Tuesday, October 30, 2012

މަސްތުވާ ތަކެއްޗަކީ މުޖުތަމަޢަށް ހުރި ބިރެއް

މިއީ ފުސްވިލާގަނޑެކެވެ. ބިރު ބޮޑެވެ. ވިސްނާލާށެވެ. މިއާ ކައިރިނުވާށެވެ. ދުނިޔެއާއި އާޙިރަތުގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައެވެ. މިއީ ބިރުބޮޑު ވަބާއެކެވެ. މިއާ ކައިރިވުން އެއީ މީހެއްގެ ހަލާކެވެ. މިއީ މިހާރު ކުރިމަތިވެގެން އުޅޭ ވަރަށް ބިރުބޮޑު ބައްޔެކެވެ. މިއީ މަސްތުވާ ތަކެއްޗެވެ. މަސްތުވާ ތަކެއްޗަކީ މުޖުތަމަޢަށް ހުރި ބިރެކެވެ. މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު އިތުރުވަމުން...

Friday, October 26, 2012

ޢީދު ނަމާދު ކުރާނެ ގޮތް

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: ޢީދު ނަމާދު ކުރާނީ ޚުޠުބާގެ ކުރިންނެވެ. ޢީދު ނަމާދަކީ ދެރަކްޢަތް ނަމާދެކެވެ. ފުރަތަމަ ރަކްޢަތުގައި ފުރަތަމަ ހަށަމާއި އެކު ހަތް ތަކްބީރު ކިޔަންވާނެއެވެ. ކޮންމެ ދެތަކްބީރެއް ދެމެދުގައި ވަގުތު ކޮޅަކު މަޑުކޮށްލަން ވާނެއެވެ. ނަމަވެސް، މިދެމެދުގައި ކިޔާނެ ވަކި ޛިކްރެއް ސުންނަތުން ވާރިދުވެފައެއް ނުވެއެވެ. ކޮންމެ ތަކްބީރަކާއި އެކު ދެއަތް...

Thursday, October 25, 2012

ޢީދު މުބާރިކު

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ޙައްޖުވެރިން ޢަރަފާތު ބިމަށް އެއްވެ ޙައްޖުގެ އަޅުކަމަށްފަހު އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދުވަހަކީ މިއަދެވެ. އާދެ! އަޟްޙާ ޢީދަކީ އުފާވެރިކަމާއި ހިނިތުންވެރިވުމުގެ ދުވަހެވެ. އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ޢީދުގެ ތަޙްނިޔާ ކިޔުމުގެ ދުވަހެވެ. މިދުވަސްމިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. އެހެންކަމުން ހުރިހާ ކިޔުންތެރިންނަށްވެސް މިޢީދުގެ ތަހުނިޔާ އާއި މަރުޙަބާ...

Wednesday, October 10, 2012

އިހަވަންދޫގައި ވައިރަލް ފީވަރއާއި އަރިދަފުސްރޯގާ ވަރަށް ހަލުއިކަމާއެކު ފެތުރެމުން އެބަދޭ.

މިދުވަސްވަރު ހުންއައިސްގެންނާއި އަރިދަފުސް ރޯގާ ޖެހިގެން ގިނައަދަދެއްގެ ކުޑަކުދިން އިހަވަންދޫ ސިއްޙީ މަރުކަޒަށް  ޑޮކްޓަރަށްދައްކާ ފަރުވާހޯދަމުން ދާކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ. އެހެންކަމުން މިދުވަސްވަރު ހުންއައުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކުރައްވާ، ޑޮކްޓަރެއް ނުވަތަ ޞިއްޙީއެހީތެރިއަކަށް ދައްކާ ފަރުވާ ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި އަދި ޑޮކްޓަރު ނުވަތަ ޞިއްޙީއެހީތެރިއެއްގެ ލަފާގެ...

Monday, October 08, 2012

ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހުޅުމާލޭ ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީޢަތަށް ބަންދުގައި ބަހައްޓައިގެން މިއޮކްޓޫބަރުމަހުގެ 9 ވަނަދުވަހު ހަވީރު 16:00 ގައި ޖަސްޓިސް ބިލްޑިންގުގައި އޮންނަ ޝަރީޢަތުގެ މަޖުލީހަށް ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް  ނެރުނު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ....

ރާއްޖޭގައި މަރަށް މަރު ހިފުން – އަރަތެއް؟

ލިޔުނީ: ޢަލީ އަޙްސަން އިޙްސާން  ރާއްޖޭގައި މަރަށް މަރު ހިފާތަން ފެނުމަކީ ގިނަ ބައެއްގެ ހުވަފެނެއްކަން ޔަގީނެވެ. ޑރ އަފްރާޝިމް އަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލުމަށްފަހު އަޅުގަނޑުމެންގެ ތެރޭގައި އަނެއްކާވެސް ވަނީ ‘މަރަށް މަރު’ ހިފުމުގެ ވާހަކަ ދައްކަން ފެށިފައެވެ. ލޯޔަރު ނަޖީބް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެދުވަހުވެސް ހަމަ މިގޮތަށް ‘މަރަށް މަރު’ގެ ވާހަކަ ދެކެވުނެވެ. ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ހާދިސާއަށްފަހުގައިވެސް...

Wednesday, October 03, 2012

އަފްރާޝީމް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފި އެވެ. ފުލުސް އޮފީސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެމީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް...

Monday, October 01, 2012

އިހަވަންދޫ އިންޖީނުގޭ 4 މުވައްޒަފަކާމެދު ޢަމަލުކުރިގޮތް ކުށްވެރިކޮށްފި

އިހަވަންދޫ އިންޖީނުގޭގައި މަސައްކަތް ކުރަމުންއައި 4 މުވައްޒަފަކު ވަކިމުއްދަތެއްނެތި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގުމާ ގުޅިގެން އިހަވަންދޫ ކައުނސިލް އިދާރާއިން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި އެވެ. ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ސޮއި ކުރައްވައި ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެ 4 މުވައްޒަފުންނަކީ އިޙްލާސްތެރިކަމާއެކު ކަމަށް ކަމޭހިތައި މަސައްކަތުގެ ދާއިރާގައި ހީވާގި މުވައްޒަފުންކަމަށް ކައުންސިލުން...