ސަން.އެމްވީ
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން
ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ
ގަވާއިދަށް އާއަހަރު ފެށުމާއެކު އަމަލުކުރަން ފެށުމުން އެގަވާއިދުގައި ބުނެފައިވާ
ގޮތުން މާދަމާއިން ފެށިގެން ބޭނުންހާތާކު ސިގިރޭޓެއް ނުބޮވޭނެ އެވެ.
ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް
ޑިޒީސް ކޮންޓްރޯލް ޔުނިޓްގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު މީގެ ކުރިން ވިދާޅުވީ
މާދަމާއިންފެށިގެން އެއެގަވާއިދަށް އަމަލުނުކުރަންފަށައިރު ގަވައިދަށް
އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"ބައެއް ފަރާތްތަކުން އެގަވާއިދު ނުބައިކޮށް އެބަ މާނަކުރޭ، މިސާލަކަށް މަގުމަތީ ދުންފަތުގެ އިސްތިއުމާލް ނުކުރެވޭނޭ ކިޔައިގެން ނަމަވެސް މަގުމަތީގައިވެސް އެގަވާއިދުގެ ދަށުން ސިނގިރޭޓްބޮވޭ،" ހަސަން ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެގަވާއިދަކީ ވަކިފަރާތަކަށް އުނދަގޫ ނުވާނެ ފަދައިން ހުރިހާ އެންމެންގެ ފައިދާއަށް ހެދިފައިވާ ގަވާއިދެއް ކަމަށެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ގަވާއިދުގެ ދަށުން ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓާއި ޕާކުތަކާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ހިންގާ އިމާރާތްތަކާއި މިނިވަން މުއައްސަސާތަކުގެ އޮފީސްތަކާއި އާއްމުކޮށް މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާވާނެ އެވެ. އަދި މުސްކުޅިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގާ ތަންތަނުގައި ދުންފަތުގެ ބޭނުމެއް ނުކުރެވޭނެ އެވެ.
ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ވަކި ތަނެއް ކަނޑައަޅައި އެކަމަށް ހެލްތު މިނިސްޓްރީން ހުއްދައެއް ނަގަން ޖެހެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރެވޭ ތަންތަން ވަކިން އެގޭނެ ފަދައިން ލިޔުމެއް ބަހައްޓަންޖެހެ އެވެ. ފެރީ އުޅަނދުތަކާއި ފެރީ ޓާމިނަލްތައް އަދި އާއްމުކޮށް މީހުން އަރުވައިގެން ދަތުރުކުރާ އުޅަނދުތަކާއި ހިދުމަތް ހޯދުމަށް މީހުން އާންމުކޮށް ކިއު ހަދައިގެން މަޑުކޮށްގެން ތިބޭ ތަންތަނުގައި ވެސް ދުންފަތް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި އެގަވާއިދަށް އަމަލުނުކޮށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރާނަމަ އަދަބުދޭނެ އެވެ. އެގޮތުން އެލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ފަރާތެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އެ އަމަލު ކޮށްފި ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާމެދު އެފަދަ އަދަބުތަކެއް ދިނުމަށް ނިންމާފައިވާއިރު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ.

0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ