Wednesday, April 30, 2014

ކޮލަންބޯ އޮޕްޓިކަލްސްގެ އައިކޭމްޕެއް އިހަވަންދޫގައި

ކޮލަންބޯ އޮޕްޓިކަލްސްގެ ފަރާތުން އިހަވަންދޫ ގެ ރައްޔިތުންނަށް ޚާއްސަކޮށްގެ އިހަވަންދޫ ސިއްޙީ މަރުކަޒުގައި މެއި 01 ން 02 އަށް އައިކޭމްޕެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގެ އެ އޮޕްޓިކަލްސް އިން ހާމަކޮށްފިއެވެ.

މިގޮތުން އެކޭމްޕްގައި އޮޕްޓޯމެޓްރިސްޓެއްގެ އެހީގައި ލޯ ޗެކްކުރުމާއި، ނަންބަރު އައިނު ހައްދައިދިނުމާއި، ކޮންޓެކްޓް ލެންސް ލެއްވުމާއި، ހިލޭ ޑޮކްޓަރަށް ދެއްކުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.
އަދި މީގެ އިތުރުން އާސަންދައިގެ ދަށުން -/500 ރ ގެ ޑިސްކައުންޓެއް އަދި ޚާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށްގެން %15 ގެ ޑިސްކައުންޓެއް ވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިގޮތުން ލޮލުގެ ޑޮކްޓަރަށް ދެއްކުމަށާއި އައިނު ނަންބަރު ނަގަން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން، އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަންބަރު 6500501 އާ ގުޅުއްވައިގެން ނުވަތަ އެމަރުކަޒަށް ދުރުވެ ނަންނޯޓްކުރެއްވުމަށް އެފަރާތުން އެދިލައްވައެވެ.
މި އައިކޭމްޕް ކުރިއަށްދާނީ މެއި 01 ން 02 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އިހަވަންދޫ ސިއްޙީ މަރުކަޒުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮލަންބޯ އޮޕްޓިކަލްސްގެ ނަންބަރު 7494703 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް ކޮލަންބޯ އޮޕްޓިކަލްސްގެ ފަރާތުން އެދިލައްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ