Wednesday, October 03, 2012

އަފްރާޝީމް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފި އެވެ.
ފުލުސް އޮފީސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެމީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ދެވެން ނެތްކަމަށެވެ.

އަދި ފުލުހުން މި މައްސަލައިގެ ތަޙްޤީޤަށް، މީހުން ހައްޔަރުކޮށްފައިވަނީ ވަކިޕާޓީއަކަށް ބަލައިގެން ނޫންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ 01 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ 10:50 އިން މެންދަމު 1:15 އާ ދެމެދު މަރުހޫމް ޑރ އަފްރާޝީމް ޢަލީ ނުވަތަ އެބޭފުޅާގެ ކާރުކޮޅު ފެނިފައިވާ މީހެއްވާނަމަ، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމަށެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމަށް ޚިޔާލު ފޮނުއްވާ