ހއ. އަތޮޅު ބަޖެޓުން ޚަރަދުކޮށްގެން އެ އަތޮޅު ހޮސްޕިޓަލުގައި ބޭސްފިހާރައެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޝީދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 126،000 ރުފިޔާގެ ބަޖެޓަކުން ހަދައި އެ އިމާރާތް 14 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކޮންޓްރެކްޓް ހަދާފައި ވަނީ ދިއްދޫ ވަޒަން އިންވެސްޓްމަންޓާ ކަމަށެވެ.

މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޝީދެވެ. އަދި ވަޒަން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ އިބްރާހިމް ވަހީދެވެ.
ހއ. އަތޮޅު ކައުންސިލުން އަންނަނީ އޭ ޒޯންގެ ލައިސަންސް ކާޑު ވެސް މިދިޔަ މަހުން ފެށިގެން ހައްދައިދެމުންނެވެ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މާލެ ނުގޮސް އޭޒޯން ކާޑް އަތޮޅު ކައުންސިލުން ހެއްދޭނެ ކަމަށާއި އެ ޕްރޮޖެކްޓް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށެވެ. ރަޝީދު ވިދާޅުވީ އެއީ 250،000 ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ