Sunday, September 09, 2012

އިހަވަންދޫގައި ވޮލީ ކޭމްޕެއް ކުރިއަށް އެބަގެންދޭ

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާއި ގުޅިގެން އިހަވަންދޫގައި ވޮލީ ކޭމްޕެއް ކުރިއަށް އެބަދެއެވެ.
މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ފެށި މިކޭމްޕަކީ 44 ވަނަ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތް އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ޕޮލިސް ކުލަބުން އިސްނަގައިގެން އިހަވަންދޫގައި ވޮލީގެ ފޯރި އާލާކޮށް، މުބާރާތަށް ރަނގަޅު ފެންވަރުގެ ކުދިން ތައްޔާރު ކުރުމަށްޓަކައި ފެށި ކޭމްޕެކެވެ.
މިކޭމްޕް ފައްޓަވާދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު އެވެ. އަންހެން ފިރިހެން ވަކިން ކުރިއަށް ގެންދާ މިކޭމްޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޭމްޕްގައި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކަމާގުޅޭގޮތުން ތަޖުރިބާ ލިބިފައި ހުރި ފުލުހެއް ކަމުގައިވާ ޕޮލިސް ލާންސް ކޯޕްރަލް މައުމޫރު މުޙައްމަދު (މާއްޓޭ) އެވެ.
މިކޭމްޕަށް އިހަވަންދޫގެ ވޮލީއަށް ލޯބި ކުރާ ގިނައަދަދެއްގެ ފިރިހެން އަދި އަންހެން ކުދިންގެ ސަޕޯޓް ލިބެމުން ދެއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ