Tuesday, December 18, 2012

ޝޮޕް މޯރ އޮޕްޓިކަލްސްގެ އައިކޭމްޕެއް އިހަވަންދޫގައި





ސްރީލަންކާގެ އައިކްލިނިކެއް ކަމުގައިވާ [ޝޮޕްމޯ އޮޕްޓިކަލްސް] އިން މިމަހު 19 އިން 20 އަށް އިހަވަންދޫ ސިއްޙީ މަރުކަޒުގައި އައިކޭމްޕެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެ އޮޕްޓިކަލްސްގެ ފަރާތުން މައުލޫމާތު ދެއްވާފައިވާގޮތުގައި އެ ކުލިނިކުން ލޮލުގެ ނަންބަރު ހިލޭ ނަގައިދިނުމާއި، އައިނު ހައްދައިދިނުމާއި، ދުނިގަނޑު ބަދަލުކޮށްދިނުމާއި އަދި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދޭނެއެވެ.

އެ ކުލިނިކުގައި ބަލިމީހުން ބައްލަވާނީ ޑިސެމްބަރު 19 އަދި 20 މި ދެދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މިކްލިނިކަށް ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ޑޮކްޓަރުން މަރުކަޒުގައި ބައްލަވާ ގަޑިތަކުގައި މަރުކަޒަށް ދުރުވެ ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ސޮޕް މޯރ އޮޕްޓިކަލްސްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ