Monday, October 01, 2012

އިހަވަންދޫ އިންޖީނުގޭ 4 މުވައްޒަފަކާމެދު ޢަމަލުކުރިގޮތް ކުށްވެރިކޮށްފި

އިހަވަންދޫ އިންޖީނުގޭގައި މަސައްކަތް ކުރަމުންއައި 4 މުވައްޒަފަކު ވަކިމުއްދަތެއްނެތި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގުމާ ގުޅިގެން އިހަވަންދޫ ކައުނސިލް އިދާރާއިން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި އެވެ. ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ސޮއި ކުރައްވައި ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެ 4 މުވައްޒަފުންނަކީ އިޙްލާސްތެރިކަމާއެކު ކަމަށް ކަމޭހިތައި މަސައްކަތުގެ ދާއިރާގައި ހީވާގި މުވައްޒަފުންކަމަށް ކައުންސިލުން ޤަބޫލުކުރާ ކަމަށެވެ. އަދި އެކަމަކީ އެއްވެސް އަސްލެއްނެތް ތުޙުމަތުތަކެއްކޮށް ޒާތީ ތަޢައްސަބުގެ ތެރެއިން ހިންގާފައިވާ ކަމެއްކަމަށެވެ.

މީގެއިތުރުން އެ ނޫސްބަޔާނުގައި މިފަދަ ޢަމަލުތަކުގެ ސަބަބުން އިހަވަންދޫގެ އިންޖީނުގެއާއި ރަށަށް ނުރަނގަޅު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެފަރާތްތަކަށް ވަޒީފާގެ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެފަރާތްތަކަށް އެފަރާތްތަކުގެ ޙައްޤު އެފަރާތްތަކަށް އަނބުރާ ރުޖޫޢުކުރުމަށް ނޫސްބަޔާނުގައި ގޮވާލާފައި ވެއެވެ.
ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގި މުވައްޒަފުންނަށް އަޕަރ ނޯތު ޔުޓިލީޒް ލިމިޓެޑުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމުވައްޒަފުންނާ ގުޅިގެން ތަފާތު ޝަކުވާތައް ލިބެމުންދިއުމާއި ކުންފުނީގެ ޚިދުމަތްތައް ފުރިހަމައަށް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުންނުދާތީއާއި މިކަމުގެ ސަބަބުން އާންމު ރައްޔިތުން ކުންފުންޏާ ދޭތެރޭ ހިތްހަމަނުޖެހޭގޮތް މެދުވެރިވަމުންދާތީވެ، މިމައްސަލަ ތަޙުޤީގު ކުރުމަށްޓަކައި 25 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން މެނޭޖްމެންޓުން ވަކިގޮތެއް އަންގަންދެން ވަޒީފާއަށް ނުނިކުތުމަށް އަންގާކަމަށެވެ.
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މަތިއުތުރު ސަރަހައްދުގައި ހުންނަ ޖެނެރަލް މެނޭޖަރު އަބްދުލް މުހައިމިން ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އާގުޅުމަށް ކުރިމަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
މިގޮތަށް އަންގައި ސިޓީ ފޮނުވާފައިވާ މުވައްޒަފުންނަކީ އަޙުމަދު ޝާހިދު، ރަޙުމާނިއްޔާ، ހއ. އިހަވަންދޫ (ސީނިއަރ އޮފިސަރ)، މުޙައްމަދު މަފާޒު، ޖަންބުމާގެ، ހއ. އިހަވަންދޫ (މެކޭނިކް ޓްރެއިނީ)، ޢަބުދުލްއަލީމް، ޖަވާހިރުމާގެ، ހއ. އިހަވަންދޫ (އ. ފީލްޑް އެއިޑް) އަދި ޙައްވާ މޫސާ، ޗަނބޭލީގެ، ހއ. އިހަވަންދޫ (ކެއަރ ޓޭކަރ) އެވެ.

4 comments:

  1. އެމީހުންނަކީ ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަމުން އަންނަ ބައެއް. ދެން އެމީހުން ވަކިކުރަންވީ މައްސަލައެއް ނޭނގުނު. މަ ހީކުރީ އެމްޑީޕީ ވަކިވީމަ، ވަޒީފާގެ ބިރު ދިޔާކަމަށް. އެކަމު ހަމަ އެގޮތް

    ReplyDelete
  2. Anonymous4:44 PM

    e thnuga ebathibi kandan jehe muvazzafun. keevvetha e meehun nukendigen e ulheni.

    ReplyDelete
  3. Anonymous4:49 PM

    mi verikamugaves vany ekahchcheh. e verikamugaves ekahchceh

    ReplyDelete
  4. Anonymous4:50 PM

    ކައުންސިލް ހުންނަނީ މުޅިން އެއްފަރާތަކަށް ޖެިފަ. އެހެންވެ ވާގޮތް މިއީ

    ReplyDelete

މި ލިޔުމަށް ޚިޔާލު ފޮނުއްވާ