Tuesday, July 22, 2014

ހުމުގެ ރޯގާއަށް ސަމާލުވުމަށް މަރުކަޒުން އިލްތިމާސްކޮށްފި.

އިހަވަންދޫ ސިއްޙީ މަރުކަޒު
މިދުވަސްވަރު ހުންއައުމާއި، ހޮޑުލުމާ، ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާ ފެތުރެމުންދާކަން ފާހަގަ ކުރެވިފައިވާތީ އާއި އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޑެންގޫ ހުމުގެ ރޯގާވެސް އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާތީ އާންމު ރައްޔިތުން މިކަންކަމަށް ސަމާލުވުމަށް އިހަަވަންދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

މިދުވަސްވަރު ފެތުރެމުން މިދާ ރޯގާއިން ރައްކައުތެރިވުމަށްޓަކައި ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
·        ގޯތި ގެދޮރާއި އަމިއްލަ ނަފުސުގެ ރަނގަޅު ސާފު ތާހިރުކަން
·        ކައިބޯ ތަކެތީގެ ސާފު ތާހިރުކަން
·        ތާޒާކަންމަތީ ކައިބޯ ތަކެތި ބޭނުން ކުރުން
·        ތަރުކާރީ އާއި މޭވާ، ދިޔާ ތަކެތި އަދި، ރަނގަޅު ކާނާ ބަލި ރައްކައުތެރިވުމަށް ބޭނުން ކުރުން
·        ހިފައި ގެންގުޅޭ ތަކެއްޗާއި ކައިބޯ ތަކެތި ރައްކާތެރި ކަމާއިއެކު ބެލެހެހެއްޓުން
·        ބޯން ބޭނުންކުރާ ފެން ރައްކައުތެރިކަމާއި އެކު ބެލެހެއްޓުމާއި ޖަރާސީމު ނައްތާލުމަށް ކައްކައިގެން ބޭނުންކުރުން
·        ކުނި ނައްތާލުމާއި ދިރި އުޅޭ ވެށީގެ ރައްކައުތެރިކަމަށް ސަމާލުކަން ދިނުން
·        ރޯގައި ޖެހޭ މިހުން، މީހުން އެއްވާ ތަންތަނަށް ނުކުތުމާއި ބަލި ފެތުރޭފަދަ ކަންތައްތައް
·        ފެން އެއްވެ މަދިރި ބިސް އަޅައި މަދިރި އާލާވެދާފަދަ ކަންތައްތައް
·        ދިރި އުޅޭ ތަނާއި ނިދަން ބޭނުން ކުރާ ތަންތަނުގައި މަދިރި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ އުފެއްދުންތައް ބޭނުންކުރުން
·        ރޯގައިން ރައްކައުތެރިވުމަށް އެކަކު އަނެކަކު ހޭލުންތެރި ކުރުވުމާއި، މަޢުލޫމާތު ފެތުރުން
·        ރޯގާ ޖެހިއްޖެނަމަ، ވަޤުތުން ފަރުވާ ހޯދުމާއި، ޑޮކްޓަރުގެ މަޝްވަރާޔާ އެއްގޮތަށް ޢަމަލުކުރުން

މި ރޯގާ ޖެހިގެން އިއްޔެ 25 އަށް ވުރެ ގިނަ މީހުން ދައްކާފައިވާއިރު މިއަދު މިހާތަނަށްވެސް 25 މީހުން ވަނީ އިހަވަންދޫ ސިއްޙީ މަރުކަޒަށް ދައްކާފައެވެ. އަދި މި ހުމުގެ ރޯގާ ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ވެސް ޖެހޭ ކަމަށާއި މި ހުން ޖެހުމުން ތިރީގައިވާ އަލާމާތްތައް ފެންނަމުންދާކަމުގައިވެސް އެމަރުކަޒުން ހާމަކުރެއެވެ.
·        ވަރަށް ގަދައަށް ހުންއައުން
·        ކަރުގައި ފޮޅު ނުވަތަ ފާރު އުފެދުން
·        މޭނުބައިކުރުން
·        ކާހިތްނުވުން
·        ކުޑަކުދިން ގިނައަދަދަކަށް އަނގައިން ސޮނި ފޭބުން

އަދި މިހުމަކީ ވަރަށް ގަދައަށް އަންނަ ހުމަކަށްވާތީ އާންމުން މިހުމަށް ރައްކާތެރިވުމަށާއި އަދި މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި އިހަވަންދޫ ސިއްޙީ މަރުކަޒުގެ ނަންބަރު 6500501 އާ ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ނުވަތަ، ރަސްމީ ގަޑީގައި އެމަރުކަޒަށް ދުރުވެ އެމަޢުލޫމާތެއް ސާފުކުރެއްވުމަށް އިހަވަންދޫ ޞިއްޙީ މަރުކަޒުން އެދިލައްވައެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ