ސަން އޮންލައިން
ދުބާއީގައި ވިޔަފާރިކުރަމުންދާ އިންޑިއާގެ މުސްލިމް ވިޔަފާރިވެރިއަކު
ރާއްޖޭގެ ޒަކާތު ފަންޑަށް މަހަކު 10،000 ޑޮލަރު ހަދިޔާ ކުރުމަށް
ނިންމައިފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް
ކޮންފަރެންސެއްގައި ފީރޯޒު ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާ ވިދާޅުވީ
ޒަކާތު ފަންޑަށް މިވަގުތު ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާކުރަން
ނިންމެވި ނަމަވެސް ފަހުން އެ އަދަދު އިތުރުކުރައްވާނެ ކަމަށެވެ. އަދި
ޒަކާތު ފަންޑުގެ އިތުރުން ޚައިރާތު ފަންޑުތަކަށް ވެސް އެހީތެރިވާނެ ކަމަށް
އޭނާ ވިދާޅުވި އެވެ.
"ޒަކާތަކީ ހިލޭ ސާބަހަށް ކުރާ ހަދިޔާއެއް ނޫން. މިއީ އަޅުގަނޑުގެ
މައްޗަށް ލާޒިމްކުރާ ކަމެއް. ޒަކާތުގެ ފައިސާ އަކީ އެހީތެރިކަމަށް ބޭނުންވާ
މީހުންނަށް ދޭން ޖެހޭ އެއްޗެއް. ކޮންމެ މަހެއްގެ ފުރަތަމަ ހަފުތާގައި އެ
ފައިސާ ޖަމާކޮށްދޭނެ ކަމަށް އަޅުގަނޑު ވާނީ މިނިސްޓަރަށް ދަންނަވާފައި،"
ފީރޯޒު ވިދާޅުވި އެވެ.
ފީރޯޒު ވިދާޅުވި ގޮތުގައި ދުބާއީގައި އޭނާ ވިޔަފާރި ފެށީ މީގެ 23
އަހަރު ކުރިންނެވެ. އަދި މިހާރު ރާއްޖެ އަށް އޭނާ ވަޑައިގެން އުޅުއްވަނީ
ވިޔަފާރީގެ ފުރުސަތުތައް ބެއްލެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގެ ވިޔަފާރިވެރިއަކު ޒަކާތު ފަންޑަށް ދާއިމީކޮށް
އެހީތެރިވާން ނިންމެވިއިރު ދާދި ފަހުން އަލްޖީރިއާގެ ވިޔަފާރިވެރިއަކު ވަނީ
މިސްކިތު ފަންޑަށް ދެލައްކަ ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ