Sunday, August 26, 2012

ލިމިޓެއް ނެތި ގުޅާލެވޭ ދެ ޕެކޭޖެއް ވަތަނިއްޔާއިން ތައާރަފުކޮށްފި


ހަވީރު އޮންލައިން
ލިމިޓެއް ނެތި އެސްއެމްއެސް އާއި ކޯލް ކުރެވޭ ދެ ޕެކޭޖެއް ވަތަނިއްޔާއިން މިއަދު ތައާރަފުކޮށްފި އެވެ.
"ލިވް އަންލިމިޓެޑު" ގެ ނަމުގައި ވަތަނިއްޔާއިން މިއަދު ތައާރަފު ކުރި މި އެޑްއޯންސް ނުވަތަ ޕެކޭޖުތަކުގައި ހިމެނެނީ 299ރ ގެ ޕެކޭޖަކާއި 399ރ. ގެ ޕެކޭޖެކެވެ.
މި ޕެކޭޖުގައި ހިމެނޭ 299ރ. ޕެކޭޖުގެ މަހުފީއަކީ 299ރ. އެވެ. އަދި މި ޕެކޭޖު ނަގާ ފަރާތްތަކުން 299ރ. އަށް މަސް ނިމެންދެން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ވެސް އިތުރު ޗާޖެއް ނެތި ގުޅާލެވެ އެވެ. އަދި އަންލިމިޓެޑު 399ރ. ގެ ޕެކޭޖު ނަގާ ފަރާތްތަކުން 399ރ. މަހުފީގެ ގޮތުގައި ދައްކައިގެން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ގުޅުމުގެ އިތުރުން އެސްއެމްއެސް ވެސް ކުރެވެ އެވެ. އަދި މި ޕެކޭޖު ނަގާ ފަރާތްތަކަށް ވަތަނިއްޔާ ނޫން އެހެން ނެޓްވޯކްތަކަށް ކޯލްކުރުމަށް ޗާޖުކުރަނީ 55ލ. އެވެ.
މި ޕެކޭޖާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީނިއަ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ، އަހުމަދު ޒަރީރު ވިދާޅުވީ މި ޕެކޭޖުތަކުގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ލިމިޓެއް ނެތި ކޮންމެ މީހަކަށް ވެސް ގުޅާލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ފޯން ކޯލް ކުރެވޭ މީހުންގެ އަދަދު ލިމިޓް ކުރާކަން. ކުރިން ހިލޭ ގުޅޭ ކޮންމެ ނަމްބަރަކަށް ވެސް ލިމިޓެއް އޮވޭ. ނަމަވެސް މީގެ ސަބަބުން އެ ލިމިޓު ވެސް އުވިގެން އެ ދިޔައީ،" ޒަރީރު ވިދާޅުވި އެވެ.
ވަތަނިއްޔާއިން ތައާރަފުކޮށްފައިވާ މި ޕެކޭޖު އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ މި ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އެ ކުންފުނީގެ "ލިވް އަންލިމިޓެޑު" ރީޗާޖާއި "ލިވް އަންލިމިޓެޑު" ރާސްޓަސްގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. އަދި ރާސްޓަސް ގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުން މި ޕެކޭޖުގައި ހިމެނޭ އަދަދަކަށް ރާސްޓަސް ކުރުމުން އެ ޕެކޭޖު އޮޓަމެޓިކުން އެކްޓިވޭޓް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ މި ޕެކޭޖުތައް 399 އާއި 299 ޖެހުމަށް ފަހު 111 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.
ވަތަނިއްޔާއިން ބުނީ އެ ކުންފުނިން ތައާރަފު ކުރި މި އާ ޕެކޭޖާ ބެހޭ މައުލޫމާތު ދިނުމަށް ވަރަށް ހާއްސަ ހަފުލާއެއް މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.

1 comment:

މި ލިޔުމަށް ޚިޔާލު ފޮނުއްވާ