Monday, December 31, 2012

މާދަމާއިން ފެށިގެން ބޭނުންހާތާކު ސިގިރޭޓެއް ނުބޮވޭނެ

ސަން.އެމްވީ ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އާއަހަރު ފެށުމާއެކު އަމަލުކުރަން ފެށުމުން އެގަވާއިދުގައި ބުނެފައިވާ ގޮތުން މާދަމާއިން ފެށިގެން ބޭނުންހާތާކު ސިގިރޭޓެއް ނުބޮވޭނެ އެވ...

Sunday, December 23, 2012

މައިކަޕް ފުޓްބޯޅަމުބާރާތުގެ ސްކޯ ޗާޓް

6TH MAI CUP FOOTBALL TOURNAMENT 2012 SCORE LIVE UPDATE  Last Update (27.12.2012, 15:13)...

Wednesday, December 19, 2012

ހަ ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތް 2012

މިދިޔަ އަހަރުގެ މައިކަޕް ފުޓްބޯޅަމުބާރާތުގެ ތެރެއިން 6TH MAI CUP FOOTBALL TOURNAMENT 2012 (MATCH SHEDULE) ...

Tuesday, December 18, 2012

ޝޮޕް މޯރ އޮޕްޓިކަލްސްގެ އައިކޭމްޕެއް އިހަވަންދޫގައި

ސްރީލަންކާގެ އައިކްލިނިކެއް ކަމުގައިވާ [ޝޮޕްމޯ އޮޕްޓިކަލްސް] އިން މިމަހު 19 އިން 20 އަށް އިހަވަންދޫ ސިއްޙީ މަރުކަޒުގައި އައިކޭމްޕެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެ އޮޕްޓިކަލްސްގެ ފަރާތުން މައުލޫމާތު ދެއްވާފައިވާގޮތުގައި އެ ކުލިނިކުން ލޮލުގެ ނަންބަރު ހިލޭ ނަގައިދިނުމާއި، އައިނު ހައްދައިދިނުމާއި، ދުނިގަނޑު ބަދަލުކޮށްދިނުމާއި އަދި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދޭނެއެވ...

Friday, December 14, 2012

ޕޮލިސް ކުލަބު ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި

ސާޅީސް ހަތަރުވަނަ ޤައުމީ އަންހެނުންގެ ވޮލީ މުބާރާތުގެ ތަށި ޖެހިޖެހިގެން ހަވަނަފަހަރު ޕޮލިސްޓީމުން އުފުލާލަނީ ހއ. އިހަވަންދޫގައި މިއަދުނިމިގެން ދިޔަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަނުގެ ފައިނަލް މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި އެކު ކުޅެ 3 ސެޓު 2 ސެޓުން މެޗް ކާމިޔާބުކޮށްގެން ޕޮލިސްކުލަބު މުބާރާތުގެ ތަށި އުފުލާލައިފިއެވ...

Thursday, December 13, 2012

ޕޮލިސް ކުލަބާއި އިމަގު ފައިނަލަށްދިޔުމާއެކު ޕޯލްސްޓަރގެ އުންމީދުތައްފެނަށް

ޤައުމީ އަންހެނުންގެ ވޮލީ މުބާރާތުގައި ބައިވެރިވި ދުވަހުންފެށިގެން ޓީމުތަކުގެ ވަމުންދިޔަ ތައްޔާރީތަކަށް ނިމުން އަންނަ ދުވަހަކީ މިއަދެވެ. ދެޓީމު ފިޔަވައި ހުރިހާ ޓީމުތަކެއް މުބާރާތުން ކަޓައިގެންގޮސް މުބާރާތުގެ ނަތީޖާނެރޭ ދުވަހެވެ. ފޯރިގަދަ މެޗުތަކާއި ފޯރިއެއް ނެތް މެޗުތައްވެސް ކުޅެމުން އައިސް ސެމީފައިނަލްތައްވެސްނިމި މުބާރާތުގެ ފައިލް މެޗް އޮންނަ ދުވަހެވެ. މިހާރު ހއ. އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ ފައިނަލުން...

Wednesday, December 12, 2012

މިރަށުގައި ފާނަ ބަސަނދު ފެތުރެމުން އެބަދޭ

މިދިޔަ ނޮވެމްބަރ މަހުން ފެށިގެން ޖުމްލަ 7 ބަލިމީހުން ފާނަ ބަސަނދު ޖެހިގެން އިހަވަންދޫ ސިއްޙީ މަރުކަޒަށް ދައްކާފައިވާކަމުގައި އެތަނުން މަޢުލޫމާތު ދެއްވައެވެ. އަދި މި ބަލިމީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. އެ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެބަލި އެންމެ ފުރަތަމަ ފެނިފައިވަނީ މަނަފަރު ރިސޯޓުގައި މަސައްކަތްކުރައްވާ 2 މީހެއްގެ ފަރާތުންނެވެ. އޭގެފަހުން މިރަށުގެ ބައެއް މީހުންގެ ގައިވެސް އެބަލި ...

Tuesday, December 11, 2012

ޤައުމީ ވޮލީ ލީގުގެ އަންހެން ޑިވިޜަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކުލަބު ކަށަވަރުކޮށްފި

މިހާރު ހއ. އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ ވޮލީ ލީގް އަންހެން ޑިވިޜަންގެ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައި މިމުބާރާތް 6 ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކޮށްފިއެވެ. ޕޮލިސް ކުލަބުން ފައިނަލުން ޖާގަ ހޯދާފައިވަނީ މިއަދު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެ...

Mohamed Nasheed (4th President of the Maldives)

  4th President of the Maldives 11 November 2008 – 7 February 2012 Personal details Born 17 May 1967 Malé, Maldives Political party Maldivian Democratic Party Spouse(s) Laila Ali Abdulla Children Meera Laila Nasheed Zaaya Laila Nasheed Alma mater Liverpool John Moores University Religion Islam ...

Sunday, December 02, 2012

ސާޅީސް ހަތަރު ވަނަ ޤަޢުމީ ވޮލީބޯޅަ މުބާރާތް (އަންހެން ޑިވިޝަން)

ޕޮލިސް ޓީމް އިހަވަންދޫ އަށް އައުމުން މަރުހަބާ ކިޔަނީ މި މުބާރާތަށްޓަކައި ޕޯލްސްޓަރއިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބޮޑު ދެމަގުގައި ދިދަފަތި ދަމާ ބެނާތައް ހަރުކޮށް ޒީނަތްތެރިކޮށްފައިވެއެވެ. އަދި މާދަމާ ހުރިހާ ޓީމްތަކެއްވެސް މިރަށަށް އަންނާނެކަމަށް ސީޕީއެސް އިން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މުބާރާތުގެ އެންމެހާ ތައްޔާރީތައް ކުރުމުގައި ވަރަށް ބުރަކޮށް ޕޯލްސްޓައިން ދަނީ މަސައްކަތްކުރަމުންނެވެ. މުބާރާތުގެ...

Friday, November 09, 2012

މަސްޖިދު އަބޫބަކުރު ސިއްދީގު ރަޟިއައްﷲ އަންހު ހުޅުވުމުގެ ރަސްމިއްޔާތު

 މަސްޖިދު އަބޫބަކުރު ސިއްދީގު ރަޟިއައްﷲ އަންހު ހުޅުވުމުގެ ރަސްމިއްޔާތު މިސްކިތް ހުޅުވުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމް ދެއްކެވި ވާހަކަފުޅުގެ ވީޑިޔ...

Monday, November 05, 2012

ހއ. އަތޮޅު ބަޖެޓުން ޚަރަދުކޮށްގެން ބޭސްފިހާރައެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ހއ. އަތޮޅު ބަޖެޓުން ޚަރަދުކޮށްގެން އެ އަތޮޅު ހޮސްޕިޓަލުގައި ބޭސްފިހާރައެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޝީދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 126،000 ރުފިޔާގެ ބަޖެޓަކުން ހަދައި އެ އިމާރާތް 14 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކޮންޓްރެކްޓް ހަދާފައި ވަނީ ދިއްދޫ ވަޒަން އިންވެސްޓްމަންޓާ ކަމަށެވެ....

Saturday, November 03, 2012

ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ

3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ހާދިސާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މާތްﷲ އެ މަރުޙޫމުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.&nbs...

1433 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ޢީދުކުޅިވަރުތަކުގެ ތެރެއިން

މިއަހަރު ވަރަށް ގިނަ ޚާއްސަ ކުޅިވަރުތަކެއް ކުޅުމަށް ރާވާފައިވ...

Friday, November 02, 2012

މަސްވެރިޔާ އަޅައިދިން މިސްކިތް!

އަޙްމަދު ޙަމީދު އާދަމް (ވީމީޑިއާ) ހއ. އިހަވަންދޫގައި އަލަށް އެޅި މިސްކިތް، މަސްޖިދު އަބޫބަކުރު ސިއްދީގު މިއަދުގެ ހުކުރު ނަމާދާއެކު މިވަނީ ހުޅުވިފަ އެވެ. މިވަގުތު އަހަރެން މިހުރީ މި މިސްކިތުގެ ދާލައިގަ އެވެ. ހިތަށް އަރަ އެވެ؛ އަބަދުވެސް މިސްކިތް އަޅައި ދެނީ ކޮންމެވެސް ވިޔަފާރިވެރި މަހުޖަނެކެވެ. އެކަމަކު މިރަށުން މަންޒަރު ބަދަލުވީ އެވެ. ގާތްގަނޑަކަށް 3000 އާ ގާތްކުރާ މިރަށުގެ އާބާދީއަށް، ބޭނުންވާނެ ފުރިހަމަ މިސްކިތެއް ހަދިޔާ ކޮށްދެވީ އާދައިގެ މަސްވެރިޔެކެވެ....

Tuesday, October 30, 2012

މަސްތުވާ ތަކެއްޗަކީ މުޖުތަމަޢަށް ހުރި ބިރެއް

މިއީ ފުސްވިލާގަނޑެކެވެ. ބިރު ބޮޑެވެ. ވިސްނާލާށެވެ. މިއާ ކައިރިނުވާށެވެ. ދުނިޔެއާއި އާޙިރަތުގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައެވެ. މިއީ ބިރުބޮޑު ވަބާއެކެވެ. މިއާ ކައިރިވުން އެއީ މީހެއްގެ ހަލާކެވެ. މިއީ މިހާރު ކުރިމަތިވެގެން އުޅޭ ވަރަށް ބިރުބޮޑު ބައްޔެކެވެ. މިއީ މަސްތުވާ ތަކެއްޗެވެ. މަސްތުވާ ތަކެއްޗަކީ މުޖުތަމަޢަށް ހުރި ބިރެކެވެ. މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު އިތުރުވަމުން...

Friday, October 26, 2012

ޢީދު ނަމާދު ކުރާނެ ގޮތް

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: ޢީދު ނަމާދު ކުރާނީ ޚުޠުބާގެ ކުރިންނެވެ. ޢީދު ނަމާދަކީ ދެރަކްޢަތް ނަމާދެކެވެ. ފުރަތަމަ ރަކްޢަތުގައި ފުރަތަމަ ހަށަމާއި އެކު ހަތް ތަކްބީރު ކިޔަންވާނެއެވެ. ކޮންމެ ދެތަކްބީރެއް ދެމެދުގައި ވަގުތު ކޮޅަކު މަޑުކޮށްލަން ވާނެއެވެ. ނަމަވެސް، މިދެމެދުގައި ކިޔާނެ ވަކި ޛިކްރެއް ސުންނަތުން ވާރިދުވެފައެއް ނުވެއެވެ. ކޮންމެ ތަކްބީރަކާއި އެކު ދެއަތް...

Thursday, October 25, 2012

ޢީދު މުބާރިކު

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ޙައްޖުވެރިން ޢަރަފާތު ބިމަށް އެއްވެ ޙައްޖުގެ އަޅުކަމަށްފަހު އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދުވަހަކީ މިއަދެވެ. އާދެ! އަޟްޙާ ޢީދަކީ އުފާވެރިކަމާއި ހިނިތުންވެރިވުމުގެ ދުވަހެވެ. އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ޢީދުގެ ތަޙްނިޔާ ކިޔުމުގެ ދުވަހެވެ. މިދުވަސްމިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. އެހެންކަމުން ހުރިހާ ކިޔުންތެރިންނަށްވެސް މިޢީދުގެ ތަހުނިޔާ އާއި މަރުޙަބާ...

Wednesday, October 10, 2012

އިހަވަންދޫގައި ވައިރަލް ފީވަރއާއި އަރިދަފުސްރޯގާ ވަރަށް ހަލުއިކަމާއެކު ފެތުރެމުން އެބަދޭ.

މިދުވަސްވަރު ހުންއައިސްގެންނާއި އަރިދަފުސް ރޯގާ ޖެހިގެން ގިނައަދަދެއްގެ ކުޑަކުދިން އިހަވަންދޫ ސިއްޙީ މަރުކަޒަށް  ޑޮކްޓަރަށްދައްކާ ފަރުވާހޯދަމުން ދާކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ. އެހެންކަމުން މިދުވަސްވަރު ހުންއައުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކުރައްވާ، ޑޮކްޓަރެއް ނުވަތަ ޞިއްޙީއެހީތެރިއަކަށް ދައްކާ ފަރުވާ ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި އަދި ޑޮކްޓަރު ނުވަތަ ޞިއްޙީއެހީތެރިއެއްގެ ލަފާގެ...

Monday, October 08, 2012

ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހުޅުމާލޭ ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީޢަތަށް ބަންދުގައި ބަހައްޓައިގެން މިއޮކްޓޫބަރުމަހުގެ 9 ވަނަދުވަހު ހަވީރު 16:00 ގައި ޖަސްޓިސް ބިލްޑިންގުގައި އޮންނަ ޝަރީޢަތުގެ މަޖުލީހަށް ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް  ނެރުނު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ....

ރާއްޖޭގައި މަރަށް މަރު ހިފުން – އަރަތެއް؟

ލިޔުނީ: ޢަލީ އަޙްސަން އިޙްސާން  ރާއްޖޭގައި މަރަށް މަރު ހިފާތަން ފެނުމަކީ ގިނަ ބައެއްގެ ހުވަފެނެއްކަން ޔަގީނެވެ. ޑރ އަފްރާޝިމް އަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލުމަށްފަހު އަޅުގަނޑުމެންގެ ތެރޭގައި އަނެއްކާވެސް ވަނީ ‘މަރަށް މަރު’ ހިފުމުގެ ވާހަކަ ދައްކަން ފެށިފައެވެ. ލޯޔަރު ނަޖީބް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެދުވަހުވެސް ހަމަ މިގޮތަށް ‘މަރަށް މަރު’ގެ ވާހަކަ ދެކެވުނެވެ. ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ހާދިސާއަށްފަހުގައިވެސް...

Wednesday, October 03, 2012

އަފްރާޝީމް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފި އެވެ. ފުލުސް އޮފީސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެމީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް...

Monday, October 01, 2012

އިހަވަންދޫ އިންޖީނުގޭ 4 މުވައްޒަފަކާމެދު ޢަމަލުކުރިގޮތް ކުށްވެރިކޮށްފި

އިހަވަންދޫ އިންޖީނުގޭގައި މަސައްކަތް ކުރަމުންއައި 4 މުވައްޒަފަކު ވަކިމުއްދަތެއްނެތި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގުމާ ގުޅިގެން އިހަވަންދޫ ކައުނސިލް އިދާރާއިން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި އެވެ. ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ސޮއި ކުރައްވައި ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެ 4 މުވައްޒަފުންނަކީ އިޙްލާސްތެރިކަމާއެކު ކަމަށް ކަމޭހިތައި މަސައްކަތުގެ ދާއިރާގައި ހީވާގި މުވައްޒަފުންކަމަށް ކައުންސިލުން...

Sunday, September 30, 2012

ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތް

ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ. ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ. ކަނޑައެޅިގެން އެއާއިމެދު އިންކާރުކޮށް ދޮގުކޮށްފިމީހާ މިއްލަތުން ބޭރުވެއެވެ....

Tuesday, September 25, 2012

އިހަވަންދޫ ސިއްހީ މަރުކަޒުން ތަރުޖަމާނަކާއި ރިސެޕްޝަނިސްޓަކަށް އިޢްލާންކޮށްފި.

އިހަވަންދޫ ސިއްހީ މަރުކަޒުން ތަރުޖަމާނަކާއި ރިސެޕްޝަނިސްޓަކަށް އިޢްލާންކޮށްފިއެވެ. މިގޮތުން ތަރުޖަމާނެއްގެ މުސާރައިގެ ގޮތުގައި ވަނީ -/4465ރ އެވެ. އަދި ރިސެޕްޝަނިސްޓުގެ މަޤާމުގެ މުސާރައަކީ -/3565ރ އެވެ. މި ދެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިދެމަޤާމަށްވެސް ފޯމުހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 03 އޮކްޓޯބަރ 2012 ވާބުދަ ދުވަހުގެ 16:00 ގެ ކުރިން އިހަވަންދޫ ސިއްޙީ މަރުކަޒަށ...

Monday, September 24, 2012

މަޖިލިސް ހުއްޓުވާނެ ގާނޫނީ ބަހަނާއެއް ނެތް!

ސަން.އެމްވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުމަކަށް ދިޔަ ހިސާބުން ފެށިގެން ދައުލަތް ހިންގުމުފެ މެޝިނަށް ވަނީ ބޮޑެތި ލޮޅުން އަރައިފަ އެވެ. މެޝިނުގައި ތިން ބާރުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރީ އަބަދުވެސް އެންމެ ހަމަނުޖެހުމެއްގެ ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. ސިޔާސީ ބޮޑު ހަލަބޮލި ކަމާއެކު ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން މިއަހަރު ތެރޭގައި ބިނާ ކުރަނިވި އެއްވެސް މަސައްކަތްތަކެއް ކުރެވިފައި ވެއެކޭ ދެންނެވޭކަށް ނެތެވެ....

Friday, September 21, 2012

ފުލްކްރީމް ޗޮކްލެޓް ޕުޑިން

ބޭނުން ވާނެ ތަކެތި 1 ފުލް ކުރީމް މިލްކް ޕެކެޓް ( ބޮޑު) 1 ޗޮކުލެޓު (ހުސް ޗޮކެލެޓު) ގާނާފައި 2 ސައި ސަމުސާ ބަޓަރު 2 މޭޒު މަތީ ސަމުސާ ކޯންފުލޯ 1 ޕެކެޓު މާރީ ބިސްކޯދު 1 ދަޅު ގެރިކިރު 2 ބި...

Thursday, September 20, 2012

އަސްލަމަށް ވަޒީފާދިނުމަށް ޓްރައިބިޔުނަލުން އަމުރު ކޮށްފި

އިހަވަންދޫ.ކޮމް ވަޒީފާއިން ވަކިކޮށްފައިވާ އިހަވަންދޫ ސިއްޙީ މަރުކަޒުގައި އެމްބިޔުލަންސް ޑްރައިވެރެއްގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ، އަސްދޫ / މުޙައްމަދު އަސްލަމަށް އަނބުރާ ވަޒީފާ ދިނުމަށް އަޕާރ ނޯތު ހެލް ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވ...

Wednesday, September 19, 2012

ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ހެދި ފިލްމުގެ ހަޤީޤީ ބޭނުމަކީ ކޮބާ

އަލްއަޚް އަޙްމަދު ޢަލީ / ރާއްޖެ އިސްލާމް އިސްލާމްދީނަށާއި އަދި ކީރިތި ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކުރުމަކީ އިސްލާމްދީނުގެ ޢަދުއްވުން އަބަދުވެސް ކުރަމުންދާކަމެކެވެ. އިސްލާމް ދީން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ކެޑިނޭޅި ކުރަމުންދާކަމެކެވެ. އެހެންކަމަށްވާނަމަ އެއްވެސް ފެންވަރެއްނެތް ތާކުންތާކު ނުޖެހޭ މިފިލްމްގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހަމައެކަނި ބޭނުމަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރ...

އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ؟

އަބްދުއްލަތީފް / މިއަދުނޫސް 20 ޑިސެމްބަރ، 2009 އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ ކަމާމެދު ގިނަ ބަޔަކު ސުވާލު ކުރެއެވެ. އެއީ މައިން ބަފައިންގެ ރުހުން ލިބިގެން ކުރާ ކައިވެނިތޯ ނުވަތަ ދެ މީހަކު ލޯބިވެގެން ލޯބީގެ ހައްޤުގައި ކުރާ ކައިވެނި ކަމާމެދު ވަރަށް ގިނަ ބަހުސްތައް ކުރެވެއެވެ. އިންސާނީ ހައްޤުތަކަށް އަޑުއުފުލާ މީހުން ކަމަށް ބުނާ މީހުން ބުނާ ގޮތުގައި ކައިވެނި ކުރަން ވުމުން އަންބަކު ނުވަތަ ފިރިޔަކު އިޚްތިޔާރު ކުރުމުގެ ހައްޤަކީ ކައިވެނިކުރާ ދެމަފިރިންނަށް...

Monday, September 17, 2012

ރަސޫލާ އަށް ފުރައްސާރަކުރާ ފިލްމްގެ ޓްރެއިލާ ރާއްޖެ އަށް ނުފެންނަ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ސަން އޮންލައިން ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަވާ ގޮތަށް އެމެރިކާގެ ޔަހޫންދީންތަކެއް އުފައްދާފައިވާ ފިލްމްގެ ޓްރެއިލާ ރާއްޖެ އަށް ނުފެންނަ ގޮތަށް ހެދުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޮލްޑިވްސް އިން ފަށައިފި އެވެ .އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލިޔާސް އަހުމަދު މިއަދު ވިދާޅުވީ ޔޫޓިއުބަށް ލާފައިވާ އެފިލްމްގެ ޓްރެއިލާ ނުފެންނަ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔޫޓިއުބަށް...

Saturday, September 15, 2012

އިހަވަންދޫ ޕޮލިސްއިން އަންހެނުންނަށް އަމާޒުކޮށްގެން ޤާނޫނު ތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން މިރަށުގެ އަންހެނުންގެ މެދުގައި ޤާނޫނުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު 14:00 ން 16:00 ށް ކުރިއަށް ގެންދިޔަ މިޕްރޮގުރާމުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާފަރާތްތަކާއި މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ޤާނޫނުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ބެހޭ ގޮތުން މަޢުލޫމާތު...

Thursday, September 13, 2012

އައިފޯން 5 ދައްކާލައިފި

މުޅި ދުނިޔެ އިންތިޒާރުކުރަމުން ދިޔަ، އެޕަލްގެ އައިފޯން 5 މިއަދު އާންމުކޮށް ދައްކާލައިފި އެވެ. ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް، އެޕަލްގެ އާ ފޯނަށް "އައިފޯން5" ގެ ނަން ދީފައި ވާއިރު މީގެ ކުރިން ނެރުނު އައިފޯން 4އެސްއާ މި ފޯނާ ޑިޒައިންގެ ގޮތުން އެހާ ތަފާތެއް ނޫނެވެ. ނަމަވެސް ހަތަރު އިންޗީގެ ސްކްރީނަކާ އެކު ފޯނު ވަނީ ހިމަ ދިގުކޮށް، އެކަމަކު ކުރީގެ ފޯނުތަކަށް ވުރެ ތުނިކޮށެވެ. އެޕަލް އިން ބުނީ ފޯނުގެ ސައިޒާއި ސްކްރީން ސައިޒް މިހާރު ހުންނާނީ...

Wednesday, September 12, 2012

ގއ. ކޫއްޑޫ އެއަރޕޯޓް ރަސްމީގޮތުން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين. ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކޭ.އެޗް.އޭ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާހު އަދި ބޮނަވިސްޓާ ކުންފުނީގެ ޗެއަރމަން މިސްޓަރ ހެންރީ އެންގޯ، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. السّــلام عليــكم ورحـمــة اللّـه وبـركاتـه...

Tuesday, September 11, 2012

ބަޣާވާތް

ބަޣާވާތަކީ، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ. ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްފަރާތް މަގާމުން ދުރުކޮށް އެހެން މީހަކު ނުވަތަ ބަޔަކު ވެރިކަމަށް އައުމަށް ނުވަތަ ގެނައުމަށް މަސައްކަތް ކުރުމެވެ. ނުވަތަ މި ބޭނުމަށް ހިންގޭ ހަރަކާތްތަކެވެ. މި ކަމުގައި ކާމިޔާބު ވިޔަސް ނުވަތަ ނުވިޔަސް އެއީ ބަޣާވާތެކެވެ. ގިނަ ފަހަރަށް ބަޣާވާތް ހިންގާފައި ހުންނަނީ ސިފައިންގެ ނުވަތަ ކުލީ ސިފައިންގެ ބައިވެރި ވުމާ އެކުގައި ކަމަށް ވިޔަސް...

Sunday, September 09, 2012

އިހަވަންދޫގައި ވޮލީ ކޭމްޕެއް ކުރިއަށް އެބަގެންދޭ

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާއި ގުޅިގެން އިހަވަންދޫގައި ވޮލީ ކޭމްޕެއް ކުރިއަށް އެބަދެއެވެ. މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ފެށި މިކޭމްޕަކީ 44 ވަނަ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތް އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ޕޮލިސް ކުލަބުން އިސްނަގައިގެން އިހަވަންދޫގައި ވޮލީގެ ފޯރި އާލާކޮށް، މުބާރާތަށް ރަނގަޅު ފެންވަރުގެ ކުދިން ތައްޔާރު ކުރުމަށްޓަކައި ފެށި ކޭމްޕެކ...

ސްވިޑުންގައި ނޫޓު ބޭނުން ކުުރުން ހުއްޓާލަނީ!

ސަން މޯބައިލްފޯނާއި އިންޓަނެޓް ބޭންކިން ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، ސްވިޑުން މީހުން ވެފައި ވަނީ ދުނިޔޭގައި އެންމެ ގިނައިން އަދި އެންމެ ރަނގަޅަށް ޓެކްނިލޮޖީގެ ބޭނުންކުރާ މީހުން ކަމަށެވެ. ޔޫރަޕްގައި އެންމެ ފުރަތަމަ ފައިސާ ނުވަތަ ނޫޓް ތައާރަފް ކުރި ގައުމަކީ ވެސް ސްވިޑުން އެވެ. އެގޮތުން މީލާދީން 1661 ވަނަ އަހަރު އެ ގައުމުގައި ނޫޓް ބޭނުންކުރަން ފެށި އެވެ. ނަމަވެސް އޭރު ތައާރަފް ކުރި ފައިސާގެ ކަރުދާސްތަކުން ސަލާމަތް...

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގައި އުފެއްދުނު ދިވެހި އަދީބުންގެ ތެރެއިން ލާމަސީލު އަދީބެކެވެ. މުޙައްމަދު އަމީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޙިޖުރައިން 1328 ވަނަ އަހަރު ރަޖަބުމަހުގެ 13 ވީ ބުރާސްފަތި (20 ޖުލައި 1910މ) ދުވަހުއެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ސުމުއްވުލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނެވެ. މަންމާފުޅަކީ ރޯނުގޭ ޢާއިޝާދީދީ އެވެ. ތަނަކީ މާލޭ އަތިރީގެއާގެއެވެ. އަލް އަމީރު މުޙައްމަދު އަމީންދީދީއަކީ...

Thursday, September 06, 2012

ވިޔަފާރި ވެރިޔަކު ޒަކާތު ފަންޑަށް ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާ ކުރަން ނިންމައިފި

ސަން އޮންލައިން ދުބާއީގައި ވިޔަފާރިކުރަމުންދާ އިންޑިއާގެ މުސްލިމް ވިޔަފާރިވެރިއަކު ރާއްޖޭގެ ޒަކާތު ފަންޑަށް މަހަކު 10،000 ޑޮލަރު ހަދިޔާ ކުރުމަށް ނިންމައިފި އެވެ. އިސްލާމިކް އެފެއާޒް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފީރޯޒު ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާ ވިދާޅުވީ ޒަކާތު ފަންޑަށް މިވަގުތު ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާކުރަން ނިންމެވި ނަމަވެސް ފަހުން އެ އަދަދު އިތުރުކުރައްވާނެ ކަމަށެވެ. އަދި ޒަކާތު...

Monday, September 03, 2012

އިހަވަންދޫގެ ބަނދަރު – ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ނިމޭނެކަމުގައި ސައިޓުން ހާމަކޮށްފި.

އިހަވަންދޫބަނދަރުގެ ފޮޓޯތައް ބެއްލެވުމަށް ކުލިކް ކުރައްވާ! އިހަވަންދޫ ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ބަނދަރުގެ މަސައްކަތް އެކީ ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައި އިހަވަންދޫ ބަނދަރުހެދުމާއި ހަވާލުވެ ހުންނެވި ފަރާތުން ހަމާކޮށްފިއެވ...

Sunday, September 02, 2012

ތިޔަ ބޮނީ ކޮންއެއްޗެއްކަން އެނގޭ ހެއްޔެވެ؟

ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންނަށް ލިބޭ ގެއްލުމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑުގެ ވަކިވަކި ހުރިހާ ގުނަވަންތައް މުޅިންހެން ހަލާކުވެއެވެ. ޤައުމަށާއި ތިމާގެ ޢާއިލާއަށް، އަނބި ދަރިންނަށް ޚިދުމަތެއް ކޮށްނުދެވި، ލިބޭހާ ފައިސާއެއް މުޅިންހެން އެކަމަށް ޚަރަދުކުރަން ޖެހި، އެބައިމީހުން ބިކަވެ ހާލުގައި ޖެހެއެވެ. މިއީ މި ވަބާގައި ދުނިޔޭން ނިމިގެންދާ މީހުންގެ ވާހަކަތައް އަޑުއިވި، އެ ހިތިކަން ތަޖުރިބާކުރި މީހުންގެ...

ތޮޅިމިރުސް އިންދާ ބަލަހައްޓާނޭގޮތް

ތޮޅިމިރުހަކީ ޒަމާނުންސުރެން ރާއްޖޭގެ ދަނޑުވެރިން ހައްދަމުން އަންނަބާވަތެކެވެ. އެވޭލާ ޒަމާނުގެ ދަނޑުވެރިން ގެ ފަރާތުން މައުލޫތު ލިބިފައިވާ ގޮތުން އެދުވަސްވަރު ތޮޅިމިރުސް ހައްދައިގެން ހިއްކާފައި ވެއެވެ. ނަމަވެސް މިޒަމާނުގެ ދަނޑުވެރިން މިވަރަށް މިމަސައްކަތެއް ނުކުރެއެވެ. މުޑުވަށް ކުރުން : ތޮޅިމިރުސް ހެއްދުމަށް މުޑުވަކެއް ހިޔާރުކުރާއިރު ބަލިތަށް ދުރު ގިނައިންއަޅާ މުޑުވަކެއް ހިޔާރުކުރުން ވަރަށް މުހިއްމެވެ. މިގޮތުން ނޮންޔޫގެ ގޯލްޑަންހީޓް،...

ކުއްލި ޚަބަރު - ސަރުކާރުގައި ބައިވެރިވާން އެމްޑީޕީން ހުށަހަޅައިފި

ހަވީރު އޮންލައިން ސަރުކާރުގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ. މި ގޮތަށް އެ ޕާޓީން ހުށަހެޅީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ލީޑާސް ޑައިލޮގްގަ އެވެ. ވެލާނާ ބިލްޑިންގްގެ ދެވަނަ ބުރީގައި ބޭއްވި މަޝްވަރާތަކަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އެ މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ގޮތަށް ހުށަހެޅުއްވީ ކޯނީގެ ރިޕޯޓަށް ބަލާއިރު ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު...