Sunday, September 30, 2012

ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތް

ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ.
ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ. ކަނޑައެޅިގެން އެއާއިމެދު އިންކާރުކޮށް ދޮގުކޮށްފިމީހާ މިއްލަތުން ބޭރުވެއެވެ. ކުޅަދާނަކަން ލިބިގެންވާމީހާ، ވީހާވެސް އަވަހަކަށް ޙައްޖުވުމަކީ މުސްތަޙައްބު ކަމެކެވެ.

Tuesday, September 25, 2012

އިހަވަންދޫ ސިއްހީ މަރުކަޒުން ތަރުޖަމާނަކާއި ރިސެޕްޝަނިސްޓަކަށް އިޢްލާންކޮށްފި.



އިހަވަންދޫ ސިއްހީ މަރުކަޒުން ތަރުޖަމާނަކާއި ރިސެޕްޝަނިސްޓަކަށް އިޢްލާންކޮށްފިއެވެ. މިގޮތުން ތަރުޖަމާނެއްގެ މުސާރައިގެ ގޮތުގައި ވަނީ -/4465ރ އެވެ. އަދި ރިސެޕްޝަނިސްޓުގެ މަޤާމުގެ މުސާރައަކީ -/3565ރ އެވެ. މި ދެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިދެމަޤާމަށްވެސް ފޯމުހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 03 އޮކްޓޯބަރ 2012 ވާބުދަ ދުވަހުގެ 16:00 ގެ ކުރިން އިހަވަންދޫ ސިއްޙީ މަރުކަޒަށެވެ.

Monday, September 24, 2012

މަޖިލިސް ހުއްޓުވާނެ ގާނޫނީ ބަހަނާއެއް ނެތް!

ސަން.އެމްވީ
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުމަކަށް ދިޔަ ހިސާބުން ފެށިގެން ދައުލަތް ހިންގުމުފެ މެޝިނަށް ވަނީ ބޮޑެތި ލޮޅުން އަރައިފަ އެވެ. މެޝިނުގައި ތިން ބާރުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރީ އަބަދުވެސް އެންމެ ހަމަނުޖެހުމެއްގެ ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. ސިޔާސީ ބޮޑު ހަލަބޮލި ކަމާއެކު ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން މިއަހަރު ތެރޭގައި ބިނާ ކުރަނިވި އެއްވެސް މަސައްކަތްތަކެއް ކުރެވިފައި ވެއެކޭ ދެންނެވޭކަށް ނެތެވެ. ސްޓެބިލިޓީއެއް ނެތި ދިއުމުގެ ސަބަބުން މަޖިލީސް ކުރިޔަށް ދިއުމުގެ މާހައުލު "ހަކާލުކޮށްލުމަށްފަހު" މިހާރު ވެސް މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

Friday, September 21, 2012

ފުލްކްރީމް ޗޮކްލެޓް ޕުޑިން

ބޭނުން ވާނެ ތަކެތި
1 ފުލް ކުރީމް މިލްކް ޕެކެޓް ( ބޮޑު)
1 ޗޮކުލެޓު (ހުސް ޗޮކެލެޓު) ގާނާފައި
2 ސައި ސަމުސާ ބަޓަރު
2 މޭޒު މަތީ ސަމުސާ ކޯންފުލޯ
1 ޕެކެޓު މާރީ ބިސްކޯދު
1 ދަޅު ގެރިކިރު
2 ބިސް

Thursday, September 20, 2012

އަސްލަމަށް ވަޒީފާދިނުމަށް ޓްރައިބިޔުނަލުން އަމުރު ކޮށްފި

އިހަވަންދޫ.ކޮމް
ވަޒީފާއިން ވަކިކޮށްފައިވާ އިހަވަންދޫ ސިއްޙީ މަރުކަޒުގައި އެމްބިޔުލަންސް ޑްރައިވެރެއްގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ، އަސްދޫ / މުޙައްމަދު އަސްލަމަށް އަނބުރާ ވަޒީފާ ދިނުމަށް އަޕާރ ނޯތު ހެލް ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

Wednesday, September 19, 2012

ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ހެދި ފިލްމުގެ ހަޤީޤީ ބޭނުމަކީ ކޮބާ

އަލްއަޚް އަޙްމަދު ޢަލީ / ރާއްޖެ އިސްލާމް
އިސްލާމްދީނަށާއި އަދި ކީރިތި ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކުރުމަކީ އިސްލާމްދީނުގެ ޢަދުއްވުން އަބަދުވެސް ކުރަމުންދާކަމެކެވެ. އިސްލާމް ދީން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ކެޑިނޭޅި ކުރަމުންދާކަމެކެވެ. އެހެންކަމަށްވާނަމަ އެއްވެސް ފެންވަރެއްނެތް ތާކުންތާކު ނުޖެހޭ މިފިލްމްގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހަމައެކަނި ބޭނުމަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުންހެއްޔެވެ؟

އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ؟

އަބްދުއްލަތީފް / މިއަދުނޫސް
20 ޑިސެމްބަރ، 2009
އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ ކަމާމެދު ގިނަ ބަޔަކު ސުވާލު ކުރެއެވެ. އެއީ މައިން ބަފައިންގެ ރުހުން ލިބިގެން ކުރާ ކައިވެނިތޯ ނުވަތަ ދެ މީހަކު ލޯބިވެގެން ލޯބީގެ ހައްޤުގައި ކުރާ ކައިވެނި ކަމާމެދު ވަރަށް ގިނަ ބަހުސްތައް ކުރެވެއެވެ.
އިންސާނީ ހައްޤުތަކަށް އަޑުއުފުލާ މީހުން ކަމަށް ބުނާ މީހުން ބުނާ ގޮތުގައި ކައިވެނި ކުރަން ވުމުން އަންބަކު ނުވަތަ ފިރިޔަކު އިޚްތިޔާރު ކުރުމުގެ ހައްޤަކީ ކައިވެނިކުރާ ދެމަފިރިންނަށް ލިބިގެންވާ ހައްޤެކެވެ. އެކަމަށް އިތުރު އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވުމަކީ ކުރެވިގެން ވާނެކަމެއް ނޫނެވެ.

Monday, September 17, 2012

ރަސޫލާ އަށް ފުރައްސާރަކުރާ ފިލްމްގެ ޓްރެއިލާ ރާއްޖެ އަށް ނުފެންނަ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި


ސަން އޮންލައިން
ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަވާ ގޮތަށް އެމެރިކާގެ ޔަހޫންދީންތަކެއް އުފައްދާފައިވާ ފިލްމްގެ ޓްރެއިލާ ރާއްޖެ އަށް ނުފެންނަ ގޮތަށް ހެދުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޮލްޑިވްސް އިން ފަށައިފި އެވެ .އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލިޔާސް އަހުމަދު މިއަދު ވިދާޅުވީ ޔޫޓިއުބަށް ލާފައިވާ އެފިލްމްގެ ޓްރެއިލާ ނުފެންނަ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔޫޓިއުބަށް ލާފައިވާ ވަކިވަކި ވީޑިއޯއެއް ނެގުމަކީ އުނދަގޫ ކަމަކަށްވާ އިރު އެވީޑިއޯތައް ހަމައެކަނި ރާއްޖެ އަށް ނުފެންނަ ގޮތެއް އޮތްތޯ ބެލުމަށް ޔޫޓިބުގެ ވެރިފަރާތް ކަމުގައިވާ ގޫގުލްސްއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ

Saturday, September 15, 2012

އިހަވަންދޫ ޕޮލިސްއިން އަންހެނުންނަށް އަމާޒުކޮށްގެން ޤާނޫނު ތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން މިރަށުގެ އަންހެނުންގެ މެދުގައި ޤާނޫނުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު 14:00 ން 16:00 ށް ކުރިއަށް ގެންދިޔަ މިޕްރޮގުރާމުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާފަރާތްތަކާއި މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ޤާނޫނުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

Thursday, September 13, 2012

އައިފޯން 5 ދައްކާލައިފި

މުޅި ދުނިޔެ އިންތިޒާރުކުރަމުން ދިޔަ، އެޕަލްގެ އައިފޯން 5 މިއަދު އާންމުކޮށް ދައްކާލައިފި އެވެ.
ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް، އެޕަލްގެ އާ ފޯނަށް "އައިފޯން5" ގެ ނަން ދީފައި ވާއިރު މީގެ ކުރިން ނެރުނު އައިފޯން 4އެސްއާ މި ފޯނާ ޑިޒައިންގެ ގޮތުން އެހާ ތަފާތެއް ނޫނެވެ. ނަމަވެސް ހަތަރު އިންޗީގެ ސްކްރީނަކާ އެކު ފޯނު ވަނީ ހިމަ ދިގުކޮށް، އެކަމަކު ކުރީގެ ފޯނުތަކަށް ވުރެ ތުނިކޮށެވެ. އެޕަލް އިން ބުނީ ފޯނުގެ ސައިޒާއި ސްކްރީން ސައިޒް މިހާރު ހުންނާނީ އަތަށް ފަސޭހަކޮށް، އަދި އީމެއިލް ޗެކްކޮށް ފޮނުވާލާ ހަދަން ފަސޭހަ ވަރަކަށް ކަމަށެވެ. އައިފޯން 4އެސްގެ ސްކްރީން ސައިޒަކީ 3.5 އިންޗި އެވެ.

Wednesday, September 12, 2012

ގއ. ކޫއްޑޫ އެއަރޕޯޓް ރަސްމީގޮތުން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކޭ.އެޗް.އޭ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާހު އަދި ބޮނަވިސްޓާ ކުންފުނީގެ ޗެއަރމަން މިސްޓަރ ހެންރީ އެންގޯ، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،

Tuesday, September 11, 2012

ބަޣާވާތް




ބަޣާވާތަކީ، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ. ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްފަރާތް މަގާމުން ދުރުކޮށް އެހެން މީހަކު ނުވަތަ ބަޔަކު ވެރިކަމަށް އައުމަށް ނުވަތަ ގެނައުމަށް މަސައްކަތް ކުރުމެވެ. ނުވަތަ މި ބޭނުމަށް ހިންގޭ ހަރަކާތްތަކެވެ. މި ކަމުގައި ކާމިޔާބު ވިޔަސް ނުވަތަ ނުވިޔަސް އެއީ ބަޣާވާތެކެވެ. ގިނަ ފަހަރަށް ބަޣާވާތް ހިންގާފައި ހުންނަނީ ސިފައިންގެ ނުވަތަ ކުލީ ސިފައިންގެ ބައިވެރި ވުމާ އެކުގައި ކަމަށް ވިޔަސް ފުލުހުން ނުވަތަ އާއްމު ރައްޔިތުން ބެ ބަޔަކު ވެސް ބަޣާވާތް ހިންގާފާނެއެވެ.

Sunday, September 09, 2012

އިހަވަންދޫގައި ވޮލީ ކޭމްޕެއް ކުރިއަށް އެބަގެންދޭ

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާއި ގުޅިގެން އިހަވަންދޫގައި ވޮލީ ކޭމްޕެއް ކުރިއަށް އެބަދެއެވެ.
މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ފެށި މިކޭމްޕަކީ 44 ވަނަ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތް އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ޕޮލިސް ކުލަބުން އިސްނަގައިގެން އިހަވަންދޫގައި ވޮލީގެ ފޯރި އާލާކޮށް، މުބާރާތަށް ރަނގަޅު ފެންވަރުގެ ކުދިން ތައްޔާރު ކުރުމަށްޓަކައި ފެށި ކޭމްޕެކެވެ.

ސްވިޑުންގައި ނޫޓު ބޭނުން ކުުރުން ހުއްޓާލަނީ!

ސަން
މޯބައިލްފޯނާއި އިންޓަނެޓް ބޭންކިން ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، ސްވިޑުން މީހުން ވެފައި ވަނީ ދުނިޔޭގައި އެންމެ ގިނައިން އަދި އެންމެ ރަނގަޅަށް ޓެކްނިލޮޖީގެ ބޭނުންކުރާ މީހުން ކަމަށެވެ.
ޔޫރަޕްގައި އެންމެ ފުރަތަމަ ފައިސާ ނުވަތަ ނޫޓް ތައާރަފް ކުރި ގައުމަކީ ވެސް ސްވިޑުން އެވެ. އެގޮތުން މީލާދީން 1661 ވަނަ އަހަރު އެ ގައުމުގައި ނޫޓް ބޭނުންކުރަން ފެށި އެވެ. ނަމަވެސް އޭރު ތައާރަފް ކުރި ފައިސާގެ ކަރުދާސްތަކުން ސަލާމަތް ވުމުގެ މަގުގައި އެގައުމު މިހާރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގައި އުފެއްދުނު ދިވެހި އަދީބުންގެ ތެރެއިން ލާމަސީލު އަދީބެކެވެ. މުޙައްމަދު އަމީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޙިޖުރައިން 1328 ވަނަ އަހަރު ރަޖަބުމަހުގެ 13 ވީ ބުރާސްފަތި (20 ޖުލައި 1910މ) ދުވަހުއެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ސުމުއްވުލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނެވެ. މަންމާފުޅަކީ ރޯނުގޭ ޢާއިޝާދީދީ އެވެ. ތަނަކީ މާލޭ އަތިރީގެއާގެއެވެ.
އަލް އަމީރު މުޙައްމަދު އަމީންދީދީއަކީ ދިވެހިރާއްޖޭގެ ރަސްމަތިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އާދެ! ހުރަވީ ދަރިކޮޅުގެ ބޭފުޅެކެވެ. އެއީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ޢަލީ ބޮޑުމުރީދުތަކުރުފާނުގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ (ދޮން އަޙްމަދު) ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

Thursday, September 06, 2012

ވިޔަފާރި ވެރިޔަކު ޒަކާތު ފަންޑަށް ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާ ކުރަން ނިންމައިފި

ސަން އޮންލައިން
ދުބާއީގައި ވިޔަފާރިކުރަމުންދާ އިންޑިއާގެ މުސްލިމް ވިޔަފާރިވެރިއަކު ރާއްޖޭގެ ޒަކާތު ފަންޑަށް މަހަކު 10،000 ޑޮލަރު ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފީރޯޒު ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާ ވިދާޅުވީ ޒަކާތު ފަންޑަށް މިވަގުތު ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާކުރަން ނިންމެވި ނަމަވެސް ފަހުން އެ އަދަދު އިތުރުކުރައްވާނެ ކަމަށެވެ. އަދި ޒަކާތު ފަންޑުގެ އިތުރުން ޚައިރާތު ފަންޑުތަކަށް ވެސް އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Monday, September 03, 2012

އިހަވަންދޫގެ ބަނދަރު – ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ނިމޭނެކަމުގައި ސައިޓުން ހާމަކޮށްފި.







އިހަވަންދޫ ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ބަނދަރުގެ މަސައްކަތް އެކީ ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައި އިހަވަންދޫ ބަނދަރުހެދުމާއި ހަވާލުވެ ހުންނެވި ފަރާތުން ހަމާކޮށްފިއެވެ.

Sunday, September 02, 2012

ތިޔަ ބޮނީ ކޮންއެއްޗެއްކަން އެނގޭ ހެއްޔެވެ؟

ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންނަށް ލިބޭ ގެއްލުމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑުގެ ވަކިވަކި ހުރިހާ ގުނަވަންތައް މުޅިންހެން ހަލާކުވެއެވެ. ޤައުމަށާއި ތިމާގެ ޢާއިލާއަށް، އަނބި ދަރިންނަށް ޚިދުމަތެއް ކޮށްނުދެވި، ލިބޭހާ ފައިސާއެއް މުޅިންހެން އެކަމަށް ޚަރަދުކުރަން ޖެހި، އެބައިމީހުން ބިކަވެ ހާލުގައި ޖެހެއެވެ. މިއީ މި ވަބާގައި ދުނިޔޭން ނިމިގެންދާ މީހުންގެ ވާހަކަތައް އަޑުއިވި، އެ ހިތިކަން ތަޖުރިބާކުރި މީހުންގެ ކައިރީ އެހީތެރިއަކަށް އުޅުނު މީހުންނަށާއި އެނޫން މީހުންނަށް ވެސް އެނގޭނެ ތެދު ހަޤީޤީ ވާހަކައެކެވެ.

ތޮޅިމިރުސް އިންދާ ބަލަހައްޓާނޭގޮތް





ތޮޅިމިރުހަކީ ޒަމާނުންސުރެން ރާއްޖޭގެ ދަނޑުވެރިން ހައްދަމުން އަންނަބާވަތެކެވެ. އެވޭލާ ޒަމާނުގެ ދަނޑުވެރިން ގެ ފަރާތުން މައުލޫތު ލިބިފައިވާ ގޮތުން އެދުވަސްވަރު ތޮޅިމިރުސް ހައްދައިގެން ހިއްކާފައި ވެއެވެ. ނަމަވެސް މިޒަމާނުގެ ދަނޑުވެރިން މިވަރަށް މިމަސައްކަތެއް ނުކުރެއެވެ.
މުޑުވަށް ކުރުން : ތޮޅިމިރުސް ހެއްދުމަށް މުޑުވަކެއް ހިޔާރުކުރާއިރު ބަލިތަށް ދުރު ގިނައިންއަޅާ މުޑުވަކެއް ހިޔާރުކުރުން ވަރަށް މުހިއްމެވެ. މިގޮތުން ނޮންޔޫގެ ގޯލްޑަންހީޓް، ޗިއާޓައިގެ 713  މި ދެވައްތަރަކީ ރާއްޖެއާ ގުޅޭ ހައްދާލަށް ފަސޭހަ ގިނައިން އަޅާ ދެވައްތަރުކަމަށް ފާހަގަ ކުރެވެއެވެ.
 މުޑުވަށްފޮށިގަނޑު އުފުލާގެންގުޅެން ފަސޭވަރަށް 4އިންޗި ފުންކޮށް ތައްޔާރުކުރާށެވެ. އަދި  ފުލުގައި އެކަށިގެން ވާވަރަށް ލޯވަޅު އަޅަންވާނެއެވެ. އެއަންފަހު ފޮށިގަނޑު ނުފުރި 1އިންޗި ހުންނަވަރަށް ކާދު އެއްކުރިފަސްއަޅާށެވެ.

ކުއްލި ޚަބަރު - ސަރުކާރުގައި ބައިވެރިވާން އެމްޑީޕީން ހުށަހަޅައިފި

ހަވީރު އޮންލައިން
ސަރުކާރުގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ. މި ގޮތަށް އެ ޕާޓީން ހުށަހެޅީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ލީޑާސް ޑައިލޮގްގަ އެވެ.
ވެލާނާ ބިލްޑިންގްގެ ދެވަނަ ބުރީގައި ބޭއްވި މަޝްވަރާތަކަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އެ މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ގޮތަށް ހުށަހެޅުއްވީ ކޯނީގެ ރިޕޯޓަށް ބަލާއިރު ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށްވާ ނަމަ މިހާރު އޮތީ އެ ޕާޓީގެ ސަރުކާރަކަށް ވާތީ ކަމަށެވެ.

Saturday, September 01, 2012

ޑެންގޫ ހުން (ދެވަނަ ބައި)

ޑެންގީ ވައިރަސް

ޑެންގީ ވައިރަސް އަކީ ފްލެވިވިރިޑޭ ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.
ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ޕްރައިމަރީ ޑެންގީ އިންފެކްޝަން އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ ސެކަންޑަރީ ޑެންގީ އިންފެކްޝަން އެވެ.

ކޯނީގެ ރިޕޯޓް ވަރަށް އަވަހަށް ދިވެހި ބަހުން ނެރޭނެ: ރައީސް އޮފީސް

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓްގެ ދިވެހި ތަރުޖަމާ ވަރަށް އަވަހަށް ނެރުމައް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ މީޑިޔާ ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާގެ ގަރާރަކުން އުފެއްދި ކޮމިޝަން ރައީސް އުވާލެއްވި އިރު ކޯނީގެ ރިޕޯޓް ނެރުއްވާފައި ވަނީ އނިގިރޭސި ބަހުން ކަމަށާއި އެ ރިޕޯޓުގެ އަން އޮފިޝަލް ދިވެހި ތަރުޖަމާ ނެރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރާނެ ކަމަށެވެ
.
އަޅުގަނޑުމެން ކޯނީގެ ރިޕޯޓުގެ އަން އޮފިޝަލް ދިވެހި ތަރުޖަމާއެއް ވީހާ އަވަހަކަށް ވެސް ނެރެވޭތޯ މަސައްކަތްކުރަމުން މިދަނީ،" މަސްއޫދު ވިދާޅުވި އެވެ.