންޓްގައި ކަމަށް ސެންޓްރަލް ބޭންކްތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ބޭންކް ފޯ އިންޓަނޭޝަނަލް ސެޓްލްމެންޓްސް އިން ބުނެ އެވެ.
އުލަވިއަސް ބުނާ ގޮތުގައި ފައިސާގެ ނޫޓް ބޭނުން ކުރުން އޭނާ ހުއްޓާލީ ސަލާމަތީ ސަބަބުތަކަށް ޓަކައެވެ. އޭނާ އެކަން ފެށީ އޭނާގެ ދަރިފުޅު އަތުން ބަޔަކު ތިން ފަހަރަށް ފައިސާ ފޭރުނު ފަހުންނެވެ.
"ނޫޓް ނެތިއްޔާ އެމީހުން ( ފޭރޭމީހުން، ވަގުން) ކުރާނީ ކީއް؟" އުމުރުން 66 އަހަރުގެ އުލަވިއަސް ސުވާލު ކުރެ އެވެ.
ސްވިޑުންގެ ބޭންކާސް އެސޯސިއޭޝަނުން ބުނަނީ ނޫޓް ބޭނުންކުރުން މަދުވެގެން ދިއުމުން ކުށްކުރުން ވެސް މަދުވެފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އެގައުމުގައި 110 ބޭންކެއް ފަޅާލި އިރު މިދިޔަ 2011 ވަނަ އަހަރު ފަޅާލާފައި ވަނީ 16 ބޭންކް ކަމަށާއި މިއީ އެފަދަ ހާދިސާތަކުގެ ރެކޯޑް ބަލަހައްޓަން ފެށިފަހުން މިވީ 30 އަހަރު ތެރޭގައި އެކަން އެންމެ މަދުވި ފަހަރު ކަމަށް އެޖަމާއަތުން ބުނެއެވެ.
އެޖަމާއަތުން ބުނާ ގޮތުގައި ސަލާމަތީީ ފިޔަވަޅުތަކާ އެކު ކުރާ ދަތުރުކުރާ އުޅަނދުތަކަށް ހަމަލާ ދިނުން ވެސް މިހާރު ވަނީ މަދުވެފަ އެވެ.
"ނޫޓް ދައުރުވާ މިންވަރު މަދުވުމުން ކަންތައްތައް ރައްކާތެރިވޭ، ފައިސާ ގެންގުޅޭ މުވައްޒަފުންނަށް ވެސް އަދި ހަމަ އާއްމުރައްޔިތުންނަށް ވެސް،" ބޭންކާސް އެސޯސިއޭޝަންގެ ސެކިއުރިޓީ އެކްސްޕާޓެއް ކަމަށްވާ ޕަރްކާލްސަން ވިދާޅުވި އެވެ.
ފައިސާގެ ނޫޓް ބޭނުންކުރުން ހުއްޓާލުމަށް ސުވިޑެން އިން ކުރާ މަސައްކަތުގައި ބޮޑު ކާމިޔާބެއް ހޯދާފައިވާ އިރު ޔޫރަޕްގެ އެހެން ގައުމުތައް ވެސް މިހާރު ވަނީ އެކަމަށް މިސްރާބު ޖަހާފަ އެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދާ މީހުން މަދުން ނަމަވެސް އެބަ ތިއްބެވެ. ( ސީބީއެސް ނިއުސް)

އޭ ހާދަ ސަޅި ލިޔުމެއް! މަގޮލާ މި ލިޔުން ކިޔާލި އިރު ހަމަ ހަބޭސް! ހަމަ ސޮދި ފައިބާ ބިމަށް
ReplyDelete