Tuesday, December 31, 2013

ހަކުރުބައްޔަށް ސްކްރީންކުރުމާއި މަޢުލޫމާތު ދިނުމުގެ ޕްރޮގަރާމެއް ބާއްވަނީ

ޑައެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހއ. އިހަވަންދޫގައި ހަކުރުބައްޔަށް ސްކްރީންކުރުމާއި މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް 2014 ޖަނަވަރީ 02 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 4:001 އިން 6:001 އަށް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާ ކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

Thursday, December 12, 2013

އިހަވަންދޫ ރަށުކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރުތައް

އަންނަ ޖެނުއަރީ މަހު 18 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް ހަމަޖައްސައިފިއެވެ. މިއަދު 10 ޖެހީއިރު އިހަވަންދޫ މަދަރުސާގައި އޮތް ކެންޑިޑޭޓް ނަންބަރުދިނުމުގެ ހަފުލާގައި ކެންޑިޑޭޓް ނަންބަރު ދީފައިވަނީ ގުރުލައިގެންނެވެ.

Tuesday, October 29, 2013

ވަތަނިއްޔާ އަދި ދިރާގުގެ އިންޓަރނެޓް ސެޓިން މެނުއަލްކޮށް ހަދާނޭގޮތް

ތިރީގައި މިވަނީ ވަތަނިއްޔާ އަދި ދިރާގުގެ އިންޓަރނެޓް ޚިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއެކު އިންޓަރނެޓް އަދި އެމްއެމްއެސް ސެޓިން މެނުއަލްކޮށް ހަދާނެ ގޮތުގެ މަޢުލޫމާތެވެ. މި މަޢުލޫމާތުގެ އެހީގައި އެންޑްރޮއިޑް ފޯންތަކަށް ވަރަށް ފަސޭހަކަމާއެކު އިންޓަރނެޓް އަދި އެމްއެމްއެސް ސެޓިން ހެދޭނެކަމުގައި އުންމީދުކުރަމެވެ.

Thursday, October 10, 2013

އަޟްހާ ޢީދު ބަންދުގައި އިހަވަންދޫ ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

13 އޮކްޓޯބަރު 2013 އިން 19 އޮކްޓޯބަރު 2013 ގެ ނިޔަލަށް 07 ދުވަސް އެއީ 1434 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ވާތީ، އިހަވަންދޫ ސިއްޙީ މަރުކަޒުން ދެމުންގެންދާ ބައެއް ޚިދުމަތްތައް ދޭން ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް އެމަރުކަޒުން ވަނީ އާންމުކޮށްފައެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން

ލިޔުއްވީ: އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް
އެންމެހައި ޙަމްދު ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ.

Monday, September 30, 2013

ގެވަޅު ދޫކުރުން ލަސްވެގެންދަނީ އެއް އަތޮޅުން ލިބެންޖެހޭ މަޢުލޫމާތުތައް ނުލިބިގެން.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު
އިހަވަންދޫން ގޯތި ދޫކުރުން ލަސްވެގެންދަނީ އެއް އަތޮޅުން ލިބެންޖެހޭ މަޢުލޫމާތުތައް ނުލިބިގެންކަމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވެއްޖެއެވެ. އަތޮޅު ތަކުން ބަލާ މަޢުލޫމާތަކީ ގެވަޅަށް އެދި ފޯމު ލާފައިވާ ފަރާތްތަކުން އެއްވެސް ރަށެއްގައި، ގެއެއް އަދި ގެއަކުން ބައެއް ނަމަވެސް ރަޖިސްޓްރީ ވެފައިވޭތޯ ބެލުން ކަމަށެވެ. ސަމީރު މިހެން ވިދާޅުވީ ގެވަޅު ދޫކުރުމުގެ އެންމެހާ ކަންތައްތައް ކުރަމުންގެންދާ ގޮތާއި އަދި މިހާރު އެކަންތައް ގޮސް ހުރި ހިސާބެއް، ގެވަޅަށް އެދި އިހަވަންދޫ ކައުންސިލް އިދާރާއަށް ފޯމު ލާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

Tuesday, September 17, 2013

ހަކުރުބައްޔަކީ ނުރައްކާތެރި ބައްޔެއް

މީހެއްގެ ގައިގައި ހަކުރު ބަލި ހުރިކަމަށް ބެލެވޭނީ އޭނާގެ ލޭގައި ހަކުރު (ގުލްކޯޒް) ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައިވާނަމައެވެ.
މިބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ކިޔާ ތާސީރެއް މަދުވުމުން ނުވަތަ އެ މަސައްކަތް ނުކުރާ ގޮތްވުމުންނެވެ. އިންސިއުލިން އުފައްދަނީ ޕެންކްރިއާސް ކިޔާ  ގުނަވަނަކުންނެވެ. ހަކުރުބަލި ހުރި މީހެއްގެ ހަށިގަނޑުން ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައިނުދޭނެއެވެ. އިންސިއުލިން ހަށިގަނޑުން އުފައްދައި ނުދިނުމުގެ ސަބަބުން ލޭގައި ހުންނަންވީ ވަރަށް ހަކުރު ކޮންޓްރޯލް ކުރެވިފައި ނުބެހެއްޓެއެވެ. އެހެންކަމުން މިފަދަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުންނެވެ.

Wednesday, September 11, 2013

އުސްތާޛުލް ޖީލް އައްޝައިޚުލް އުސްތާޛުލް މުޙައްމަދު ޖަމީލު ދީދީ

ޖަމީލް ދީދީއުސްތާޛުލް ޖީލް އައްޝައިޚުލް އުސްތާޛުލް މުޙައްމަދު ޖަމީލު ދީދީއަކީ މާފަންނު ދަރަވަންދޫގޭ ޢަބްދުﷲ ދީދީއަށާއި މާލޭ ފެންފޯއްގަނޑުވަރު އައިމިނަތު ދީދީއެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 16 ޖުމާދިލްއައްވަލް 1333 ހ. (1 މެއި 1915 މ.) ވީ ހޮނިލިރު ދުވަހު އިރުއެރުމާ ދާދި ކަރިވެފައި ވަނިކޮށް މާފަންނު ދަރަވަންދޫ ގޭގައެވެ.

Sunday, September 08, 2013

ރިޔާސީ އިންތިޚާބު 2013 ގެ ވަގުތީ ނަތީޖާ - ހއ. އިހަވަންދޫ


ހއ. އިހަވަންދޫ 1 ނަމްބަރ ވޯޓު ފޮށި:
ޤާސިމް: 196
ވަޙީދު: 5
ޔާމީން: 250
ނަޝީދު: 289

Thursday, September 05, 2013

ހަތެއް ސެޕްޓެމްބަރު ދެހާސް ތޭރަ

މިއީ ވަރަށް ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ މަޤާމު ހަވާލުކުރާނެ ފަރާތެއް ރައްޔިތުންގެ އަޤްލަބިއްޔަތުން ހޮވާދުވަހެވެ. އެތައް ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހި އެމީހުންގެ އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނޭ ދުވަހެވެ. އަނެއް ބަޔަކު ދެރަވެ ހިތާމަކޮށް ޤައުމަށް ވާނެގޮތެއް ނޭނގިގެން ހަދާނެގޮތް ބޮޑުވެގެން އުޅޭނެދުވަހެވެ. ދިވެހިރާއްޖޭގައި ފެހި ޤާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އައްޔަންކުރުމަށް ބޭއްވޭ ރިޔާސީ އިންތިޚާބު ބޭއްވޭނޭ ދުވަހެވެ. އާދެ އެއީ އެންމެ އިސް ވެރިންވެސް އާދައިގެ ނިކަމެތިންގެ ކިބައިން ސަލާންޖަހާ ދުވަހެވެ.

Sunday, August 11, 2013

އިހަވަންދޫ އިންޖީނުގޭ ދޮށަށް އެމްޑީޕީގެ ބަޔަކު އެއްވެ، މުޒާހަރާކޮށްފި


އަޙްމަދު ޝާހިދު ވިދާޅުވީ، " އެމީހުންގެ ޑިމާންޑަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައިވާ ގޮތާމެދު އިންޖީނުގެއިން އަމަލުކުރާނީ ކޮންގޮތަކަށްތޯ ބެލުންކަމަށާއި، އިންޖީނުގެއިން ބުނީ އެތަނުން އެކަން ބަލާފަ އަންގާނެކަމަށް. އަދި  ވަރަށް އަވަހަށް ލިޔުމުން ޖަވާބު ދޭނެކަމަށް. ނަމަވެސް ޖަވާބު ލިބޭނެ ދުވަހެއް ނުބުނޭ" (އިހަވަންދޫ ޑޮޓް ކޮމް)

Monday, July 08, 2013

ރަމަޟާންމަހު އިހަވަންދޫ ސިއްޙީ މަރުކަޒުގައި ޚިދުމަތްދޭނެ ގަޑިތައް އިޢްލާންކޮށްފި

1434 ވަނަ އަހަރުގެ ރަމަޟާންމަހު އިހަވަންދޫ ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްތައް ދޭންހަމަޖެހިފައިވާ ގަޑިތައް އެމަރުކަޒުން ހާމަކުރައްވާފައިއެވެ.

Thursday, July 04, 2013

ތައާވުން މިސްކިތް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކްލަބް ޕޯލްސްޓަރ އިން އެހީތެރިވަމުން އެބަދޭ

މަރާމާތަށް ބަންދު ކުރުމަށްފަހު ރަމަޟާން މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ މިރަށު މަސްޖިދުއް ތަޢާވުން ހުޅުވުމަށް ކުރަންޖެހޭ އެއްމެ ފަހުގެ މަސައްކަތްތައް ކުރުމުގައި ކްލަބް ޕޯލްސްޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އެބަގެންދެއެވެ. މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި މިސްކިތުގެ ބޭރުގައި ކުލައާއި ދަވާދު އާކުރުމުގެ މަސައްކަތުގެ އިތުރުން ކައުންސިލް އިދާރާއިން ތަކެތީގެ އަގުދެއްވުމުން ހިލޭސާބަހަށް ތަނުގެ ވައިރިން ބަދަލުކޮށް ފަންކާތައް އައުކުރުމުގެ އިތުރުން މިސްކިތް އަލުން ބޭނުންކުރަން ފެށުމުގެކުރިން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ކައުންސިލް ޢިދާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެކުލަބްގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެކުލަބްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

Wednesday, July 03, 2013

މިދުވަސްވަރު ހުން އައުމާއި، ކެއްސުމާ، ހޮޑުލުމާއި އަދިއަރިދަފުސް ރޯގާ ދަނީ ފެތުރެމުން

މިދުވަސްވަރު މިރަށުގައި ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވެފައިވާކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ހާމަކުރައްވާފިއެވެ.
މިކަމާ ގުޅިގެން އެ މަރުކަޒުން ކޮށްފައިވާ އިޢްލާންގައިވާ ގޮތުން މިދުވަސްވަރު ހުން އައިސް، ކެއްސުމާއި ހޮޑުލެވުމާއި އަދި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަންދެއްވުމާއިއެކު ބަލިން ރައްކާތެރިވުމަށްޓަކައި، ރޯގާ ޖެހިފައިވާ ފަރާތްތަކުން އިޖުތިމާޢީ މުޢާމަލާތުތައް މުހިއްމު ބޭނުމަކާއި ނުލާ އިތުރުނުކުރުމާއި، ފިނި އަށިތަކާ ކެމްޕެއިން ހަރުގެ ތަކާއި ކުޅިވަރުގެ މާޙައުލުތަކާއި ރޯގާ ޖެހިފައިވާ ފަރާތްތަކުން ރޯގާ ރަނގަޅު ވަންދެން އެކަހެރިކޮށް އުޅުއްވުމާއި ކެއްސާ ކިބިހި އަޅާއިރު އަނގަޔާ ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ އެފަދަ އެއްޗެއް އެޅުއްވުމަކީ ރޯގާ ފެތުރުން ހުއްޓުވިދާނެ ކަންތައްތައް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

Saturday, June 08, 2013

އިހަވަންދޫ ސިއްޙީ މަރުކަޒަށް އެހީ ހޯދުމަށް މަސައްކަތު ދުވަހެއް ބާއްވައިފި


 08 ޖޫން 2013 (މިއަދު) ހެލްތް ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށްޓަކައި އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާ އަދި ކޮމެޓީތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތު ދުވަހެއް ބާއްވާފިއެވެ.

Friday, May 31, 2013

އިހަވަންދޫ ސިއްޙީ މަރުކަޒުގައި ބޭއްވި ސިއްޙީ ޚިދުމަތުގެ ޓްރަސްޓް ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ގެލެރީ

އިހަވަންދޫ ސިއްޙީ މަރުކަޒުގައި ބޭއްވި ސިއްޙީ ޚިދުމަތުގެ ޓްރަސްޓް ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ގެލެރީ
ސިއްހީ ޚިދުމަތުގެ ޓްރަސްޓް ފަންޑު ފޮށި، ފައިސާ އެޅުމުގެ ފަހުން

Thursday, May 30, 2013

ސިއްޙީ ޚިދުމަތުގެ ޓްރަސްޓް ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތު އިހަވަންދޫ ސިއްޙީ މަރުކަޒުގައި ބާއްވައިފި

އަޙްމަދު ރަޝީދު ފަންޑު ފޮއްޓަށް ފައިސާގެ އެހީތެރިކަމެއް ވެދެއްވަނީ
ހެލްތް ޓްރަސްޓް ފަންޑް ފޮށި ހުޅުވުމުގެ ރަސްމިއްޔާތު އިހަވަންދޫ ސިއްޙީ މަރުކަޒުގައި މިއަދު ބާއްވައިފިއެވެ. މި ފަންޑު ފޮށި ހުޅުވައިދެއްވީ އިހަވަންދޫ މަދަރުސާގެ ކޮލިފައިޑް ލީޑީންޓީޗަރ އަލްފާޟިލް އަޙްމަދު ރަޝީދު އެވެ.

Monday, May 27, 2013

މަދިރި މަދުކުރުމާގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިހަވަންދޫ ސިއްޙީ މަރުކަޒުން ކުރިއަށް އެބަގެންދޭ

ފައިލް: އިހަވަންދޫ ސިއްޙީ މަރުކަޒު
މަދިރި މަދުކުރުމަށްޓަކައި ސެންޓަރފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިސީސް ކޮންޓްރޯލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'މަދިރި ރުޅިރުޅި 2013' ކެމްޕެއިންގެދަށުން އިހަވަންދޫގައި ހުރި މީހުންދިރިއުޅޭ ގެތަށް ޗެކުކުރުމުގެ މަސައްކަތް 18މެއި 2013 ވަނަދުވަހުން ފެށިހެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާކަމުގައި އިހަވަންދޫ ސިއްޙީ މަރުކަޒުން ހާމަކުރައްވާފިއެވެ.

Monday, May 20, 2013

އިހަވަންދޫ ސިއްހީމަރުކަޒުގެ ޑޮކްޓަރުންގެ ޑިޔުޓީއަށް ބަދަލުއައުން

ޑރ އާޒިބް އަދި ޑޮރ ޝާޒިޔާ
އިހަވަންދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވަމުން ގެންދެވި ދެ ޑޮކްޓަރުން ކަމުގައިވާ ޑރ. އާޒިބް ބަޝީރު ވާނީ އަދި ޑރ. ޝާޒިޔާ އަޝްރަފް ޝާޙް، އަހަރީޗުއްޓީއަށް ވަޑައިގެންފައިވާތީ، އެބޭފުޅުންގެ ޗުއްޓީ ނިންމެވުމަށްފަހު އަލުން ވަޒީފާއަށް ނުކުންނަވަންދެން އެމަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ އެންމެ ޑޮކްޓަރެއްކަމުގައި އެމަރުކަޒުން ހާމަކުރައްވާފިއެވެ.

Thursday, May 16, 2013

ކޮލެސްޓްރޯލް ދެނެގަތުން ވަރަށް މުހިއްމު

ހެޔޮބަސް
ކޮލެސްޓްރޯލްއަކީ ސިއްރުން އިންސާނާ މަރުގެ އަނދަވަޅަށް ކޮއްޕާލާ އެއްޗެކެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާ ޚިލާފަށް ކޮލެސްޓްރޯލް މައްޗަށްދާކަމުގެ ނިޝާނެއް ދުރާލާ ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މިއީ ދުނިޔޭގައި އެތައް މިލިއަން މީހުން އެބައްޔކާ ހަގުރާމަކުރަމުންދާ ބައްޔެކެވެ.

Monday, May 13, 2013

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަރުހުން އިންތިޒާމްކޮށްގެން ބޭއްވި ޑިނަރ ނައިޓް

ނަރުހުންގެ ދުވަހުގެ މުނާސަބާގައި އަޅާފައިވާ ކޭކު

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަރުހުން އިންތިޒާމްކޮށްގެން ރޭ އެ މަރުކަޒުގައި ބޭއްވި ޑިނަރ ނައިޓްގެ ފޮޓޯ ގެލެރީ

ފިރިހެން ނަރުހުންވެސް މަސައްކަތްކުރާނެ މަންޒަރު ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެއް (މުޙައްމަދު އިބްރާހީމް)


ނަރުހުންގެ ދުވަސް ފާހަގަކުރުން
މި އިހަވަންދޫގެ ނަރުހުންގެ ދާއިރާއިން މިހާރު މިފެންނަނީ ހަމައެކަނި އަންހެން ނަރުހުން ކަމަށާއި ވަރަށް އަވަސް މުސްތަޤްބަލެއްގައި ފިރިހެން ނަރުހުންވެސް މަސައްކަތްކުރާނެ މަންޒަރު ފެނުމަކީ ވަރަށް އުންމީދުކުރާ ކަމެއްކަމުގައި އިހަވަންދޫ ކައުންސިލް އިދަރާގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

Tuesday, May 07, 2013

މަންމަގެ މަޤާމް


އެއްދުވަސްވަރެއްގައި ދިރިއުޅުނު ފިރިހެންކުއްޖެކެވެ. މި ކުއްޖާ ދިރިއުޅެމުން ގެންދިޔައީ މީނާގެ މަންމައާއި އެކުގައެވެ. އަދި ޒުވާންނަކަށްވެ އުމުރުން 18 އަހަރުވުމުން މަންމަ ދޫކޮށް އަމިއްލަ ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށް އެހެން ތަނަކަށް ދިޔައެވެ. އެއީ މި ގޮތަކީ ކާފަރުންގެ ތެރޭގައި އޮންނަ އާދަ ކާދައަކަށްވެފައި، އެބައި މީހުން ޤަބޫލްކުރާ ގޮތުގައި ދަރިންގެ އުމުރުން 18 އަހަރުވުމުން އެކުދިން އެތިބީ މައިންބައިންގެ ބެލުމުގެ ދަށުން މިނިވަންވެފައެވެ. ހުރިހައި ކަމެއްވެސް އަމިއްލައަށް ނިންމުނުގެ އިޚްތިޔާރު ލިބި ބޮޑުމީހަކަށް ވެފައެވެ.

Sunday, April 28, 2013

ކޭތަ ނަމާދު ކުރާނެ ގޮތް

ކޭތަ ހިފާފައިވާ މަންޒަރެއް
ލިޔުނީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ރާއްޖެ އިސްލާމް


ކޭތަނަމާދަކީ؛ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاري އާއި مسلم ގައި އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތު ވެއެވެ.

Tuesday, April 23, 2013

މާދަމާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އިހަވަންދޫގައި

އިހަވަންދޫ ސިއްޙީ މަރުކަޒުގެ ފޮޓޯއެއް

ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. ނެގޯރާ، މާދަމާ އިހަވަންދޫ ސިއްޙީ މަރުކަޒުގައި ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހިފައިވާކަމުގައި އެމަރުކަޒުން ހާމަކުރައްވާފިއެވެ.

Thursday, April 04, 2013

ދިވެހިރާއްޖޭގެ މޫސުން

ދިވެހިރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ހުޅަނގު މޫސުމްގައި އޮންނަނީ 18 ނަކަތެވެ. އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ނިމެނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ނިމެނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

Sunday, February 03, 2013

5 things every computer user needs to know how to do


A good number of computer users think the answer to the tech problems they encounter is to ignore the symptoms, upgrade to fancier software or buy a new computer.
Let me help. Here are five things that won’t turn you into a tech guru overnight, but they'll keep your computer running fast, make you more productive and save you tons of frustration. Best of all, they won’t cost you a cent.

Sunday, January 13, 2013

ޤައުމީ ދުވަހާއި ޤައުމިއްޔަތު

 
އަބްދުއްލަތީފް
މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހެވެ. އެދުވަހަކަށްޓަކައި އަޅުގަނޑުމެން އުފާވެ ފަޚުރުވެރިވާ ޤައުމީ ދުވަހެވެ. ރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިން ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާނެއެވެ. އުފާވެރިކަމާ ފަޚުރުވެރިކަމާއެކުގައެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެން ނިޞްބަތް ކުރަނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނަށެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ނަސަބުގެގޮތުން ނަމަ ތިލަދުންމަތި އުތުރުބުރި އުތީމު ކަޅުއަލީތަކުރުފާނުގެ ޙުސައިން ޚަޠީބުތަކުރުފާނުގެ ދަރިކަލެކެވެ. މަންމާ ފުޅަކީ އާމިނަތު ދިޔޯ އެވެ.