ހުޅުމާލޭ ކޯޓުން ބަލަމުންދާ މައްސަލައެއްގެ
ޝަރީޢަތަށް ބަންދުގައި ބަހައްޓައިގެން މިއޮކްޓޫބަރުމަހުގެ 9
ވަނަދުވަހު ހަވީރު 16:00 ގައި ޖަސްޓިސް
ބިލްޑިންގުގައި އޮންނަ ޝަރީޢަތުގެ މަޖުލީހަށް ކުރީގެ ރައީސް ގ. ކެނެރީގޭ
މުޙައްމަދު ނަޝީދު ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު
ތަންފީޒު ކުރުމުގެ ގޮތުން ކުރީގެ ރައީސް
ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފިއެވެ.
މިގޮތުން
ނަޝީދު ހައްޔަރުކޮށްފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގައި، ކްރިމިނަލް ކޯޓުގެ
އިސް ގާޒީ
އަބްދުﷲ މުހައްމަދު ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ކުރާ ދައުވާގެ
ޝަރީއަތަށް ކޯޓަށް ހާޒިރު ނުވުމުން ފުލުހުންގެ މައްޗަށް ކޯޓުން ނެރުނު
އަމުރެއްގެ ދަށުންނެވެ.
މިއަދު ހެނދުނު 09:45 ހާއިރު ކުރީގެ
ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެދަށަށް
ގެނެސްފައިވަނީ ގދ. ފަރެސްމާތޮޑާގައި ހުންނަވަނިކޮށެވެ.
އަދި
ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފަރެސްމާތޮޑާގައި
ހުންނަ އަސްލަމްގެ ގެ ކޮޅަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް
ލިބިފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފޮޓޯ: ކުލަޔެލޯ
ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު
ނަޝީދު މާލެ ގެނައުމަށްޓަކައި ފުލުހުންގެ ލޯންޗު މިހާރު ވަނީ ފަރެސްމާތޮޑާއިން
ފުރާފައެވެ.
0 ޚިޔާލު:
Post a Comment
މި ލިޔުމަށް ޚިޔާލު ފޮނުއްވާ