Saturday, September 01, 2012

ކޯނީގެ ރިޕޯޓް ވަރަށް އަވަހަށް ދިވެހި ބަހުން ނެރޭނެ: ރައީސް އޮފީސް

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓްގެ ދިވެހި ތަރުޖަމާ ވަރަށް އަވަހަށް ނެރުމައް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ މީޑިޔާ ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާގެ ގަރާރަކުން އުފެއްދި ކޮމިޝަން ރައީސް އުވާލެއްވި އިރު ކޯނީގެ ރިޕޯޓް ނެރުއްވާފައި ވަނީ އނިގިރޭސި ބަހުން ކަމަށާއި އެ ރިޕޯޓުގެ އަން އޮފިޝަލް ދިވެހި ތަރުޖަމާ ނެރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރާނެ ކަމަށެވެ
.
އަޅުގަނޑުމެން ކޯނީގެ ރިޕޯޓުގެ އަން އޮފިޝަލް ދިވެހި ތަރުޖަމާއެއް ވީހާ އަވަހަކަށް ވެސް ނެރެވޭތޯ މަސައްކަތްކުރަމުން މިދަނީ،" މަސްއޫދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރިޕޯޓް ތަރުޖަމާ ކުރުމުގެ މަސައްކަތް ނިންމުމަށް ފަހު ވަރަށް އަވަހަށް ނެރުއްވާނެ ކަމަށާއި ނަމަވެސް ތަރުޖަމާ ރިޕޯޓް ޝާއިއު ކުރަނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ.
ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ނެރުމާއި ގުޅިގެން ރައީސް ވަހީދު ވަނީ އެ ކޮމިޝަން އުވާލައްވަފަ އެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ ފެބްރުއަރީ ހަތްވަނަ ދުވަހު ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތަކުން ނޫން ކަމަށާއި ކޯނީ އިން ބެލި ބެލުމުންނާއި ހެކިތަކުންނާއި ހޯދި ހޯދުންތަކުން ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތައް ޖުމްލަކޮށް ހިނގާފައި ވަނީ ކުރީގެ ރައީސް ނަޝީދު ޢަމަލުކުރެއްވި ގޮތުން ކަމަށެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ