އިހަވަންދޫ.ކޮމް
ވަޒީފާއިން ވަކިކޮށްފައިވާ އިހަވަންދޫ ސިއްޙީ މަރުކަޒުގައި
އެމްބިޔުލަންސް ޑްރައިވެރެއްގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ، އަސްދޫ /
މުޙައްމަދު އަސްލަމަށް އަނބުރާ ވަޒީފާ ދިނުމަށް އަޕާރ ނޯތު ހެލް ސާރވިސަސް
ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން
އަމުރުކޮށްފި އެވެ.
ވަޒީފާއިން ވަކިކުރުމާ ގުޅިގެން އަސްލަމް ހުށަހެޅި މައްސަލައިގެ
ނިންމުމުގައި ބުނަނީ "މައްސަލަ ހުށަހެޅި މުޙައްމަދު އަސްލަމަކީ މައްސަލަ
ރައްދުވި އަޕާރ ނޯތު ހެލްތް ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ
އެމްބިއުލަންސް ޑްރައިވަރުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް
ނުބެލުމަށާއި، މިއަދު (12 ސެޕްޓެމްބަރ 2012) ވަނަ ދުވަހުން ފެށިގެން 10
(ދިހައެއް) ދުވަހުގެ ތެރޭގައި މުޙައްމަދު އަސްލަމް ވަޒީފާ އަށް ނެރުމަށާއި،
މުޙައްމަދު އަސްލަމް ވަޒީފާއިން ވަކިކުރި ތާރީޚް ކަމަށް ބުނެފައިވާ 17
ޖޫން 2012 ވަނަ ދުވަހުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ
ދުވަހާ ހަމައަށް މުޙައްމަދު އަސްލަމްގެ މުސާރަ އާއި އެންމެހާ
ޢިނާޔަތްތަކަށްވާ ފައިސާގެ މިންވަރު އެކީ އެއްފަހަރާ މުޙައްމަދު އަސްލަމަށް
ދިނުމަށްފަހު މިކަންކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި
އަޕާރ ނޯތު ހެލް ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑަށް އަންގައި އަމުރުކުރަމެވެ"
މިފަދައިންނެވެ.
މި ނިންމުމާ ގުޅިގެން އިހަވަންދޫ ޑޮޓް ކޮމްއާ ވާހަކަ ދައްކަމުން
އަސްލަމް ބުނެފައި ވަނީ ޙައްޤަށް ނަޞްރު ލިބުނީތީ އުފާކުރާ ކަމަށާއި،
އުންމީދު ކުރަނީ އެ އަމުރާ އެއްގޮތަށް ކުންފުނިން އަމަލު ކުރާނެ ކަމަށެވެ.
"ޒާތީ އަދި ސިޔާސީ ވިސްނުމުގައި ނަހަމަ ފިޔަވަޅުތައް މީސްމީހުންގެ މައްޗަށް
އެޅުމަކުން ހާސިލް ކުރެވޭނެ ނަތީޖާއެއް ނެތްކަން މިއަދު ހާމަވެއްޖެ"
އިންވަންދޫ ޑޮޓް ކޮމް އަށް ދިން އިންޓަރވިއުގައި އަސްލަމް ބުންޏެވެ.
މުޙައްމަދު އަސްލަމީ އިހަވަންދޫ ސިއްޙީ މަރުކަޒުގައި 5
ޖޫން 2011 އިން ފެށިގެން އެމްބިއުލަންސް ޑްރައިވަރެއްގެ ވަޒީފާގައި ހުރި
މީހެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ 17 ޖޫން 2012 ގަ އެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ