Monday, July 08, 2013

ރަމަޟާންމަހު އިހަވަންދޫ ސިއްޙީ މަރުކަޒުގައި ޚިދުމަތްދޭނެ ގަޑިތައް އިޢްލާންކޮށްފި

1434 ވަނަ އަހަރުގެ ރަމަޟާންމަހު އިހަވަންދޫ ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްތައް ދޭންހަމަޖެހިފައިވާ ގަޑިތައް އެމަރުކަޒުން ހާމަކުރައްވާފައިއެވެ.

Thursday, July 04, 2013

ތައާވުން މިސްކިތް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކްލަބް ޕޯލްސްޓަރ އިން އެހީތެރިވަމުން އެބަދޭ

މަރާމާތަށް ބަންދު ކުރުމަށްފަހު ރަމަޟާން މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ މިރަށު މަސްޖިދުއް ތަޢާވުން ހުޅުވުމަށް ކުރަންޖެހޭ އެއްމެ ފަހުގެ މަސައްކަތްތައް ކުރުމުގައި ކްލަބް ޕޯލްސްޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އެބަގެންދެއެވެ. މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި މިސްކިތުގެ ބޭރުގައި ކުލައާއި ދަވާދު އާކުރުމުގެ މަސައްކަތުގެ އިތުރުން ކައުންސިލް އިދާރާއިން ތަކެތީގެ އަގުދެއްވުމުން ހިލޭސާބަހަށް ތަނުގެ ވައިރިން ބަދަލުކޮށް ފަންކާތައް އައުކުރުމުގެ އިތުރުން މިސްކިތް އަލުން ބޭނުންކުރަން ފެށުމުގެކުރިން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ކައުންސިލް ޢިދާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެކުލަބްގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެކުލަބްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

Wednesday, July 03, 2013

މިދުވަސްވަރު ހުން އައުމާއި، ކެއްސުމާ، ހޮޑުލުމާއި އަދިއަރިދަފުސް ރޯގާ ދަނީ ފެތުރެމުން

މިދުވަސްވަރު މިރަށުގައި ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވެފައިވާކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ހާމަކުރައްވާފިއެވެ.
މިކަމާ ގުޅިގެން އެ މަރުކަޒުން ކޮށްފައިވާ އިޢްލާންގައިވާ ގޮތުން މިދުވަސްވަރު ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަންދެއްވުމާއިއެކު ބަލިން ރައްކާތެރިވުމަށްޓަކައި، ރޯގާ ޖެހިފައިވާ ފަރާތްތަކުން އިޖުތިމާޢީ މުޢާމަލާތުތައް މުހިއްމު ބޭނުމަކާއި ނުލާ އިތުރުނުކުރުމާއި، ފިނި އަށިތަކާ ކެމްޕެއިން ހަރުގެ ތަކާއި ކުޅިވަރުގެ މާޙައުލުތަކާއި ރޯގާ ޖެހިފައިވާ ފަރާތްތަކުން ރޯގާ ރަނގަޅު ވަންދެން އެކަހެރިކޮށް އުޅުއްވުމާއި ކެއްސާ ކިބިހި އަޅާއިރު އަނގަޔާ ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ އެފަދަ އެއްޗެއް އެޅުއްވުމަކީ ރޯގާ ފެތުރުން ހުއްޓުވިދާނެ ކަންތައްތައް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.