ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންއިން
އިންތިޒާމްކޮށްގެން މިރަށުގެ އަންހެނުންގެ މެދުގައި ޤާނޫނުތަކަށް
ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު
14:00 ން 16:00 ށް ކުރިއަށް ގެންދިޔަ މިޕްރޮގުރާމުގައި ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާފަރާތްތަކާއި މެދު
ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ޤާނޫނުގެ އިތުރުން އެއްގަމު
ދަތުރުފަތުރުގެ ޤާނޫނާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މިއީ އިހަވަންދޫގެ އަންހެނުންގެ މެދުގައި
ޤާނޫނުތަކަށް ހޭލުންތެރިކޮށް ޤާނޫނުން ލިބިދޭ ހައްޤުތައް ބުނެދިނުމާއެކު
އަންހެނުންނަކީ ދަރިން ތަރުބިއްޔަތުކުރުމުގައި އިސް ދައުރެއް އަދާކުރާ
ބަޔަކަށްވާތީ އެދަރިން ތަރުބިއްޔަތުކުރާއިރު ކޮންމެހެން އެނގެންޖެހޭ
މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހާމަކުރައްވައެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ