Tuesday, September 25, 2012

އިހަވަންދޫ ސިއްހީ މަރުކަޒުން ތަރުޖަމާނަކާއި ރިސެޕްޝަނިސްޓަކަށް އިޢްލާންކޮށްފި.



އިހަވަންދޫ ސިއްހީ މަރުކަޒުން ތަރުޖަމާނަކާއި ރިސެޕްޝަނިސްޓަކަށް އިޢްލާންކޮށްފިއެވެ. މިގޮތުން ތަރުޖަމާނެއްގެ މުސާރައިގެ ގޮތުގައި ވަނީ -/4465ރ އެވެ. އަދި ރިސެޕްޝަނިސްޓުގެ މަޤާމުގެ މުސާރައަކީ -/3565ރ އެވެ. މި ދެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިދެމަޤާމަށްވެސް ފޯމުހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 03 އޮކްޓޯބަރ 2012 ވާބުދަ ދުވަހުގެ 16:00 ގެ ކުރިން އިހަވަންދޫ ސިއްޙީ މަރުކަޒަށެވެ.
އަދި އެ މަޤާމުތަކަށް އެދިލައްވާފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭފޯމު، ރަސްމީގަޑީގައި އިހަވަންދޫ ސިއްހީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު އެ މަރުކަޒުގެ ނަންބަރު 6500501 އާ ރަސްމީ ގަޑީގައި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި އެމަރުކަޒުން ހާމަކުރައްވައެވެ.


0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ