Sunday, January 13, 2013

ޤައުމީ ދުވަހާއި ޤައުމިއްޔަތު

  އަބްދުއްލަތީފް މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހެވެ. އެދުވަހަކަށްޓަކައި އަޅުގަނޑުމެން އުފާވެ ފަޚުރުވެރިވާ ޤައުމީ ދުވަހެވެ. ރާއްޖެ ދެމިއޮތްހައި ދުވަހަކު ދިވެހިން ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާނެއެވެ. އުފާވެރިކަމާ ފަޚުރުވެރިކަމާއެކުގައެވެ. ޤައުމީ ދުވަސް އަޅުގަނޑުމެން ނިޞްބަތް ކުރަނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނަށެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ނަސަބުގެގޮތުން ނަމަ ތިލަދުންމަތި...