1434 ވަނަ އަހަރުގެ ރަމަޟާންމަހު އިހަވަންދޫ
ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްތައް ދޭންހަމަޖެހިފައިވާ ގަޑިތައް އެމަރުކަޒުން
ހާމަކުރައްވާފައިއެވެ.
މިގޮތުން ޑޮކްޓަރު ބަލިމީހުން ބައްލަވާނީ
ރަމަޟާންމަސް ނިމެންދެން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހުން
ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 9:00
އިން ރޭގަނޑު 11:00 އަށެވެ. އަދި ހަމައެއާއެކު، ހުކުރު ދުވަހު
ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށް އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00
އަށެވެ.
އެ މަރުކަޒުން ހާމަކުރެއްވި އޮތުގައި، ކުރިއަށް
އޮތީ ރަމަޟާންމަސް ކަމަށްވުމާއެކު، އެމަރުކަޒުން ދެމުންގެންދާ ހުރިހާ
ޚިދުމަތްތަކެއްވެސް ދެމުންގެންދާނީ އެހެން މަސްތަކުގައި ދެމުންގެންދިޔަ ވަރަށްވުރެ
މަދު ވަގުތު ކޮޅެއްގައެވެ.
'' އަޅުގަނޑުމެން ޑޮކްޓަރުންގެ ޑިޔުޓީ
ހަމަޖައްސާފައި އެވަނީ ރައްޔިތުންނަށް ވެސް އެގޮތަށް އޮތުމުން ފަސޭހަ ފުޅުވާނެ
ކަމަށް ފެންނާތީ. މި މަރުކަޒުގައި މިހާރު
މަސައްކަތްކުރަނީ އެއްމެ ޑޮކްޓަރެއް ކަމުން އަދި އެފަރާތަކީ ވެސް މުސްލިމް
ޑޮކްޓަރަކަށް ވާތީ އެފަރާތަށްވެސް ފަސޭހަ ވާނެ ގޮތަކަށް ޑިއުޓީތައް ރޭވުމަށް
ސަމާލުކަން ދީފައި އެވަނީ. މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ އެހީތެރިކަމާއި
އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. މިގޮތުން އާދައިގެ ކަންކަމުގައި ޑޮކްޓަރަށް
ދައްކަވަން ވަޑައިގަންނަވާނަމަ ޑޮކްޓަރ ޑިއުޓީގައި އިންނަވާގަޑިތައް އޮޅުން
ފިލުވުމަށްފަހު ވަޑައިގަތުން ފަދަ ކަންތައްތައް ކުރެވިދާނެ. އަދި ޑިއުޓީ ގަޑިތައް
އެގޮތަށް ހުރިކަމުގައި ވިޔަސް އެމަޖެންސީ ހާލަތްތަކުގައި ވީ އެއްމެ އަވަސް
ފުރުޞަތެއްގައި ޚިދުމަތް ދިނުމަށް މިހާރެކޭވެސް އެއްގޮތަށް މަސައްކަތް ކުރެވެމުން
ދާނެ.'' އިހަވަންދޫ ޑޮޓްކޮމްއަށް މަޢުލޫމާތު ދެއްވަމުން އެ މަރުކަޒު ހިންގުމާ
ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޔުނިޓީ ހެލްތް އޮފިސަރ ޙުސައިން ފަޔާޟް
ވިދާޅުވިއެވެ.
ޑޮކްޓަރ
ޑިއުޓީގައި އިންނެވިތޯ،
އެމަރުކަޒުގެ ފޯން ނަންބަރު 6500501 އަށް
ގުޅުއްވައިގެން ބެއްލެވޭނެ ކަމަށް އެމަރުކަޒުން މަޢުލޫމާތު ދެއްވައެވެ.
ޚިދުމަތުގެ ނަން
|
މުއްދަތު
|
ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑި
|
ޑޮކްޓަރަށް ދެއްކުން
|
ހޮނިހިރު ދުވަހުން
ބުރާސްފަތި ދުވަހަށް
|
ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް
|
ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށް
|
||
ހުކުރު ދުވަސް
|
ހެނދުނު 9:00 އިން ހެނދުނު 11:00 އަށް
|
|
ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށް
|
||
ލެބޯރެޓްރީ ޚިދުމަތް
|
ހޮނިހިރު ދުވަހުން
ބުރާސްފަތި ދުވަހަށް
|
ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް
|
ރޭގަނޑު 9:00 އިން ރޭގަނޑު 10:00 އަށް
|
||
ވެކްސިން ދިނުން
|
ޖުލައި 10 އަދި 25 ވަނަ ދުވަހު
|
ހެނދުނު 9:00 އިން މެންދުރު 12:00 އަށް
|
ބޭސް ދޫކުރުން
|
އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް
|
ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް
|
ކުޑަކުދިން ކިރުން
|
އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް
|
ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް
|
އަދި މިގޮތަށް
ޑޮކްޓަރުންގެ ޑިއުޓީ ހަމަޖެހިފައި ވީނަމަވެސް، އެމަޖެންސީ ޙާލަތެއް މެދުވެރިވެއްޖެ
ހިނދެއްގައި، ކޮންމެ ވަގުތަކުވެސް ޑޮކްޓަރުގެ ޚިދުމަތް ދެވޭނެވާހަކަ އެމަރުކަޒުން
ހާމަކުރައްވާފައި ވެއެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ