ސާޅީސް ހަތަރުވަނަ ޤައުމީ އަންހެނުންގެ ވޮލީ މުބާރާތުގެ ތަށި ޖެހިޖެހިގެން ހަވަނަފަހަރު ޕޮލިސްޓީމުން އުފުލާލަނީ |
ހއ. އިހަވަންދޫގައި މިއަދުނިމިގެން ދިޔަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަނުގެ ފައިނަލް
މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި އެކު ކުޅެ 3 ސެޓު 2 ސެޓުން މެޗް
ކާމިޔާބުކޮށްގެން ޕޮލިސްކުލަބު މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިއަދު ހަވީރު އިހަވަންދޫ
ހުރަވީ ދަނޑުގައި ކުރިއަށް ދިޔަ މިމެޗްގައި ފުރަތަމަ ސެޓު ވަރަށް
ފަސޭހަކަމާއި އެކު 25-15 އިން ޕޮލިސް ކުލަބު ގެންދިޔަ ނަމަވެސް އިމަގު ޓީމުން
އައު ހިތްވަރަކާއި އެކު ދެވަނަ ސެޓަށް އަރައި އެސެޓު ކާމިޔާބު ކުރިއެވެ.
އަބަދުވެސް 4 ނުވަތަ 5 ޕޮއިންޓު ކުރީގައި އޮވެގެން ދެވަނަ ސެޓު އިމަގުން
ގެންގޮސްފައި ވަނީ 25-14 އިން ނެވެ. ޕޮލިސް ޓީމު ދެވަނަ ސެޓުގައި
ކުޅެފައިވަނީ ވަރަށް ޕުރެޝަރުގަކަން ފާހަގަ ކުރެވެއެވެ.
މުބާރާތުގައި އެންމެ ޝަރަފުވެރި ވަނަތައް ލިބުނު ފަރާތްތައް |
44ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ވަނަތައް
މުބާރާތުގެ ފެއަރ ޕުލޭޓީމް
|
ޕޯލސްޓަރ
|
އެންމެ މޮޅު ކޯޗް
|
މުޙައްމަދު ނަދީމް. ޕޮލިސްކުލަބު
|
އުންމީދީ ކުޅުންތެރިޔާ
|
އައިޝަތު ލުބުނާ. އިމަގު ޖ. 5
|
21 އަހަރުން
ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ
|
އައިޝަތު މާޖިދާ. އިމަގު ޖ.10
|
ފެއަރޕުލޭ ކުޅުންތެރިޔާ
|
ފާތިމަތު ސަމާހު. މުރައިދޫ
އެކުވެރިންގެ ރޫހު. ޖ. 17
|
އެންމެ މޮޅު ކުޅުންތެރިޔާ
|
އަބުރަހަމް މިނިމޯލް.
ޕޮލިސްކުލަބު ޖ. 5
|
އެންމެ މޮޅު ލިބަރޯ
|
މުއީނާ ހަސަން. ޕޮލިސް ކުލަބު
ޖ.11
|
އެންމެ މޮޅު ބުލޮކަރ
|
ލީލާ ހަމީދު. ޕޮލިސް ކުލަބު. ޖ.9
|
އެންމެ މޮޅު ޑިގަރ
|
އެރިކާ އެންޑަރސަން. ޕޯލސްޓަރ.
ޖ. 12
|
އެންމެ މޮޅު ސްޕައިކަރ
|
ތަރުއާ އަންނިކާ. އިމަގު ޖ. 13
|
އެންމެ މޮޅު ސެޓަރ
|
ސުހާނާ އަހުމަދު. ޕޮލިސް ކުލަބު
ޖ.10
|
އެންމެ މޮޅު ސާރވަރ
|
ނަސްރާ އިބުރާހިމް. ޕޯލްސްޓަރ ޖ.
4
|
3 ވަނަ
ޓީމް
|
ކުލަބު ޕޯލްސްޓަރ
|
2 ވަނަ
ޓީމް
|
އިހަވަންދޫ މަސްވެރިންގެ ގުޅުން
(އިމަގު)
|
ޗެމްޕިއަން ޓީމް
|
ޕޮލިސް ކުލަބު
|
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ