Monday, December 31, 2012

މާދަމާއިން ފެށިގެން ބޭނުންހާތާކު ސިގިރޭޓެއް ނުބޮވޭނެ

ސަން.އެމްވީ
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އާއަހަރު ފެށުމާއެކު އަމަލުކުރަން ފެށުމުން އެގަވާއިދުގައި ބުނެފައިވާ ގޮތުން މާދަމާއިން ފެށިގެން ބޭނުންހާތާކު ސިގިރޭޓެއް ނުބޮވޭނެ އެވެ.

Sunday, December 23, 2012

މައިކަޕް ފުޓްބޯޅަމުބާރާތުގެ ސްކޯ ޗާޓް

6TH MAI CUP FOOTBALL TOURNAMENT 2012
SCORE LIVE UPDATE 
Last Update (27.12.2012, 15:13)

Wednesday, December 19, 2012

ހަ ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތް 2012

މިދިޔަ އަހަރުގެ މައިކަޕް ފުޓްބޯޅަމުބާރާތުގެ ތެރެއިން
6TH MAI CUP FOOTBALL TOURNAMENT 2012 (MATCH SHEDULE)

Tuesday, December 18, 2012

ޝޮޕް މޯރ އޮޕްޓިކަލްސްގެ އައިކޭމްޕެއް އިހަވަންދޫގައި





ސްރީލަންކާގެ އައިކްލިނިކެއް ކަމުގައިވާ [ޝޮޕްމޯ އޮޕްޓިކަލްސް] އިން މިމަހު 19 އިން 20 އަށް އިހަވަންދޫ ސިއްޙީ މަރުކަޒުގައި އައިކޭމްޕެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެ އޮޕްޓިކަލްސްގެ ފަރާތުން މައުލޫމާތު ދެއްވާފައިވާގޮތުގައި އެ ކުލިނިކުން ލޮލުގެ ނަންބަރު ހިލޭ ނަގައިދިނުމާއި، އައިނު ހައްދައިދިނުމާއި، ދުނިގަނޑު ބަދަލުކޮށްދިނުމާއި އަދި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދޭނެއެވެ.

Friday, December 14, 2012

ޕޮލިސް ކުލަބު ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި

ސާޅީސް ހަތަރުވަނަ ޤައުމީ އަންހެނުންގެ ވޮލީ މުބާރާތުގެ ތަށި ޖެހިޖެހިގެން ހަވަނަފަހަރު ޕޮލިސްޓީމުން އުފުލާލަނީ
ހއ. އިހަވަންދޫގައި މިއަދުނިމިގެން ދިޔަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަނުގެ ފައިނަލް މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި އެކު ކުޅެ 3 ސެޓު 2 ސެޓުން މެޗް ކާމިޔާބުކޮށްގެން ޕޮލިސްކުލަބު މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

Thursday, December 13, 2012

ޕޮލިސް ކުލަބާއި އިމަގު ފައިނަލަށްދިޔުމާއެކު ޕޯލްސްޓަރގެ އުންމީދުތައްފެނަށް

ޤައުމީ އަންހެނުންގެ ވޮލީ މުބާރާތުގައި ބައިވެރިވި ދުވަހުންފެށިގެން ޓީމުތަކުގެ ވަމުންދިޔަ ތައްޔާރީތަކަށް ނިމުން އަންނަ ދުވަހަކީ މިއަދެވެ. ދެޓީމު ފިޔަވައި ހުރިހާ ޓީމުތަކެއް މުބާރާތުން ކަޓައިގެންގޮސް މުބާރާތުގެ ނަތީޖާނެރޭ ދުވަހެވެ. ފޯރިގަދަ މެޗުތަކާއި ފޯރިއެއް ނެތް މެޗުތައްވެސް ކުޅެމުން އައިސް ސެމީފައިނަލްތައްވެސްނިމި މުބާރާތުގެ ފައިލް މެޗް އޮންނަ ދުވަހެވެ.
މިހާރު ހއ. އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

Wednesday, December 12, 2012

މިރަށުގައި ފާނަ ބަސަނދު ފެތުރެމުން އެބަދޭ

މިދިޔަ ނޮވެމްބަރ މަހުން ފެށިގެން ޖުމްލަ 7 ބަލިމީހުން ފާނަ ބަސަނދު ޖެހިގެން އިހަވަންދޫ ސިއްޙީ މަރުކަޒަށް ދައްކާފައިވާކަމުގައި އެތަނުން މަޢުލޫމާތު ދެއްވައެވެ. އަދި މި ބަލިމީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ.
އެ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެބަލި އެންމެ ފުރަތަމަ ފެނިފައިވަނީ މަނަފަރު ރިސޯޓުގައި މަސައްކަތްކުރައްވާ 2 މީހެއްގެ ފަރާތުންނެވެ. އޭގެފަހުން މިރަށުގެ ބައެއް މީހުންގެ ގައިވެސް އެބަލި ފެނިފައިވެއެވެ.

Tuesday, December 11, 2012

ޤައުމީ ވޮލީ ލީގުގެ އަންހެން ޑިވިޜަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކުލަބު ކަށަވަރުކޮށްފި

މިހާރު ހއ. އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައި މިމުބާރާތް 6 ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.
ޕޮލިސް ކުލަބުން ފައިނަލުން ޖާގަ ހޯދާފައިވަނީ މިއަދު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް

Mohamed Nasheed (4th President of the Maldives)



 





4th President of the Maldives
11 November 2008 – 7 February 2012
Personal details
Born
17 May 1967
Malé, Maldives
Political party
Maldivian Democratic Party
Spouse(s)
Laila Ali Abdulla
Children
Meera Laila Nasheed
Zaaya Laila Nasheed
Alma mater
Liverpool John Moores University
Religion
Islam

Sunday, December 02, 2012

ސާޅީސް ހަތަރު ވަނަ ޤަޢުމީ ވޮލީބޯޅަ މުބާރާތް (އަންހެން ޑިވިޝަން)



ޕޮލިސް ޓީމް އިހަވަންދޫ އަށް އައުމުން މަރުހަބާ ކިޔަނީ
މި މުބާރާތަށްޓަކައި ޕޯލްސްޓަރއިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބޮޑު ދެމަގުގައި ދިދަފަތި ދަމާ ބެނާތައް ހަރުކޮށް ޒީނަތްތެރިކޮށްފައިވެއެވެ.
އަދި މާދަމާ ހުރިހާ ޓީމްތަކެއްވެސް މިރަށަށް އަންނާނެކަމަށް ސީޕީއެސް އިން ވަނީ މަޢުލޫމާތު ދީފައެވެ.
އަދި މުބާރާތުގެ އެންމެހާ ތައްޔާރީތައް ކުރުމުގައި ވަރަށް ބުރަކޮށް ޕޯލްސްޓައިން ދަނީ މަސައްކަތްކުރަމުންނެވެ.

މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތް
03 ން 13 ޑިސެމްބަރ 2012 (ހއ. އިހަވަންދޫ)