Thursday, September 13, 2012

އައިފޯން 5 ދައްކާލައިފި

މުޅި ދުނިޔެ އިންތިޒާރުކުރަމުން ދިޔަ، އެޕަލްގެ އައިފޯން 5 މިއަދު އާންމުކޮށް ދައްކާލައިފި އެވެ.
ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް، އެޕަލްގެ އާ ފޯނަށް "އައިފޯން5" ގެ ނަން ދީފައި ވާއިރު މީގެ ކުރިން ނެރުނު އައިފޯން 4އެސްއާ މި ފޯނާ ޑިޒައިންގެ ގޮތުން އެހާ ތަފާތެއް ނޫނެވެ. ނަމަވެސް ހަތަރު އިންޗީގެ ސްކްރީނަކާ އެކު ފޯނު ވަނީ ހިމަ ދިގުކޮށް، އެކަމަކު ކުރީގެ ފޯނުތަކަށް ވުރެ ތުނިކޮށެވެ. އެޕަލް އިން ބުނީ ފޯނުގެ ސައިޒާއި ސްކްރީން ސައިޒް މިހާރު ހުންނާނީ އަތަށް ފަސޭހަކޮށް، އަދި އީމެއިލް ޗެކްކޮށް ފޮނުވާލާ ހަދަން ފަސޭހަ ވަރަކަށް ކަމަށެވެ. އައިފޯން 4އެސްގެ ސްކްރީން ސައިޒަކީ 3.5 އިންޗި އެވެ.
ފޯނު ތުނިކޮށް، ދިގުކޮށްފައި ވާއިރު އޭގައި ބޭނުންކޮށްފައި ވަނީ އެޕަލް އޭ6 ޕްރޮސެސާއެކެވެ. މި ޕްރޮސެސާއާ އެކު ކުރީގެ ފޯނުތަކަށް ވުރެ މި ފޯނުގެ ސްޕީޑް ރަނގަޅުވާނެ އެވެ. އަދި 4ޖީ އެލްޓީއީ ކަނެކްޝަން ލިބޭ ގޮތަށް ހަދާފައި ވުމުން އިންޓަނެޓް ބްރައުޒިން ހަލުވި ވާނެ އެވެ. ފޯނުގެ ޑިޒައިންގައި އެންމެ ހާއްސަ ކަމަކީ ފޯނުގެ ތުނިކަމެވެ. މި ފޯނު 4އެސް އަކަށް ވުރެ 18 ޕަސެންޓް ތުނިވާނެ އެވެ. އަދި 20 ޕަސެންޓް ލުއިވާނެ އެވެ. އެއީ 112 ގްރާމެވެ. އަދި ކުރީގެ 3.5 އިންޗީގެ ސްކްރީންގެ ބަދަލުގައި ހަތަރު އިންޗީގެ ސްކްރީނެއް ލާފައި ވިޔަސް ފޯނުގެ ފުޅާމިން ކުރީގެ ފޯނުތަކާ އެއްވަރެވެ. ފޯނު ހަނި ދިގުކޮށް ފެންނަނީ އެހެންވެ އެވެ. އެޕަލް އިން ބުނީ އާ ފޯނުގައި 3ޖީ ނެޓްވޯކްގައި ހަމަ އެކަނި ވާހަކަ ދައްކަން ބޭނުންކުރާ ނަމަ ބެޓެރިން 8 ގަޑިއިރު ހިފަހައްޓާނެ ކަމަށެވެ. އަދި އައިސައިޓް ކެމެރާ ފަނޑު އަލީގައި ވެސް ވަރަށް ފުރިހަމަ އަށް މަސައްކަތްކުރާނެ ކަމަށް އެޕަލް އިން ބުނެ އެވެ. އަދި އާ ފޯނުގެ ކެމެރާއިން ކުރީގެ ފޯނުތަކަށް ވުރެ 40 ޕަސެންޓް ހަލުވިކޮށް ފޮޓޯ ކެޕްޗާކޮށްލާނެ ކަމަށްވެ އެވެ. އަދި ޕެނަރޮމިކް ފޮޓޯ 28 މެގަޕިކްސެލްގައި ނެގުމަށް ފަހު އެޕަލް އިން ވަނީ ނޫސްވެރިނަށް ދައްކާލައިފަ އެވެ. ފޯނުގައި ތިން މައިކްރޮފޯން ލާފައި ވާއިރު އެޕަލް އިން ބުނީ މިއީ ކުރީގެ މައިރޮފޯންތަކަށް ވުރެ ތަރައްގީކޮށްފައިވާ އެއްޗެއް ކަމަށެވެ. އަލަށް ނެރުނު ފޯނުގެ ތަފާތު އެހެން ކަންކަމަށް ބަލާއިރު މުޅި ފޯނު ހަދާފައި ވަނީ ބިއްލޫރި އާއި އެލްމިނިއަމް ބޭނުންކޮށްގެންނެވެ. އަދި މި ނޫނަސް ސޮފްޓްވެއާގެ ތަފާތުތައް ވެސް ފޯނުގައި އެބަހުއްޓެވެ .އާ ފޯނު ތައާރަފްކުރުމުގެ އިވެންޓުގައި އެޕަލްގެ އޮފިޝަލުން ވިދާޅުވީ މި ފޯނަކީ އެޕަލް އިން އަދި ފޯނު އިންޑަސްޓްރީގެ އެހެން ބަޔަކު ވެސް ނުކުރާ ވަރުގެ ބޮޑު މަސައްކަތެއް ކަމަށެވެ. އައިފޯން 5 ގެ ހުންނަނީ ކަޅު ކުލަ އާއި ހުދު ކުލަ އެވެ. ޕްރީ އޯޑާ ފެށޭނީ އަންނަ ހުކުރު ދުވަހު އެވެ. އަދި މި މަހުގެ 21 އިން ފެށިގެން އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ފްރާންސް، ޖާމަނީ، އޮސްޓްރޭލިއާ، ޖަޕާން، ހޮންކޮންގް އަދި ސިންގަޕޫރުގެ ފިހާރަތަކުން ލިބޭނެ އެވެ.
iPhone 5
Height: 123.8 mm (4.87 inches)
Width: 58.6 mm (2.31 inches)
Depth: 7.6 mm (0.30 inches)
Weight: 112 grams (3.95 ounces)
Touchscreen: 4in
Pixel density: 326 per inch
Display: 1136x640 pixels
Services: 3G and superfast mobile 4G phone; music player; video player; internet browser; email.
Camera: Smaller, higher spec, faster shutter speed, panorama function. HD camera on front
Siri: Upgraded to allow spoken recommendations for films or restaurants. Possible to update Facebook status by voice command
Built in Apps: FaceTime video calls; video editing; Safari internet browser; email; Google maps replaced with Apple alternative including spoken directions; no YouTube as standard.
Processor: A6 chip said to be twice as quick as A5.
Internal Memory: 16GB; 32GB; or 64GB
Other Memory: Purchases stored in Apple’s iCloud servers
Battery: Standby up to 225 hours; Internet use up to 8 hours on 3G/4G; video playback up to 10 hours; audio playback up to 40 hours.
Operating System: Apple iOS 6
8 pin ‘lightning’ connector: to power sources and docking stations on speakers, radios and other devices. New adaptor will allow connections to existing 30 pin docking stations.
Prices: 16GB - $199; 32GB - $299; 64GB - $399

1 comment:

  1. Anonymous8:21 PM

    ވަރަށް ލޯބި ބުލޮގެއް! އިތުރު ލިޔުންތައްލާނެކަމަށް އުންމީދުކުރަން! ގުޑްލަކް ނަސީމް

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ