Friday, November 09, 2012

މަސްޖިދު އަބޫބަކުރު ސިއްދީގު ރަޟިއައްﷲ އަންހު ހުޅުވުމުގެ ރަސްމިއްޔާތު

 މަސްޖިދު އަބޫބަކުރު ސިއްދީގު ރަޟިއައްﷲ އަންހު ހުޅުވުމުގެ ރަސްމިއްޔާތު

މިސްކިތް ހުޅުވުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ދެއްކެވި ވާހަކަފުޅުގެ ވީޑިޔޯ

Monday, November 05, 2012

ހއ. އަތޮޅު ބަޖެޓުން ޚަރަދުކޮށްގެން ބޭސްފިހާރައެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި




ހއ. އަތޮޅު ބަޖެޓުން ޚަރަދުކޮށްގެން އެ އަތޮޅު ހޮސްޕިޓަލުގައި ބޭސްފިހާރައެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޝީދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 126،000 ރުފިޔާގެ ބަޖެޓަކުން ހަދައި އެ އިމާރާތް 14 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކޮންޓްރެކްޓް ހަދާފައި ވަނީ ދިއްދޫ ވަޒަން އިންވެސްޓްމަންޓާ ކަމަށެވެ.

Saturday, November 03, 2012

ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ

3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ހާދިސާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މާތްﷲ އެ މަރުޙޫމުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން. 

1433 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ޢީދުކުޅިވަރުތަކުގެ ތެރެއިން

މިއަހަރު ވަރަށް ގިނަ ޚާއްސަ ކުޅިވަރުތަކެއް ކުޅުމަށް ރާވާފައިވޭ.

Friday, November 02, 2012

މަސްވެރިޔާ އަޅައިދިން މިސްކިތް!

އަޙްމަދު ޙަމީދު އާދަމް (ވީމީޑިއާ)
ހއ. އިހަވަންދޫގައި އަލަށް އެޅި މިސްކިތް، މަސްޖިދު އަބޫބަކުރު ސިއްދީގު މިއަދުގެ ހުކުރު ނަމާދާއެކު މިވަނީ ހުޅުވިފަ އެވެ. މިވަގުތު އަހަރެން މިހުރީ މި މިސްކިތުގެ ދާލައިގަ އެވެ. ހިތަށް އަރަ އެވެ؛ އަބަދުވެސް މިސްކިތް އަޅައި ދެނީ ކޮންމެވެސް ވިޔަފާރިވެރި މަހުޖަނެކެވެ. އެކަމަކު މިރަށުން މަންޒަރު ބަދަލުވީ އެވެ. ގާތްގަނޑަކަށް 3000 އާ ގާތްކުރާ މިރަށުގެ އާބާދީއަށް، ބޭނުންވާނެ ފުރިހަމަ މިސްކިތެއް ހަދިޔާ ކޮށްދެވީ އާދައިގެ މަސްވެރިޔެކެވެ. މިރަށު މުހައްމަދު ބަޝީރު އާދަމް، 50. އެވެ.