ކޮލަންބޯ އޮޕްޓިކަލްސްގެ ފަރާތުން
އިހަވަންދޫ ގެ ރައްޔިތުންނަށް ޚާއްސަކޮށްގެ އިހަވަންދޫ ސިއްޙީ މަރުކަޒުގައި މެއި
01 ން 02 އަށް އައިކޭމްޕެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގެ އެ
އޮޕްޓިކަލްސް އިން ހާމަކޮށްފިއެވެ.
މިގޮތުން އެކޭމްޕްގައި އޮޕްޓޯމެޓްރިސްޓެއްގެ
އެހީގައި ލޯ ޗެކްކުރުމާއި، ނަންބަރު އައިނު ހައްދައިދިނުމާއި، ކޮންޓެކްޓް ލެންސް
ލެއްވުމާއި، ހިލޭ ޑޮކްޓަރަށް ދެއްކުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.
އަދި މީގެ އިތުރުން އާސަންދައިގެ
ދަށުން -/500 ރ ގެ ޑިސްކައުންޓެއް އަދި ޚާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށްގެން
%15 ގެ ޑިސްކައުންޓެއް ވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިގޮތުން ލޮލުގެ ޑޮކްޓަރަށް
ދެއްކުމަށާއި އައިނު ނަންބަރު ނަގަން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން، އިހަވަންދޫ
ސިއްޙީ މަރުކަޒުގެ ނަންބަރު 6500501 އާ ގުޅުއްވައިގެން ނުވަތަ އެމަރުކަޒަށް ދުރުވެ
ނަންނޯޓްކުރެއްވުމަށް އެފަރާތުން އެދިލައްވައެވެ.
މި އައިކޭމްޕް ކުރިއަށްދާނީ މެއި
01 ން 02 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް
އިހަވަންދޫ ސިއްޙީ މަރުކަޒުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
ކޮލަންބޯ އޮޕްޓިކަލްސްގެ ނަންބަރު 7494703 އަށް ގުޅުއްވައިގެން ކުރިއަށް
ގެންދިޔުމަށް ކޮލަންބޯ އޮޕްޓިކަލްސްގެ ފަރާތުން އެދިލައްވައެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ