މިގޮތުން މި ޙަރަކާތުން
ޖުމްލަ -/36488.43ރ (ތިރީސް ހަހާސް ހަތަރު ސަތޭކަ އަށްޑިހަ އަށް ރުފިޔާ ސާޅީސް ތިން
ލާރި ލިބިފައި ވެއެވެ. އަދި މަސައްކަތު ދުވަހުން އެންމެ ގިނަ ރުފިޔާ ހޯދާފައިވަނީ
އިހަވަންދޫ ޕޮލިސް ސްޓޭޝަން އިން ނެވެ. މި ގްރޫޕަށް ލިބިފައިވަނީ -/6712.26ރ އެވެ.
އަދި -/6198.67ރ އާއެކު މަރުކަޒުގެ ފިރިހެން ގުރޫޕަށް 2 ވަނަ ލިބުނު އިރު 3 ވަނަ
ހޯދާފައިވަނީ -/5380ރ އާއެކު އިހަވަންދޫ ސްކޫލުގެ ފިރިހެން ގުރޫޕެވެ.
GROUP
|
PLACE
|
||
Engine Ge
|
2,637.00
|
7
|
|
Council
|
3,837.50
|
6
|
|
Anhenun com, PTA
|
2,371.00
|
8
|
|
Health Centre Firihen
|
6,198.67
|
2
|
|
Health Centre Anhen
|
5,062.00
|
4
|
|
Police
|
6,712.26
|
1
|
|
School Firihen
|
5,380.00
|
3
|
|
School Anhen
|
4,290.00
|
5
|
|
TOTAL
|
36,488.43
|
އަދި މީގެ އިތުރުން ޕޮލިހުންގެ
ފަރާތުން ތަމޯމީޓަރ ގަތުމަށް -/120 ރ އާއި މެދުމިން ފިހާރާއިގެ ފަރާތުން 10 ގަލަން
މަރުކަޒަށް ހަދިޔާ ކޮށްފައިވެއެވެ.
އިހަވަންދޫ ސިއްހީ މަރުކަޒުން
އިންތިޒާމްކުރި މި މަސައްކަތު ދުވަހުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެފައިވަނީ، މި މަރުކަޒުގެ އިތުރުން އިހަވަންދޫ
ޕޮލިސް ސްޓޭޝަން، އިހަވަންދޫ މަދަރުސާ، އިހަވަންދޫ ކައުންސިލް އިދާރާ، އިހަވަންދޫ އިންޖީނުގެ،
ޕީޓީއޭ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އިހަވަންދޫ މަސްވެރިންގެ
ގުޅުން، ކްލަބް ޕޯލްސްޓަރ، އަދި އާންމުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކުންނެވެ.
މިއީ އިހަވަންދޫ ސިއްޙީ މަރުކަޒަށް
އެހީ ހޯދުމަށް ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހެއް ކަމުގައި އިހަވަންދޫ ސިއްޙީ
މަރުކަޒުން ހާމަކުރެއްވިއެވެ.
މިއަދުގެ މި ބޮޑު
އިވެންޓުގައި އެ ހުރިހާ ފަރާތްތަކަކުން ވަރަށް ފުރިހަމަ އެއްބާރުލުމާއި
އެހީތެރިކައެއް ވެދެއްވާފައިވާތީ، މަސައްކަތު ދުވަސް ކުރިއަށް ގެންދިޔުމުގައި
ލިބިފައިވާ އެބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި މަސައްކަތު ދުވަހުގައި
ބައިވެރިވި ހުރިހާ ފަރާތްތަކަކަށް އިހަވަންދު ސިއްޙީ މަރުކަޒުން ވަނީ ވަރަށް
ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ޚާއްސަކޮށް އިހަވަންދޫގެ އެންމެހާ ލޮބުވެތި
ރައްޔިތުންގެ ފަރާތުން މިކަމަށް ދިން އެހީތެރިކަން އެމަރުކަޒުން ޚާއްސަގޮތެއްގައި
ފާހަގަކުރެއެވެ.
އަދި މީގެއިތުރުން މި
މަރުކަޒުގެ ޚިދުމަތް ކުރިމަގުގައިވެސް ރަނގަޅުކުރުމަށް އެކިއެކި ފަރާތްތަކުގެ
އެހީތެރިކަން އިހަވަންދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަމަށާއި ފައިސާގެ އެހީއާއި
ތަކެތީގެ އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ކޮންމެ ފަރާތަކަށްވެސް އެފުރުޞަތު
އޮތްކަމުގައި އެމަރުކަޒުން ހާމަކުރައްވައެވެ.
'' މި މަރުކަޒަށް މީގެ
ކުރިންވެސް އަދި މިއަދުވެސް ލިބުނު ފަދަ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުުން
އަބަދުވެސް ލިބުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް. ޚާއްސަކޮށް ހުރިހާ ސަރުކާރު މުއައްސަސާ ތަކާއި
ކުލަބު ޖަމިއްޔާ އަދި ކޮމެޓީތަކުން މިއަދުގެ މަސައްކަތުގައި ލިބުނު އެއްބާރުލުން
ވަރަށް ބޮޑަށް ފާހަގަ ކުރަން. އަދި އިހަވަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން
ދެއްވި އެހީތެރިކަން އަޅުގަނޑު ހަދާން ނައްތައެއް ނުލަން. އެހެންކަމުން ބައިވެރިވި
ހުރިހާ ފަރާތްތަކަކަށް މަރުކަޒުގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ''
މަސައްކަތު ދުވަހުގެ ޙަރަކާތާގުޅޭ ގޮތުން އެ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި
ޙުސައިން ފަޔާޟް ވިދާޅުވިއެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ