Wednesday, March 12, 2014

މައްޔިތާއަށްޓަކައި ކުރުން ސުންނަތް ދުޢާތައް

1-  މުސްލިމަކު މަރުވެއްޖެނަމަ އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވެ އުޅުމަކީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤެވެ. އަދި އެމީހާގެ މައްޗަށް ނަމާދުކޮށް ދުޢާކުރުމީ އެދިވެގެންވާ ކަމެކެވެ. އަދި މަރަށް ޙާޟިރުވެފައި އޮތް މީހަކަށް ޒިޔާރަތްކޮށްފިނަމަ އޭނާއަށްޓަކާ ހެއުދުޢާކުރުމީ ވެސް ސުއްނަތެކެވެ. މާތްﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު ބަލިމީހެއްގެ ގާތަށް އަތުވެއްޖެނަމަ އެމީހާއަށްޓަކާ ހެއުދުޢާ ކުރާށެވެ. މިހެނީ ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރެއްވުން އެދި މަލާއިކަތުން އާމީން ވިދާޅުވެއެވެ.