މިހާރު ހއ. އިހަވަންދޫގައި ކުރިއަށްދާ 44
ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ ފައިނަލުން ޕޮލިސް ކުލަބު ޖާގަ
ހޯދައި މިމުބާރާތް 6 ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު
ކޮށްފިއެވެ.
ޕޮލިސް ކުލަބުން ފައިނަލުން ޖާގަ
ހޯދާފައިވަނީ މިއަދު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އިހަވަންދޫ
މަސްވެރިންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިިޔާބުކޮށްގެންނެވެ. މި
މެޗުގެ ފުރަތަމަ ސެޓް
ޕޮލިސް ކުލަބުން ކާމިިޔާބުކޮށްފައިވަނީ 25-17
އިންނެވެ. ދެވަނަ 25-8 ން ޕޮލިސް ކުލަބު ކާމިޔާބުކުރިނަމަވެސް އިހަވަންދޫ
މަސްވެރިންގެ ގުޅުމުން ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ 3 ވަނަ ސެޓް
ކާމިޔާބުކޮށްފައެވެ. މި ސެޓް އެޓީމުން ކާމިޔާބުކުރީ 21-25 ންނެވެ. މެޗުގެ 4
ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ފޯރިގަދަ
ކުޅުމަކަށްފަހު 25-21 ންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ އިންޑިއާ ކުޅުންތެރިއާ އަބްރަހަމް މިނިމޯލްއެވެ.
މިމުބާރާތުގެ ފައިނަލުގެ އަނެއް ޖާގަ
ލިބިގެންދާނީ ދެވަނަ ސެމީ ފައިނަލް ގައި މުރައިދޫ އެކުވެރިންގެ
ޖަމްޢިއްޔާއާއި އިހަވަންދޫ ޕޯލްސްޓަރ މިރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި
ފުރަތަމަ ސެމީން ބަލިވި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ވާދަކޮށް މޮޅުވާ
ޓީމަކަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި
ޑިސެމްބަރު މަހުގެ 13 ވާ ބުރާސްފަތި ދުވަހުއެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ